ފުޓްބޯޅަ ސްކޫލެއް އިމާރާތްކޮށް ހިންގަން ހުޅުމާލެ އިން އެފްއޭއެމަށް ދިން ބިން އަނބުރާ ހޯދަން ސަރުކާރާއި އެޗްޑީސީއާ އެކު މަޝްވަރާ އަށް ވަޑައިގެންނަވާނެ ކަމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް ވިދާޅުވެއްޖެ އެވެ.
04 އޯގަސްޓް 2025
ފުޓްބޯޅަ ސްކޫލެއް އިމާރާތްކޮށް ހިންގަން ހުޅުމާލެ އިން އެފްއޭއެމަށް ދިން ބިން އަނބުރާ ހޯދަން ސަރުކާރާއި އެޗްޑީސީއާ އެކު މަޝްވަރާ އަށް ވަޑައިގެންނަވާނެ ކަމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ފޭސް އެކަކުން އެފްއޭއެމަށް ބިން ދިނީ އިޖުތިމާއީ މަޝްރޫއެއް ހިންގާތީ އެއްވެސް ކުއްޔަކާ ނުލަ އެވެ. އެކަމަކު އެ ބިމުން ބައެއް ވިޔާފާރީގެ ގޮތުގައި ބޭނުން ކުރަން އެފްއޭއެމުން ބޭނުންވުމުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެޗްޑީސީން އެއްބަސްވުން ބަދަލުކޮށްދީ ވިޔާފާރި އުސޫލުން ވެސް ބޭނުން ކުރުމުގެ ހުއްދަ އެފްއޭއެމަށް ދިނެވެ. އަދި އެއްބަސްވުން ބަދަލު ގެނައި ހިސާބުން ކުލި ދައްކަން ޖެހޭނެ ކަމަށް ވެސް އެފްއޭއެމްގެ މައްޗަށް ޝަރުތު ކުރި އެވެ.
އެފްއޭއެމުން ކުލި ނުދައްކާތީ އެޗްޑީސީން އެކި މަރުހަލާތަކުގެ މަތިން ނޯޓިސް ވެސް ދިނެވެ. ފަހުން ބިން އަތުލާނެކަމުގެ އިންޒާރާ އެކު އެ ތަނުގައި ރެޑް ނޯޓިހެއް ވެސް ހަރުކުރުމުން ވެސް އެފްއޭއެމުން ކުއްޔެއް ނުދެއްކި އެވެ. އޭގެ ފަހުން އެފްއޭއެމާ އެކު ހެދި އެއްބަސްވުން ބާތިލުކޮށް އެޗްޑީސީ އިން ބިން އަތުލި އެވެ. އަދި އެ ބިމުން ކުއްޔަށް ދީފައިވާ ސަރަހައްދު ހުސްކުރަން އެފްއޭއެމަށް އެންގި އެވެ.
ފުޓްބޯޅަ ސްކޫލްގެ ބިމުގައި އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ހަދާފައިވާ އެކޮމެޑޭޝަން ބްލޮކް: ފުޓްބޯޅަ އެކަޑަމީއާ ގުޅޭ އެއްވެސް އެހެން މަސައްކަތެއް އެ ބިމުގައި ކޮށްފައެއް ނުވޭ
އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތު ކުރެވިފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި އަމިއްލަ ކުންފުނިތަކަށާއި ވިޔާފާރިތަކަށް ބިން ކުއްޔަށް ދިނީ 25 އަހަރާއި 40 އަހަރާ ދެމެދުގެ މުއްދަތަކަށެވެ. އަދި ދިގު މުއްދަތަކަށް ޖެހޭ ކުއްޔަށް އެޑްވާންސްކޮށް އެފްއޭއެމުން ފައިސާ ނަގާފައިވާކަން ވެސް މިދިޔަ އެއް އަހަރު އެފްއޭއެމް ހިންގި ނޯމަލައިޒޭޝަން ކޮމިޓީން ނެރުނު ބަޔާނުގައި ބުނެފައި އެވެ.
ދިގު މުއްދަތަކަށްވާ ކުލި އެޑްވާންސްކޮށް އެފްއޭއެމުން ނަގާފައިވުމުން، އެ މުއްދަތު ނުނިމެނީސް އެ ކުންފުނިތަކުން ބިން އަތުލާނަމަ ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް އެފްއޭއެމުން ދައްކަން ޖެހޭނެ އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު އެފްއޭއެމްގެ ރައީސް ކަމަށް ވަޑައިގެންނެވި ތޯރިގަށް ހައްލުކުރަން އެންމެ އުނދަގޫ މައްސަލައަކަށް ކުރިމަތިވާނީ އެފްއޭއެމްގެ ބިންތަކާއި ގުދަންތަކުގެ މައްސަލަ އެވެ.
ފުޓްބޯޅަ ސްކޫލް ހަދަން އެފްއޭއެމަށް ދޫކޮށްފައިވާ ބިން
އެ ބިން އަނބުރާ އެފްއޭއެމަށް އިޔާދަކޮށް ދިނުމަށް އެދި ނޯމަލައިޒޭޝަން ކޮމިޓީން ވެސް ލިޔުމުން އެދިފައިވެ އެވެ. ބިމުގެ މައްސަލަ ހައްލު ކުރުމަށް އެޗްޑީސީއާ އެކު މަޝްވަރާ ކުރަން ވެސް އެފްއޭއެމުން އެދުނެވެ. އެކަމަކު އެފްއޭއެމާ އެކު މަޝްވަރާ އަށް ދާން އެޗްޑީސީން ބޭނުމެއް ނުވި އެވެ. އެހެންވެ ބިމުގެ މައްސަލަ އަށް އެފްއޭއެމުން ބޭނުންވާ އެއްވެސް ހައްލެއް އަދިވެސް ނުލިބެ އެވެ.
ވެރިކަން ކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސްގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުންކަން ވެސް ކުރައްވާ ތޯރިގް ވިދާޅުވީ ހުޅުމާލޭގެ ބިމުގެ މައްސަލަ ހައްލު ކުރުމަކީ އޭނާ އެންމެ ފުރަތަމަ ފަށާނެ މަސައްކަތް ކަމަށެވެ. މައްސަލަ ހައްލު ކުރަން އެންމެ ފުރަތަމަ އޮތް މަސައްކަތަކީ އެފްއޭއެމަށް އެ ބިން އަނބުރާ ހޯދުމެވެ.
ފުޓްބޯޅަ ސްކޫލް ހެދުމަށް އެފްއޭއެމަށް ދޫކޮށްފައިވާ ސަރަަހައްދުގައި އިމާރާތެއް ހަދަން ފަށާފައި: އެ ބިމުގެ ކުއްޔަށްވާ އަށް މިލިއަން ރުފިޔާ އެފްއޭއެމު ނުދައްކާ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ތޯރިގް ވިދާޅުވީ 15 ވަރަކަށް ކުންފުންޏަށް އެ ބިމުން ވިޔާފާރީގެ ގޮތުގައި ކުއްޔަށް ދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތަކަށް ވާނީ ސަރުކާރާއި އެޗްޑީސީއާ ވެސް ވާހަކަ ދައްކައިގެން އެ ބިން އަނބުރާ ފުޓްބޯޅަ އަށް ނުވަތަ އެފްއޭއެމަށް ހޯދުން،" ޕީއެސްއެމް އަށް ތޯރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާފަންނު ސްޓޭޑިއަމް ސަރަހަދުގައި އެފްއޭއެމުން ހަދާފައިވާ ގުދަންތަކާ ގުޅުން ހުރި މަސައްލަތައް ވެސް ހައްލު ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.
"ފުޓްބޯޅަ ސްކޫލްގެ ބިން އެކަންޏެއް ވެސް ނޫން. މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އިމާރާތްކުރާ ތަން ވެސް އޮތީ އެކަހަލަ ގޮތަކަށް. އެ ތަންތަން އަނބުރާ އެފްއޭއެމަށް ބާރު ހިންގާގޮތަށް ނުވަތަ ކުއްޔަށް ދީފައި ހުރި ތަންތަނުން ވެސް އެފްއޭއެމަށް ގަވާއިދުން ފައިސާ ވަންނާނެ ގޮތަކަށް އަޅުގަނޑުމެން މަސައްކަތް ފަށާނަން،" އޭނާ ވިދާޅުވި އެވެ.
ފައިސާ ނުދެއްކުމުން ފުޓުބޯޅަސްކޫލް ބިން ވެސް އަތުލައިފި
އެފްއޭއެމްގެ ދެބިމުގައި މަސައްކަތް ނުކުރަން އަންގައިފި
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް އަންނަ އަހަރު
މައްސަލަތައް ހައްލު ކުރަން ވަރުގަދަ ފިޔަވަޅުތަކެއް!
ޔޫތު ލެވެލް ފުޓްބޯޅަ އަށް ރަނގަޅު ގޮތެއް ހޯދައިދޭނަން
އަންހެން ފުޓްބޯޅަ ފަށަން އެސްއޯއީތަަކަށް ދައުވަތުދެނީ
ހަފުތާއެއްގެ ތެރޭ ފުޓްބޯޅަ ކަލަންޑަރު ފައިނަލު ކުރަނީ
ފުޓްބޯޅައަށް އިސްލާހުތަކެއްގެ ގެންނާނެކަމުގެ އުއްމީދުގައި
ފުޓްބޯޅަ ކޮޅަށްނަގަން ރަށްތަކަށް ޓޮމް ދެނީ ޔަގީންކަން
އަތޮޅުތަކަށް އެފްއޭގައި ބަސްބުނުމުގެ ހައްގުދޭނަން: ޓޮމް