Roadha Mihaaru
ވެލެންސިއާގެ ސިޓީއާއެކު ޓޮމް އެފްއޭއެމްގެ އިންތިހާބަށް

ސަސްޕެންޝަނުގައި އޮތް ވެލެންސިއާގެ ތާއީދު ސިޓީއާ އެކު ޓޮމް އެފްއޭއެމް އިންތިހާބަށް ކުރިމަތިލައިފި

17 މާޗް 2024

ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިިވާ ވެލެންސިއާގެ ތާއީދާ އެކު، އެފްއޭއެމްގެ އިންތިހާބަށް، މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ތޯރިގް ކުރިމަތިލައްވައިފި އެވެ.

ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިިވާ ވެލެންސިއާގެ ތާއީދާ އެކު، އެފްއޭއެމްގެ އިންތިހާބަށް، މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ތޯރިގް ކުރިމަތިލައްވައިފި އެވެ.

ވެލެންސިއާގެ ލީޑާޝިޕް، އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ގެއްލުމުން، ލީޑާޝިޕްގެ ކޮންޓްރޯލް އަލުން ހޯދުމަށް ކޯޓަށް ހުށަހަޅައިގެން އޭނާ އަށް ކާމިޔާބު ނުވުމުން، ދެން އޭނާގެ ގާތް އެކުވެރިޔާ ހުސައިން ވަހީދު (ދޮނާ) އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ހުށަހަޅައިގެން ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބަލުވައި ވެލެންސިއާ ސަސްޕެންޑް ކުރި އެވެ.

ކުރިން، ޖެނުއަރީ 31 ގައި ބާއްވަން އޮތް އިންތިހާބުގައި ވެސް، ތޯރިގް ކުރިމަތިލެއްވީ ވެލެންސިއާގެ ތާއީދު ސިޓީ އާ އެކު އެވެ. އޭރު އިންތިހާބަށް ކުރިމަތިލެއްވި މުފާވިޒު ހާޝިމްގެ ތާއީދު ލިސްޓްގައި ވެސް ވެލެންސިއާގެ ނަން އޮތުމުން، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ނިންމީ އެ ކްލަބްގެ ތާއީދު ސިޓީ ކެންސަލް ކުރުމަށެވެ.

އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެއްވި ތޯރިގު (ކ)ވެލެންސިއާގެ ޗެއާމަން އަބްދުﷲ އަޒްމީން (ވ): ދެ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެއްވި ތޯރިގު (ކ)ވެލެންސިއާގެ ޗެއާމަން އަބްދުﷲ އަޒްމީން (ވ): ދެ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެއާ އެކު ތޯރިގުގެ ކެންޑިޑެސީ ބާތިލުވި ކަމަށް ކޮމިޓީން ނިންމި އެވެ. އޭރު ބާއްވަން އުޅުނު އިންތިހާބުގެ މަސައްކަތް ހުއްޓާލަން ފީފާއިން އެންގީ އިސްތިއުނާފަށް ތޯރިގު ހުށަހެޅުމުން، އެ މައްސަލަ ބަލާނެ ކޮމިޓީއެއް ވެސް އެފްއޭއެމުން އުފައްދާފައި ނުވުމުންނެވެ.

މިދިޔަ މަހު ބޭއްވި ކޮންގްރެސްއެއްގައި ކޮމިޓީތައް ހަދި އެވެ. އަދި އަންނަ މަހު 31 ގައި ކޮންގްރެސް ބާއްވަން އިއުލާންކޮށް، އިއްޔެގެ 2 ޖެހުމާ ހަމައަށް އިންތިހާބަށް ކުރިމަތިލާން ފުރުސަތު ހުޅުވާލި އެވެ. އިންތިހާބުގައި އަލުން ވާދަ ނުކުރަން މުފާ ވަނީ ނިންމައިފަ އެވެ.

އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެވޭނީ ފުރަތަމަ ޑިވިޝަނުން މަދުވެގެން ތިން ކްލަބްގެ ތާއީދު ސިޓީ ލިބިގެންކަމަށް އެފްއޭއެމުން ބުނެ އެވެ. މިފަހަރު ވެސް ތޯރިގަށް ތާއީދު ސިޓީ ދިނީ ވެލެންސިއާގެ އިތުރުން މާޒިޔާ އަދި ޓީސީ އެވެ. ގްރީން ސްޓްރީޓުން، އޭނާ އަށް ތާއީދުކޮށްފައިވާ ކަމަށް އަޑު ފެތުރުނެވެ. އެކަމަކު އޭނާ ހުށަހެޅި ތާއީދު ސިޓީތަކުގެ ތެރޭގައި އެ ކްލަބް ނުހިމެނެ އެވެ. ޖުމުލަ 11 ކްލަބަކުން ވަނީ ތޯރިގް އަށް ތާއީދު ސިޓީ ދީފަ އެވެ.

މިފަހަރު ބައްސާމް، އިންތިހާބަށް ކުރިމަތިލާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަކު ކުރިމަތިލީ ކެންޑިޑޭޓުންނަކީ ކޮބައިކަން އެފްއޭއެމުން ހާމައެއް ނުކުރެ އެވެ.

ތޯރިގިުގެ ޓީމުގައި ހިމެނެނީ، ކުރިން އިއުލާން ކުރި އިންތިހާބަށް ވެސް އޭނާގެ ޓީމުގައި ހިމެނި ބޭފުޅުންނެވެ. އޭނާގެ ނައިބު ރައީސުންނަކީ ކުރީގެ ކީޕަރު އިމްރާން މުހައްމަދާއި މާޒިޔާގެ ސީއީއޯ އަދި އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް ހުސަން ޝާފިއު އެވެ. އެކްސްކޯގެ އަންހެން މެންބަރަކީ އުލާ އިބްރާހީމެވެ. އެކްސްކޯގެ އާންމު މެންބަރުންނަކީ އަބްދުލް ހަމީދު ޢަބްދުލް ޣަފޫރު (އައްޑޯ)، އަހްމަދު ޝާހިރު، މުހައްމަދު މިފްތާޙު، އަލީ ރިޒްވާން އަދި އަބްދުﷲ ނާސިހެވެ.