Roadha Mihaaru

ދިވެހި ފުޓްބޯޅަ އަޑިގަނޑުން ނަގަން ރާއްޖޭގެ ހުރިހާ ރަށަކަށް ޓޮމް ދެނީ މި ޔަގީންކަން!

މިއަދު ބާއްވާ އެފްއޭއެމްގެ އިންތިހާބުން، އެ އިދާރާގެ ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަހްމަދު ތޯރިގް (ޓޮމް) އަށް ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުގެ ފުންމިން ކިތަންމެ ރަނގަޅަކަށް ވެސް އެނގިލައްވަ އެވެ. އެ އަނދަވަޅުން ފުޓްބޯޅަ ނަގަން މަސައްކަތް ފަށަންޖެހޭ ހިސާބު ވެސް އެންގިލައްވަ އެވެ.

ފުޓްބޯޅަ ކޮޅަށްނަގަން ރަށްތަކަށް ޓޮމް ދެނީ ޔަގީންކަން
ހުސެއިން ހަބީބް
ހުސެއިން ހަބީބް

26 ޖުލައި 2025

މިއަދު ބާއްވާ އެފްއޭއެމްގެ އިންތިހާބުން، އެ އިދާރާގެ ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަހްމަދު ތޯރިގް (ޓޮމް) އަށް ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުގެ ފުންމިން ކިތަންމެ ރަނގަޅަކަށް ވެސް އެނގިލައްވަ އެވެ. އެ އަނދަވަޅުން ފުޓްބޯޅަ ނަގަން މަސައްކަތް ފަށަންޖެހޭ ހިސާބު ވެސް އެންގިލައްވަ އެވެ.

އެފްއޭއެމްގެ ރައީސްކަމަށް މީގެ ކުރިން ވަޑައިގެން އޭނާ އަށް ލިބިވަޑައިގެންނެވި "ވަރަށް ކުރު" މުއްދަތުގައި ރަނގަޅު މަސައްކަތްތަކެއް ފެއްޓެވިކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އޭރު މަގާމާ ހަވާލުވެ ވަޑައިގެންނެވިތާ ހަތަރު މަސް ނުވަނީސް "ސްޕޯޓްސް ޕޮލިޓިކްސް" ގެ އަސަރުގައި ޖެހި ތޯރިގްގެ އެކްސްކޯގެ ފަސް މެންބަރަކު އެއްފަހަރާ އިސްތިއުފާ ދީ އޭނާގެ ބާރު ކަނޑުވާލި އެވެ. ފަސް މެންބަރުން އެއްފަހަރާ އިސްތިފާ ދިނުމުން، އޭނާގެ އެކްސްކޯ އަށް ހައިސިއްޔަތު ގެއްލުނީ އެވެ.

ދެވަނަ ފަހަރަށް އޭނާ ވަޑައިގަންނަވާނީ އެ އުނދަގޫ ގޮންޖެހުންތަކުން ފިލާވަޅު ލިބިވަޑައިގެންނެވެ. މިފަހަރު އޭނާ އަލުން އެފްއޭއެމަށް ވަޑައިގަންނަވާއިރު ރާއްޖޭގެ ފުޓްބޯޅަ އާއި އެފްއޭއެމް އޮތީ އޭރު އޮތް ހާލަތަށް ވުރެ ވެސް ބޮޑަށް ބޮއްސުންލައިފަ އެވެ.

ފުޓްބޯޅައިގެ ބައެއް އޮފިޝަލުންގެ ބަހުންނަމަ، އެފްއޭއެމް އޮތީ ހަމައެކަނި ނަމަކެވެ. ރާއްޖޭގެ އެންމެ ވަރުގަދަ އެއް އެސޯސިއޭޝަނުގެ ގޮތުގައި ކުރިން އޮތް އިދާރާގެ ހިންގުން އަލުން ބިނާކުރުމުގެ މަސައްކަތް އޮތީ ސުމަކުން ފަށަން ޖެހިފަ އެވެ. ފުޓްބޯޅައިގެ މަގުބޫލުކަން މުޅި ރާއްޖޭގައި އޮތީ ދަށް ވެފަ އެވެ.

ތޯރިގް އާއި ސްޕޯޓްސް މިނިސްޓަރު ރާފިއު އަދި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހްމަދު މުއިއްޒު

ތޯރިގް އާއި ސްޕޯޓްސް މިނިސްޓަރު ރާފިއު އަދި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހްމަދު މުއިއްޒު

ފުޓްބޯޅައިގެ ތަޖުރިބާކާރަކު ބުނީ ގިނަ އަތޮޅުތަކުގައި ފުޓްބޯޅަ އަށް ވުރެ އެހެން ކުޅިވަރުތައް މަގުބޫލު ކަމަށެވެ. އެ ކުޅިވަރުތައް ކުރިއަރުވަން މަސައްކަތް ކުރި އިދާރާތަކަށާއި އޮފިޝަލުންނަށް އޭނާ ތައުރީފު ކުރި އެވެ.

އެފްއޭއެމަށް އޮތީ އަތޮޅުތަކުގެ އިތުބާރު ހޯދަން ޖެހިފަ އެވެ. ތޯރިގް ވިދާޅުވީ އޭނާ ހަވާލުވެ. މި އަހަރުތެރޭ އަތޮޅުތަކުގައި ފުޓްބޯޅައިގެ ހަރަކާތް އިންސްޓްޓިޔުޝަނަލް ގޮތެއްގައި ފައްޓަވާނެ ކަމަށެވެ. ރާއްޖޭ ހަތަރު ޒޯނަކަށް ބަހާލައި މުބާރާތްތައް ބާއްވައި އެފްއޭއެމްގެ މެންބަރުކަން އަތޮޅުތަކަށް ލިބޭނެ ހިސާބަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތް މި އަހަރު ފަށާނެކަމަށް އޭނާ ވިދާޅުވި އެވެ.

ފުޓްސަލްގެ ފޯރި ރާއްޖޭގައި މަގުބޫލުކަން ބޮޑެވެ. އެކަމަކު އިންސްޓްޓިޔުޝަނަލް ލެވަލްގައި ބާއްވާ ގައުމީ މުބާރާތެއް ނެތެވެ. ބީޗް ސޮކާ އަށް ކޯޗުން ތަމްރީނު ކުރުމުގެ ކޯހެއް ވެސް ކުރިން ހިންގި އެވެ. އެކަމަކު ތަންފީޒު ނުކުރެވި އެ ޕްލޭން ވެސް ވެއްޔަށްވެ ވަޅުލެވުނީ އެވެ.

ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށާއި ކުދި އާބާދީތައް ހިމެނޭ ރަށްރަށް ވެސް އެފްއޭއެމްގެ ހަރަކާތްތަކުގައި ބައިވެރި ކުރުމަށް ތޯރިގް ގެންގުޅޭ ވިސްނުމަކީ އެއީ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އޮންނަ ގޮތަށް ފުޓްސަލް އާއި ބީޗް ސޮކާ އިންސްޓްޓިޔުޝަނަލް ގޮތެއްގައި ހިންގަން ފުޓްބޯޅައިގެ މައި އިދާރާއިން އެކުލަވާލަން ޖެހޭ ޕްރޮގްރާމްތައް ތައްޔާރުކޮށް އެ މަސައްކަތް ކުރުމެވެ.

އެފްއޭއެމުން މާޗް މަހު ބޭއްވި ކޮންގްރެސްގައި ތޯރިގް (ކ) އޭނާ ނިސްބަތްވާ މަހިބަދޫ ސްޕޯޓްސް ކްލަބް ތަމްސީލު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ

އެފްއޭއެމުން މާޗް މަހު ބޭއްވި ކޮންގްރެސްގައި ތޯރިގް (ކ) އޭނާ ނިސްބަތްވާ މަހިބަދޫ ސްޕޯޓްސް ކްލަބް ތަމްސީލު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ

"އަޅުގަނޑުގެ ވިސްނުމަކީ ހަމަ ހުރިހާ ރަށަކަށް ފުރުސަތު ދިނުން. ފަހަރެއްގައި ބައެއް ރަށްރަށުގެ އާބަދީ ކުޑަ ވީމަ އިލެވެން ސައިޑް ފުޓްބޯޅަ ޓީމެއް ނުނެރެވިދާނެ. އެކަމަކު އެ ރަށްރަށުން ވެސް ފުޓްސަލް ޓީމު ނެރެވޭނެ. ބީޗް ސޮކާ އަށް ޓީމު ނެރެވޭނެ. އެ ރަށްރަށަށް ވެސް އަޅުގަނޑުމެން އިލްތިމާސްކުރާނަން އެކަންކަމަށް،" ތޯރިގް ވިދާޅުވި އެވެ.

ފުޓްސަލް އާއި ބީޗް ސޮކާގައި ވެސް ގައުމީ ޗެމްޕިއަން ޓީމު ކަނޑައެޅުމުގެ ފުރުސަތު ފަހި ވާނެ ވިސްނުމެކެވެ.

ފުޓްބޯޅައިގެ ގިނަ އެކަޑަމީތައް މާލެ ސަރަހައްދަށް އޮތީ ބަރޯސާ ވެފަ އެވެ. އެކަމަކު އެކަށީގެންވާ ވަސީލަތެއް ނެތެވެ. ފުރަތަމަ ޑިވިޝަނުގެ ކްލަބެއްގެ ހިޔަނީގައި އޮވެގެން ނޫން ގޮތަކަށް އެކަޑަމީތަކަށް އެފްއޭއެމްގެ ދަނޑަކަށް އެރޭކަށް ވެސް ނެތެވެ. ދެން ހުރި އެކަޑަމީތަކަށް އޮތީ މިނީ ޓާފް ދަނޑުތަކެވެ.

އެފްއޭއެ

އެފްއޭއެ

ތޯރިގް ވިދާޅުވީ ހުޅުމާލޭގައި ވެސް ފުލް ޕިޗް ޓާފް ދަނޑެއް ހެދުމުގެ ވިސްނުންތަކެއް އެބަހުރި ކަމަށެވެ. އެ ދަނޑުތައް ތަރައްގީކޮށް އެހެން އެކަޑަމީތަކަށް ވެސް ދަނޑުތައް ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާފަންނު ސްޓޭޑިއަމްގައި ވީރާނާވެފައި އޮތް ދެ ދަނޑުގައި އަލުން ޓާފް އަޅަން ސަރުކާރާ އެހީ ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެފްއޭއެމްގައި އެ ކެޕޭސިޓީ ނުހުރެދާނެ. އެކަމަކު އިރާދަކުރެއްވިޔާ ރައީސަށް ދަންނަވައިގެން ސަރުކާރުގެ ހަރަދުގައި ވެސް އެކަން ކުރާނަން،" ތޯރިގް ވިދާޅުވި އެވެ.

އެފްއޭއެމުން މާޗް މަހު ބޭއްވި ކޮންގްރެސް ޝަރަފުވެރިކޮށްދެއްވަން ވަޑައިގެން ސްޕޯޓްސް މިނިސްޓަރު ރާފިއު (ކ)، ކޮންގްރެސްގައި މަހިބަދޫ ސްޕޯޓްސްގެ މަންދޫބު ތޯރިގާ އެކު: --- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

އެފްއޭއެމުން މާޗް މަހު ބޭއްވި ކޮންގްރެސް ޝަރަފުވެރިކޮށްދެއްވަން ވަޑައިގެން ސްޕޯޓްސް މިނިސްޓަރު ރާފިއު (ކ)، ކޮންގްރެސްގައި މަހިބަދޫ ސްޕޯޓްސްގެ މަންދޫބު ތޯރިގާ އެކު: --- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

ގައުމީ ޓީމު ހަރުދަނާ ކުރުމާއި ޓެކްނިކަލް އެހެން ޕްލޭންތައް އެކުލުވާލުމުގެ މަސައްކަތްތައް ތަޖުރިބާކާރު ބޭފުޅުންގެ ލަފަޔާ މަޝްވަރާއާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.

އެފްއޭއެމްގެ އެތެރޭގައި ކުރީގެ ލީޑާޝިޕުން ހިންގިކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި މަނީލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން، އެ އެސޯސިއޭޝަން ނޯމަލައިޒު ކުރުމަށް ފަހު ފީފާއިން ވަނީ ޖަރުމަނުގެ ފައިނޭންޝިއަލް އެޑްވައިޒަރީ ފާމެއް ކަމަށްވާ "އަންކޫރާ" ގެ ލަފާ ހޯދައިގެން މާލީ މުއާމަލާތްކުރާ ގޮތަށް ކަނޑައަޅައިފަ އެވެ.

ތޯރިގްގެ އެކްސްކޯ، އެފްއޭއެމާ ހަވާލުވުމަށް ފަހު ވެސް އެއް އަހަރުގެ މުއްދަތަކަށް "އަންކޫރާ" ގެ އޮބްޒަވޭޝަންގައި ރާއްޖެ ދެމިއޮންނާނެ އެވެ.

އެފްއޭއެމްގެ ބޭނުމަށް ކަރުދާސް ރީމެއް ގަންނަން ޖެހުނަސް އަންކޫރާގެ ހުއްދަ ހޯދަން ޖެހެ އެވެ. އެކްސްކޯ ހަވާލުވުމަށް ފަހު ވެސް އެ ޕްރެކްޓިސް ދެމިއޮންނާނެ އެވެ. ތޯރިގް ވިދާޅުވި ގޮތުގައި އެފްއޭއެމްގެ މާލީ މުއާމަލާތް ހަރުދަނާ ކުރުމަށް އެފަދަ ކުންފުންޏެއްގެ ފާރަވެރިވެ އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އޭނާގެ އެކްސްކޯއިން ވެސް އިސްވެ މާލީ މުއާމަލާތްތައް ހާމަކޮށް އެންމެންނަށް ފެންނާނެ ސިސްޓަމެއް އުފައްދާނެކަމަށް އޭނާ ވިދާޅުވި އެވެ.