26 ފެބުރުއަރީ 2017
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން މި މަހު މިހާތަނަށް އެކަނި ވެސް 2.1 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކައިފި އެވެ.
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން މި މަހު މިހާތަނަށް އެކަނި ވެސް 2.1 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި 5.3 ބިލިއަން ރުފިޔާގެ ޓީ ބިލް ސަރުކާރުން ވިއްކާފައިވެ އެވެ. އަދި އިތުރު 728.70 މިލިއަން ރުފިޔާގެ ޓީ ބިލް ވިއްކަން މަރުކަޒީ ބޭންކުން މިއަދު ވަނީ ހުޅުވާލައިފަ އެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މި މަހު ފުރަތަމަ ވިއްކާފައި ވަނީ 394.5 މިލިއަން ރުފިޔާގެ ޓީ ބިލެކެވެ. އޭގެ އިތުރުން 608.2 މިލިއަން ރުފިޔާގެ ޓީ ބިލް ވިއްކާފައިވެ އެވެ. އަދި އެންމެ ފަހުން މިދިޔަ އާދީއްތަ ދުވަހު 1.1 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކި އެވެ.
ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް އާއްމުކޮށް ޓީ ބިލް ވިއްކަން ހުޅުވާލަނީ ހަފުތާއަކު އެއް ފަހަރު އެވެ. ޓީ ބިލް ވިއްކަނީ 28 ދުވަހަށާއި 91 ދުވަސް، 182 ދުވަސް އަދި 364 ދުވަހުގެ ތެރޭގައި ކަނޑައެޅޭ ވަކި އިންޓަރެސްޓް ރޭޓެއްގައި އަނބުރާ ދައްކާ ގޮތަށެވެ.
އެމްއެމްއޭގެ ވެބްސައިޓްގައިވާ ގޮތުން، ސަރުކާރުން މިހާތަނަށް ޖުމްލަ 22.9 ބިލިއަން ރުފިޔާގެ ޓީ ބިލާއި ޓީ ބޮންޑް އަދި އިސްލާމިކް ސެކިއުރިޓީސް ވިއްކާފައިވެ އެވެ. ސަރުކާރުން ވިއްކާ ޓީ ބިލްތައް އާއްމުކޮށް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުންނެވެ. އެ ހުރިހާ ފަަރާތްތަކަށް އިންޓަރެސްޓުގެ ގޮތުގައި އެކަށީގެންވާ ފައިދާ ލިބެ އެވެ.
ދެ ހަފްތާގެ ތެރޭ ބޮޑު އަދަދަކުން ޓީބިލް ވިއްކައިފި
ފައިސާ ޗާޕުކުރުމުގެ ހުއްދަ އެއް އަހަރަށް އިތުރުކޮށްފި
ފައިސާ ޗާޕްކުރުމުގެ ހުއްދައާ މެދު ގޮތެއް ނުނިމުނު؟!
26ގެ ކުރިން ފިނޭންސަށް ޖަވާބެއް ދޭންޖެހޭ: ނަޝީދު
މި އަހަރު 5.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި
އިތުރަށް ބޮންޑު ވިއްކަން މަޖިލީހުން ހުއްދަދީފި
ހަ މަސްތެރޭ 2.9 ބިލިއަން ރުފިޔާގެ ޓީިބިލް ވިއްކައިފި
ފައިސާ ޗާޕުކޮށް، ސަރުކާރު ހިފެހެއްޓުން ނުރައްކާ:ސައީދު
އެމްއެމްއޭއިން ފައިސާ ނަގަން ސަރުކާރަށް ހުއްދަދީފި
މިދިޔަ އަހަރު ޓީބިލް ވިއްކި އަދަދު 4.3 ބިލިއަނަށް