އަންހެން ފުޓްބޯޅައިގެ ގައުމީ ފެންވަރުގެ މުބާރާތް ބާއްވަން، ފުލުހުންނާއި ސިފައިން އަދި އެސްއޯއީތަކުން ޓީމުތައް ބައިވެރި ކުރުމަށް ދައުވަތު ދޭނެ ކަމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.
30 ޖުލައި 2025
އަންހެން ފުޓްބޯޅައިގެ ގައުމީ ފެންވަރުގެ މުބާރާތް ބާއްވަން، ފުލުހުންނާއި ސިފައިން އަދި އެސްއޯއީތަކުން ޓީމުތައް ބައިވެރި ކުރުމަށް ދައުވަތު ދޭނެ ކަމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.
ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އަންހެން ޑިވިޝަނުގައި ގައުމީ ފެންވަރުގެ މުބާރާތެއް ނުބާއްވާ ހަމައެކަނި އެސޯސިއޭޝަނަކީ އެފްއޭއެމެވެ. އެ އެސޯސިއޭޝަނުން ގައުމީ ފެންވަރުގެ އިލެވެން ސައިޑް މުބާރާތެއް އެންމެ ފަހުން ބޭއްވީ 2015 ގަ އެވެ.
އޭގެ ފަހުން 10 އަހަރު ވެގެން ދިޔަ އިރުވެސް އިލެވެންސައިޑް މުބާރާތެއް އެފްއޭއެމުން ނުބާއްވާ އެވެ.
އަންހެން ފުޓްބޯޅައިގެ ގައުމީ ފެންވަރުގެ މުބާރާތެއް ނުބާއްވާތީ، ސަރުކާރުން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ނުހޮވަ އެވެ.
އަންހެން ފުޓްބޯޅައިގެ މުބާރާތް ބާއްވަން، އެފްއޭއެމްގެ އާ އެކްސްކޯގެ މައްޗަށް އަސާސީ ގަވާއިދުން އޮތީ ލާޒިމު ވެސް ކޮށްފަ އެވެ.
ތޯރިގް ވިދާޅުވީ އަންހެން ފުޓްބޯޅަ މުބާރާތް، މިފަހަރުގެ ކަލަންޑަރުގައި ހިމަނާނެ ކަމަށެވެ. އަދި ހުރިހާ ޓީމުތަކަށް ވެސް ޓީމުތައް ބައިވެރިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ގައުމީ އަންހެން ޓީމުގެ ގިނަ ކުޅުންތެރިންނަކީ ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ޓީމުތަކަށް ކުޅޭ ކުޅުންތެރިންނެވެ. ކްލަބް މޯލްޑިވްސްއިން ބާއްވާ ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަނުގައި ކޮންމެ އަހަރަކު ވެސް އޮފީސްތަކާއި އެސްއޯއީތަކުގެ ޓީމުތަކަށް، ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ކުޅެ އެވެ.
ފުލުހުންނާއި ސިފައިން އަދި އެސްއޯއީތަކުގެ ޓީމުތަކަށް މުބާރާތުން ފުރުސަތު ދިނުގައި ހާއްސަ އިސްކަމެއް ދޭނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ބާއްވާ މުބާރާތުގައި އެއްވެސް ކޮލިފައިންނެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ޑްރާފްޓް ކުރަމުންދާ ޝެޑިއުލުގައި ވެސް އޮންނާނެ މި ސީޒަނަށް ތާވަލުކޮށްފައި. އޭގައި [އަންހެން ފުޓްބޯޅައިގައި] އަޅުގަނޑުމެން ހުޅުވާލާނަން ހުރިހާ ކްލަބްތަކަކަށް ވެސް. ސިފައިން، ފުލުހުން އަދި އެސްއޯއީތަކަށް ވެސް ދައުވަތު ދޭނަން މުބާރާތުގައި ވާދަކުރަން،" ތޯރިގް ވިދާޅުވި އެވެ.
"ފުރަތަމަ ފަށާއިރު އެއްވެސް ކޮލިފައިންނެއް ފަސްޓް ޑިވިޝަނެއް ނޯންނާނެ. ދެން ކުޅޭ ނިސްބަތަކުން ގަދަ ޓީމުތަކެއް ދެން އަންނަ ސީޒަނަކަށް އޭގައި އިތުރު ލޭއައުޓް [އިތުރު ޑިވިޝަންތަކެއް] ހިމަނާނީ. މި ސީޒަންތެރޭގައި އަޅުގަނޑުމެން ހުޅުވާލާނަން މުޅި ރާއްޖެ އަށް އަންހެން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން."
އެފްއޭއެމްގެ އާ ކަލަންޑަރު ފައިނަލު ކުރާނީ އެ އެސޯސިއޭޝަންގެ ކޮމިޓީތަކަށް މެންބަރުން އައްޔަންކޮށް ނިމުމުންނެވެ. ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުމަށް ކެންޑިޑޭޓުންގެ ނަންތައް ފޮނުވުމަށް ކްލަބްތަކަށް ވަނީ ފުރުސަތު ހުޅުވާލާއިފަ އެވެ.
ކޮމިޓީތަކަށް މެންބަރުކަމަށް ކެންޑިޑޭޓުންގެ ނަންތައް ފޮނުވުމުގެ ސުންގަޑިއަކީ އަންނަ އާދިއްތަ ދުވަހުގެ 2 ޖެހުމުގެ ކުރިންނެވެ.
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް އަންނަ އަހަރު
ހުޅުމާލޭ ބިން އަލުން ހޯދަން އެފްއޭއެމުން މަޝްވަރާ އަށް
ޔޫތު ލެވެލް ފުޓްބޯޅަ އަށް ރަނގަޅު ގޮތެއް ހޯދައިދޭނަން
ހަފުތާއެއްގެ ތެރޭ ފުޓްބޯޅަ ކަލަންޑަރު ފައިނަލު ކުރަނީ
ފުޓްބޯޅައަށް އިސްލާހުތަކެއްގެ ގެންނާނެކަމުގެ އުއްމީދުގައި
ފުޓްބޯޅަ ކޮޅަށްނަގަން ރަށްތަކަށް ޓޮމް ދެނީ ޔަގީންކަން
އަތޮޅުތަކަށް އެފްއޭގައި ބަސްބުނުމުގެ ހައްގުދޭނަން: ޓޮމް
އެފްއޭ އިންތިހާބު: ހުރިހާ ކްލަބެއްގެ ތާއީދު ޓޮމް އަށް
ކުރިން ބައްސާމް ފަޅީގައި އޮތް ގްރީންގެ ތާއީދު ތޯރިގަށް
ވެލެންސިއާގެ ސިޓީއާއެކު ޓޮމް އެފްއޭއެމްގެ އިންތިހާބަށް