Roadha Mihaaru

ހުރިހާ ކްލަބެއްގެ ތާއީދާ އެކު ޓޮމް އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައްވައިފި

އެފްއޭއެމްގެ ހުރިހާ މެމްބަރު ކްލަބެއްގެ ތާއީދާ އެކު އަހުމަދު ތޯރިގް (ޓޮމް) އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައިފި އެވެ.

އެފްއޭ އިންތިހާބު: ހުރިހާ ކްލަބެއްގެ ތާއީދު ޓޮމް އަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

06 ޖުލައި 2025

އެފްއޭއެމްގެ ހުރިހާ މެމްބަރު ކްލަބެއްގެ ތާއީދާ އެކު އަހުމަދު ތޯރިގް (ޓޮމް) އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައިފި އެވެ.

މި މަހު 26 ގައި ބާއްވާ އިންތިހާބުގައި، އެފްއޭއެމްގެ މެމްބަރު 23 ކްލަބުން ވެސް ޓޮމް އަށް ތާއީދު ކުރުމުން އިތުރު ކެންޑިޑޭޓަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

އެފްއޭއެމްގެ މިހާރުގެ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓްގެ ފޯމާ އެކު ފުރަތަމަ ޑިވިޝަނުން މަދުވެގެން ދެ ކްލަބްގެ ތާއީދު ސިޓީ ހިމެނޭ ގޮތަށް ޖުމުލަ ފަސް ކްލަބެއްގެ ތާއީދު ސިޓީ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ކޮންމެ ކްލަބަކަށް ތާއީދު ސިޓީ ދެވޭނީ އެންމެ ކެންޑިޑޭޓަކަށެވެ. އެހެންވެ ހުރިހާ ކްލަބެއްގެ ތާއީދު ސިޓީ ޓޮމް ހޯއްދަވާފައިވުމުން އެހެން ކެންޑިޑޭޓަކަށް ފުރުސަތު ނެތީ އެވެ.

ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ޓޮމް ވަނީ އެފްއޭއެމްގެ ރައީސްކަން މީގެ ކުރިން ވެސް ދުވަސްކޮޅަކު ކުރައްވައިފަ އެވެ. ނަމަވެސް އެ ފަހަރު އެގްޒެކެޓިވް ކޮމިޓީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމުން، ކޮމިޓީ އުވި ޓޮމްގެ މަގާމު ގެއްލުނީ އެވެ.