31 ޑިސެމްބަރ 2023
އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވި، މިހާރުގެ އެކްސްކޯ މެންބަރު މުފާވިޒު ހާޝިމް، ވެލެންސިއާގެ ނަމުގައި ހުށަހެޅި ސިޓީ އަކީ ފޯޖްކޮށްފައިވާ ސިޓީއެއް ކަމަށް ބެލެވޭ ކަމަށް ބުނެ، އެ ކްލަބުން މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.
އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވި، މިހާރުގެ އެކްސްކޯ މެންބަރު މުފާވިޒު ހާޝިމް، ވެލެންސިއާގެ ނަމުގައި ހުށަހެޅި ސިޓީ އަކީ ފޯޖްކޮށްފައިވާ ސިޓީއެއް ކަމަށް ބެލެވޭ ކަމަށް ބުނެ، އެ ކްލަބުން މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.
މިދިޔަ ބުދަ ދުވަހު، އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ފަހު، ކްލަބް އީގަލްސްގެ ސީއީއޯ މުފާ ވިދާޅުވީ، އޭނާ ފޯމު ހުށަހެޅީ ފުރަތަމަ ޑިވިޝަނުން ހަ ކްލަބެއްގެ އެންޑޯޒްމަންޓް ލިބިގެން ކަމަށާއި އޭގެ ތެރޭގައި ވެލެންސިއާ ވެސް ހިމެނޭ ކަމަށެވެ.
މުފާ އަށް ވުރެ ކުރިން ފޯމު ހުށަހަޅުއްވަން ވަޑައިގެންނެވި، އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ފޯމު ހުށަހެޅީ ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބްގެ ތާއީދާ އެކު އެވެ. އޭނާގެ އެންޑޯޒްމެންޓް ލިސްޓްގައި ވެސް ވެލެންސިއާ ހިމަނާފައި ވެއެވެ. ތޯރިގު ފޯމު ހުށަހަޅަން ވަޑައިގެންނެވި އިރު އެ ކްލަބްގެ އާ ޗެއާމަން އަބްދުﷲ އަޒުމީން ވެސް އޭނާ އާއެކު ވަޑައިގަތެވެ.
އެފްއޭއެމްގެ އިނގިރޭސި ގަވާއިދުގެ 83 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން، އެފްއޭއެމްގެ ރައިސްކަމަށް ކުރިމަތިލާ މީހަކު ފުރަތަމަ ޑިވިޝަނުން މަދުވެގެން ތިން ކްލަބެއްގެ އެންޑޯޒްމެންޓް ލިބުނު ކަމުގެ ލިޔުން ހުށަހަޅަން ޖެހެ އެވެ.
ދެ ކެންޑިޑޭޓުންގެ ތާއީދު ލިސްޓްގައި ވެސް ވެލެންސިއާގެ ނަން އޮތުމުން، އެ ކްލަބްގެ އެންޑޯޒްމެންޓް ބަލައި ނުގަނެފާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެހެން ވެއްޖެނަމަ، ތޯރިގުގެ ކެންޑިޑޭސީ ބާތިލުވާނެ އެވެ.
އަޒުމީން ސޮއިކޮށް، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، އެ ކްލަބުގެ ތާއީދު ކުރާ ހަމައެކަނި ކެންޑިޑޭޓަކީ އަހުމަދު ތޯރިގު (ޓޮމް) ކަމަށެވެ.
ޓޮމް އާއި މުފާގެ ވެސް ތާއީދު ލިސްޓުގައި ވެލެންސިއާ https://t.co/7bpZvox2j8
— Mihaaru (@Mihaarunews) December 27, 2023
އެ ކްލަބްގެ ނަމުގައި އެހެން ކެންޑިޑޭޓަކު ސިޓީއެއް ހުށަހަޅާފައިވާކަމުގެ މައުލޫމާތު މީޑިއާ އިން ލިބިފައިވާކަން ފާހަގަކޮށް، އަޒްމީންގެ ސިޓީގައި ބުނެފައި ވަނީ އެ ލިޔުމަކީ ފޯޖްކޮށްގެން ތައްޔާރުކޮށްފައިވާ ލިޔުމެއް ކަމަށް ބެލެވޭތީ، އެ މައްސަލަ ސްޕޯޓްސް ކޮމިޝަނަރަށާއި ޕޮލިހަށް ހުށަހަޅާފައި ވާނެ ކަމަށެވެ.
"ހިތާމަޔާ އެކު އަހަރެމެން ހާމަ ކުރަން ބޭނުން ވަނީ މިކަމާ ގުޅިގެން [ކްލަބްގެ ނަމުގައި ޑޮކިޔުމެންޓެއް ތައްޔާރުކޮށް] އަދި އަދި ކްލަބްގެ ޗެއާމަންގެ މަގާމު އޮޅުވާލައި މަކަރާއި ހީލަތް ހަދާފައި ވާ ކަމަށް ބެލެވޭތީ، ސްޕޯޓްސް ކޮމިޝަނަރަށާއި ފުލުހުންނަށް ރަސްމީކޮށް އެ މައްސަލަ ހުށަހަޅާފައިވާނެ އެވެ. އަދި މިފަދަ މައްސަލަތައް ސީރިއަސްކޮށް ބަލައި، އިންތިހާބީ މަރުހަލާގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ އިދާރާތަކަށް އެއްބާރުލުން ދިނުމަށް (މި ކްލަބުން) ފުރިހަމައަށް މަސައްކަތް ކުރާނަމެވެ.،" ވެލެންސިއާގެ ސިޓީގައި ވެއެވެ.
ފީފާ އާއި އޭއެފްސީ އަށް ވެސް ކޮޕީ ފޮނުވާފައިވާ އެ ސިޓީ އާއެކު އެ ކްލަބުން ވަނީ، އާ ޗެއާމަންގެ ގޮތުގައި އަޒްމީންގެ ނަން ކުޅިވަރު ކްލަބްތަކުގެ ބެލެނިވެރި ފަރާތް ސްޕޯޓްސް ކޮމިޝަނާގެ އޮފީހުގައި ރަޖިސްޓްރީކޮށްފައިވާކަން ހާމަކޮށް ދިނުމަށް، އެ އިދާރާގެ ސިޓީއެއް ވެސް ހުށަހަޅައިފަ އެވެ.
ވެލެންސިއާގެ "ވަގު ސިޓީ" ގެ މައްސަލަ ޕޮލިހަކު ނެތް
ވެލެންސިއާގެ ސިޓީއާއެކު ޓޮމް އެފްއޭއެމްގެ އިންތިހާބަށް
ވެލެންސިއާގެ އަނެއް ފެކްޝަނުން އަޒުމީނަށް ތުހުމަތުތަކެއް
އެފްއޭއެމުން އޭއެފްސީއަށް "ދޮގު" މައުލޫމާތު ދީފި
މުފާގެ ރައްދު؛ ތަހުގީގުން ހަގީގަތް ސާފު ވާނެ!
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ފީފާއިން ކޮންގްރެސް ބަލައިނުގަންނާނެކަމުގެ އިޝާރާތް
ބުރަވަނީ އިންތިހާބުގެ ކުރިން ގަވާއިދު އިސްލާހު ކުރަން
އެފްއޭއެމް އިންތިހާބު މަޑުޖައްސާލަން ފީފާއިން އަންގައިފި
އެފްއޭއެމުން ކެންޑިޑޭޓުންގެ ނަން ހާމަކުރަން ދެކޮޅުހަދަނީ