13 އޮކްޓޯބަރ 2016
ސަރުކާރުގެ ކޭޝްފްލޯ ހަމަޖައްސަން ރާއްޖޭގެ ބޭންކްތަކުންނާއި އެހެން އިދާރާތަކުން ނެގި ދަރަނީގެ ޖުމްލަ މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު 24.5 ބިލިއަން ރުފިޔާއަށް އިތުރުވެ، އެ މުއްދަތުގައި ވިއްކި ޓީ ބިލާއި ޓީ ބޮންޑުގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ސަރުކާރުގެ ކޭޝްފްލޯ ހަމަޖައްސަން ރާއްޖޭގެ ބޭންކްތަކުންނާއި އެހެން އިދާރާތަކުން ނެގި ދަރަނީގެ ޖުމްލަ މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު 24.5 ބިލިއަން ރުފިޔާއަށް އިތުރުވެ، އެ މުއްދަތުގައި ވިއްކި ޓީ ބިލާއި ޓީ ބޮންޑުގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރޭ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ސަރުކާރުގެ އެތެރޭގެ ދަރަނި 24.5 ބިލިއަނަށް އިތުރުވިއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ދަރަނި ހުރީ 21.6 ބިލިއަން ރުފިޔާގަ އެވެ.
ސަރުކާރުން މިހާތަނަށް ޓީ ބޮންޑްގެ ގޮތުގައި އެމްއެމްއޭ އަށް 6.3 ބިލިއަން ރުފިޔާ ދައްކަން ޖެހިފައިވެ އެވެ. އޭގެ އިތުރުން ކޮމާޝަލް ބޭންކްތަކަށް 115 މިލިއަން ރުފިޔާ އަދި އެހެނިހެން މާލީ ކުންފުނިތަކަށް 1.4 ބިލިއަން ރުފިޔާ ދައްކަން ޖެހިފައިވެ އެވެ.
މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓީ ބިލްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ ކޮމާޝަލް ބޭންކުތަކަށެވެ. އެގޮތުން ބޭންކުތަކަށް ނުވަ ބިލިއަން ރުފިޔާ ދައްކަން ޖެހޭއިރު ބޭންކުގެ ގޮތުގައި ނުހިމެނޭ ތަންތަނަށް 4.4 ބިލިއަން ރުފިޔާ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 547 މިލިއަން ރުފިޔާ އަދި މާލީ އެހެން ތަންތަނަށް 3.5 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.
އެމްއެމްއޭގެ ހިސާބުތަކުން އެނގެނީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުތަކަށް ވިއްކި ޓްރެޝަރީ ބިލްގެ އަދަދު 31 ޕަސެންޓް އިތުރުވެފައިވާ ކަމެވެ. އަދި މި އަހަރުގެ ޖޫން މަހާ ހަމަޔަށް ބޭންކުންތަކުން ނަގާފައިވާ ދަރަނީގެ ޖުމްލަ 12.5 ބިލިއަނަށް އަރާފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ހަ ޕަސެންޓް އިތުރު މިންވަރެކެވެ.
މަރުކަޒީ ބޭންކުން ބުނި ގޮތުގައި ސަރުކާރުން ބޭންކުތަކުން ނަގާފައިވާ ޖުމްލަ ދަރަނި އިތުރުވި މައިގަނޑު ސަބަބަކީ ޓީ ބިލްގައި އިންވެސްޓްކުރި އަދަދު ވަރަށް ބޮޑަށް އިތުރުވުމުންނެވެ. އެއީ 31 ޕަސެންޓް އިތުރުވުމެކެވެ.
10 މަހުން ޓީ-ބިލާއި ބޮންޑަށް 8.2 ބިލިއަން!
މި އަހަރު 5.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި
އިތުރަށް ބޮންޑު ވިއްކަން މަޖިލީހުން ހުއްދަދީފި
މިދިޔަ އަހަރު ޓީބިލް ވިއްކި އަދަދު 4.3 ބިލިއަނަށް
ޓީ ބިލާއި ބޮންޑް އާންމުންނަށް ވިއްކަން ތައްޔާރުވަނީ
ބޮންޑް ވިއްކައިގެން 543.4 މިލިޔަން ހޯދައިފި
އެއް ބިލިއަން ރުފިޔާގެ ޓީ ބިލް ސަރުކާރުން ވިއްކަނީ
ޖީއެމްއާރަށް ދައްކަން ބޮންޑެއް ގަތިން: އެމްއެމްއޭ
އެމްއެމްއޭއިން ހިދުމަތް ދޭ ދުވަސްތައް އިތުރުކޮށްފި
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި