17 މެއި 2016
އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިނުލައްވަން ނިންމަވައި، އެ އެސޯސިއޭޝަނުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ޗެއާމަން މުހައްމަދު ޝަވީދު، ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓް އަހުމަދު ތޯރިގް (ޓޮމް)އާ އެކު ކުރިއަށް ދިއުމަށް އެއްބަސްވެއްޖެ އެވެ.
އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިނުލައްވަން ނިންމަވައި، އެ އެސޯސިއޭޝަނުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ޗެއާމަން މުހައްމަދު ޝަވީދު، ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓް އަހުމަދު ތޯރިގް (ޓޮމް)އާ އެކު ކުރިއަށް ދިއުމަށް އެއްބަސްވެއްޖެ އެވެ.
ދެ ފަރާތުން އެއްބަސްވުމަކަށް އައުމާ އެކު، މައްސަލައެއް ކުރިމަތިނުވެ މި މަހުގެ 31 ވަނަ ދުވަހު އިންތިހާބު ބޭއްވޭނެކަން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. އިންތިހާބު ބާއްވަން ތިން ފަހަރެއްގެ މަތިން ކުރިން މަސައްކަތް ނާކާމިޔާބުވެފައިވާއިރު މި ފަހަރު އިންތިހާބު ނުބޭއްވިއްޖެ ނަމަ ފީފާ އިން ރާއްޖެ ސަސްޕެންޑްކުރާނެ އެވެ.
ރައީސްގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު އެ މަގާމަށް ކުރިމަތިލާފައިވަނީ ގައުމީ ޓީމާއި ނިއު ރޭޑިއަންޓުގެ ކުރީގެ ފޯވާޑް ޓޮމް އެކަންޏެވެ. ނައިބް ރައީސުންގެ ދެ މަގާމަށް ކުރިމަތިލައްވާފައިވަނީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު ކަލީމާއި ޝަވީދުގެ ޓީމުގައި ހިމެނޭ، އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރެވެ. މީގެ ތެރެއިން އަލީ އުމަރަކީ ޝަވީދުގެ ފަރާތުން ޓޮމްގެ ޓީމާ ގުޅުނު ކެންޑިޑޭޓެކެވެ.
ކޮންމެ މަގާމަކަށް އެންމެ ކެންޑިޑޭޓަކުން ކުރިމަތިލާފައިވުމުން އިންތިހާބުގައި ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ. އަދި ދެ ފަޅިން އެއްގަލަކަށް އަރާފައިވުމުން ޓޮމް އިންތިހާބު ކާމިޔާބުކުރާނެކަން ވަރަށް ޔަގީނެވެ. އެހެންވެއްޖެ ނަމަ އެފްއޭއެމްގެ އެންމެ އިސް ތިން ވެރިންގެ ގޮތުގައި ތިއްބަވާނީ ގައުމީ ޓީމުގެ ކުރީގެ، ފަހުރުވެރި ތިން ކުޅުންތެރިންނެވެ. ޓޮމް ލީޑު ކުރާއިރު ސީނިއާ ނައިބް ރައީސްގެ މަގާމް ފުރާނީ ކަލީމެވެ. ނައިބް ރައީސްގެ އަނެއް ގޮނޑީގައި ހުންނާނީ އަލީ އުމަރެވެ.
ޓޮމް (ވ) އާއި އަލީ އުމަރު 2012 ވަނަ އަހަރު ނިއު އަށް ކުޅުނު އިރު ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިއު ރޭޑިއަންޓް
ޓޮމް އާއި އަލީ އުމަރަކީ ގައުމީ ޓީމުގެ ފޯވާޑް ލައިން ބެލެހެއްޓި ހުނަރުވެރި ދެ ފޯވާޑުންނެވެ. އަލީ އުމަރު 1999 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށިއިރު ޓޮމް ޖާގަ ހޯދީ 2003 ވަނަ އަހަރު އެވެ. އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ، އަލީ އުމަރުގެ މޮޅު ކުޅުމާ އެކު ރާއްޖެ ހޯދިއިރު ޓޮމް އަކީ ބަދަލު ކުޅުންތެރިއެކެވެ. ޓޮމްގެ މޮޅު ކުޅުމާ އެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އަލީ އުމަރަކީ ބަދަލު ކުޅުންތެރިއެކެވެ. ދެ ކުޅުންތެރިން ވަނީ އެކުގައި 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅެފަ އެވެ. ފުރަތަމަ މެޗުގައި އަފްގާނިސްތާން ކޮޅަށް ރާއްޖޭން ނުވަ ލަނޑު ޖެހިއިރު ދެ ކުޅުންތެރިން ވެސް ލަނޑު ލިސްޓުން ޖާގަ ހޯދި އެވެ. ދެ ކުޅުންތެރިން ވަނީ ނިއު ރޭޑިއަންޓަށް ވެސް އެކުގައި ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ޓޮމް އާއި އަލީ އުމަރަކީ ގައުމީ ޓީމުގެ ފޯވާޑް ލައިން ބެލެހެއްޓި ހުނަރުވެރި ދެ ފޯވާޑުންނެވެ. އަލީ އުމަރު 1999 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށިއިރު ޓޮމް ގައުމީ ޓީމުން ޖާގަ ހޯދީ 2003 ވަނަ އަހަރު އެވެ. އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ، އަލީ އުމަރުގެ މޮޅު ކުޅުމާ އެކު ރާއްޖެ ހޯދިއިރު ޓޮމް އަކީ ބަދަލު ކުޅުންތެރިއެކެވެ. ޓޮމްގެ މޮޅު ކުޅުމާ އެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އަލީ އުމަރަކީ ބަދަލު ކުޅުންތެރިއެކެވެ. ދެ ކުޅުންތެރިން ވަނީ އެކުގައި 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅެފަ އެވެ. ފުރަތަމަ މެޗުގައި އަފްގާނިސްތާން ކޮޅަށް ރާއްޖޭން ނުވަ ލަނޑު ޖެހިއިރު ދެ ކުޅުންތެރިން ވެސް ލަނޑު ލިސްޓުން ޖާގަ ހޯދި އެވެ. ދެ ކުޅުންތެރިން ވަނީ ނިއު ރޭޑިއަންޓަށް ވެސް އެކުގައި ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން 2012 ވަނަ އަހަރުގެ ދިވެހި ލީގު މެޗަކުން ބަލިނުވެ ޓޮމްގެ ކެޕްޓަންކަމުގެ ދަށުން ނިއު ހޯދިއިރު އަލީ އުމަރަކީ މުހިއްމު ކުޅުންތެރިއެކެވެ.
އަލީ އުމަރު ކުޅެން ފެށި އަހަރު ކަމަށްވާ 1997 ވަނަ އަހަރު ކުޅުން ހުއްޓާލި ކަލީމަކީ ރާއްޖޭން 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހި މެޑަލް ހޯދިއިރު ކެޕްޓަނެވެ. ގައުމީ ޓީމު ހޯދި ފުރަތަމަ ބޮޑު ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކުރި ކަލީމް ވަނީ ނިއު އަށް ކުޅެ ކޯޗު ވެސް ކޮށްދީފަ އެވެ. އަމިއްލަ ވިޔަފާރި ހިންގުމުގައި އިސް ދައުރެއް އަދާކުރި ނަމަވެސް ކަލީމްގެ ފުޓްބޯޅައިގެ ހިންގުމުގެ ހަމައެކަނި ތަޖުރިބާއަކީ 2007 ވަނަ އަހަރު ދުވަސްކޮޅަކު އެފްއޭއެމްގެ ޗެއާމަންކަން ކުރުމެވެ. އޭގެ ފަހުން 2008 ވަނަ އަހަރުގެ އެފްއޭއެމްގެ އިންތިހާބުގައި ނާކާމިޔާބުވީ އެވެ. ކަލީމް ވަނީ ސްވިމިން އެސޯސިއޭޝަނުގެ ރައީސްގެ މަގާމް ވެސް ފުރައިފަ އެވެ.
ޓޮމްގެ ފުޓްބޯޅަ ހިންގުމުގެ އަމަލީ ތަޖުރިބާ އަށް ބަލާއިރު އުފަން ރަށު ޓީމު ކަމަށްވާ މަހިބަދޫ ސްޕޯޓްސް ކްލަބް ހިންގުމުގައި އިސް ދައުރެއް އަދާކުރަމުން އަންނައިރު އޭނާ ވަނީ ނިއުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ވެސް ފުރައިފަ އެވެ. މިހާރު ހުރީ ކްލަބް އީގަލްސްގެ ވައިސް ޗެއާމަންގެ މަގާމުގަ އެވެ. އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުކަމާ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވުމުގެ ކުރިން އަލީ އުމަރު މުޅިންހެން ފެނުނީ ފުޓްބޯޅަ ދަނޑުންނެވެ.
ވެލެންސިއާގެ ސިޓީއާއެކު ޓޮމް އެފްއޭއެމްގެ އިންތިހާބަށް
އެފްއޭއެމްގެ އިންތިހާބަށް ޓޮމް ފޯމު ހުށަހަޅައިފި
ފީފާއިން ކޮންގްރެސް ބަލައިނުގަންނާނެކަމުގެ އިޝާރާތް
ބުރަވަނީ އިންތިހާބުގެ ކުރިން ގަވާއިދު އިސްލާހު ކުރަން
އެފްއޭއެމް އިންތިހާބު މަޑުޖައްސާލަން ފީފާއިން އަންގައިފި
އެފްއޭއެމުން ކެންޑިޑޭޓުންގެ ނަން ހާމަކުރަން ދެކޮޅުހަދަނީ
ގަތަރުން މުސާރަ ދޭ ސްމޯލީއަށް މަސައްކަތެއް ނެތް
ފީފާ އިން އެފްއޭއެމްގެ އިންތިހާބު ހުއްޓުވައިފި
އިލެކްޓޯރަލް ކޮމިޓީ ސައްހައެއް ނޫން، ތޯރިގު ފީފާއަށް!
ވެލެންސިއާގެ އަނެއް ފެކްޝަނުން އަޒުމީނަށް ތުހުމަތުތަކެއް