15 ޖެނުއަރީ 2017
ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި އެއް ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކަން މިއަދު ހުޅުވާލައިފި އެވެ. މިއީ މިއަހަރުގެ ތެރޭގައި ޓީ ބިލްގެ ގޮތުގައި ވިއްކަން ހުޅުވާލި އެންމެ ބޮޑު އަދަދެވެ.
ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި އެއް ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކަން މިއަދު ހުޅުވާލައިފި އެވެ. މިއީ މިއަހަރުގެ ތެރޭގައި ޓީ ބިލްގެ ގޮތުގައި ވިއްކަން ހުޅުވާލި އެންމެ ބޮޑު އަދަދެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ވެބްސައިޓްގައިވާ ގޮތުން ސަރުކާރުން ވިއްކަން ހުޅުވައިލި 1،054.70 މިލިއަން ރުފިޔާގެ ޓީ ބިލްގެ ތެރޭގައި ހިމެނެނީ 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް 316.4 މިލިއަން ރުފިޔާގެ ޓީ ބިލާއި 91 ދުވަހަށް 210.9 މިލިއަން ރުފިޔާގެ ޓީ ބިލާއި 180 ދުވަހަށް 316.5 މިލިއަން ރުފިޔާގެ ޓީ ބިލް އަދި 364 ދުވަހަށް 210.9 މިލިއަން ރުފިޔާގެ ޓީ ބިލެވެ. އެ ޓީ ބިލްތަކުގެ އިންޓަރެސްޓް ރޭޓް އުޅެނީ 3.5 ޕަސެންޓާއި 4.6 ޕަސެންޓާ ދެމެދުގަ އެވެ.
ސަރުކާރުން އެއް ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކަން ހުޅުވައިލި އިރު، އެމްއެމްއޭގެ ވެބްސައިޓްގައިވާ ގޮތުން މި މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ވިއްކަން ހުޅުވައިލި 762.8 މިލިއަން ރުފިޔާގެ ޓީ ބިލްގެ ތެރެއިން 583.3 މިލިއަން ރުފިޔާ މިހާރު ވަނީ ސަރުކާރަށް ލިބިފަ އެވެ.
އެމްއެމްއޭގެ ވެބްސައިޓްގައިވާ ގޮތުން ސަރުކާރުން މިހާތަނަށް ޖުމްލަ 23 ބިލިއަން ރުފިޔާގެ ޓީ ބިލާއި ޓީ ބޮންޑް އަދި އިސްލާމިކް ސެކިއުރިޓީސް ވިއްކާފައިވެ އެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް އާއްމުކޮށް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުންނެވެ.
"ބޭރު ފައިސާ ނުހިފެހެއްޓެނީ ބޭންކިން ދާއިރާ ކުޑަވީމަ"
މި އަހަރު 5.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި
ހަ މަސްތެރޭ 2.9 ބިލިއަން ރުފިޔާގެ ޓީިބިލް ވިއްކައިފި
މިދިޔަ އަހަރު ޓީބިލް ވިއްކި އަދަދު 4.3 ބިލިއަނަށް
ދައުލަތުން ޓީބިލް ވިއްކި އަދަދު 3.2 ބިލިއަނަށް
ދައުލަތުގެ ދަރަނިން 1.5 ބިލިއަން ކެނޑޭނެ: އަމީރު
ދެ ހަފްތާގެ ތެރޭ ބޮޑު އަދަދަކުން ޓީބިލް ވިއްކައިފި
މި މަހު ވެސް 2.1 ބިލިއަން ރުފިޔާގެ ޓީބިލް
މިިމަހު އެކަނި ވެސް 2.9 ބިލިއަން ރުފިޔާގެ ޓީބިލް
އެތެރޭގެ ދަރަނި 24.5 ބިލިއަން އަރައިފި