30 ޑިސެމްބަރ 2020
ދައުލަތުގެ ހަރަދުތައް މެނޭޖްކުރުމަށް މި އަހަރު 5.1 ބިލިއަން ރުފިޔާގެ ޓީިބިލް ވިއްކައިފި އެވެ.
ދައުލަތުގެ ހަރަދުތައް މެނޭޖްކުރުމަށް މި އަހަރު 5.1 ބިލިއަން ރުފިޔާގެ ޓީިބިލް ވިއްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ދިވެހި ރުފިޔާ އިންނާއި ޑޮލަރުން ޓީބިލް ނަގާފައިވެ އެވެ. އެގޮތުން އެންމެ ބޮޑު އަދަދެއް ނަގާފައިވަނީ ދިވެހި ރުފިޔާ އިންނެވެ. މިދިޔަ އަހަރު ނިމުނު އިރު ޓީބިލްގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ވަނީ ނަގައިފަ އެވެ.
މީގެ އިތުރުން އެއް އަހަރަށް ވުރެ ދިގު މުއްދަތަށް ވިއްކާފައިވާ ޓީ ބޮންޑުގެ އަދަދު އުޅެނީ 3.7 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރު 435 މިލިއަން ރުފިޔާ ޓީބޮންޑުގެ ގޮތުގައި ވިއްކާފައިވެ އެވެ. އެހެންކަމުން މިއަހަރު ޓީ ބޮންޑު ވިއްކި އަދަދު ވަނީ 90 ޕަސެންޓް އިތުރުވެފަ އެވެ.
ކޮވިޑްގެ ހާތަކާ ގުޅިގެން ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައިސް ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވި އެވެ. މިއާ އެކު ދައުލަތުގެ ހަރަދުތައް މެނޭޖްކުރުމަށްޓަކާއި ޓީބިލް އަދި ލޯނުތައް ނަގަން ސަރުކާރަށް މަޖުބޫރުވި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހަތަރު ވައްތަރެއްގެ ޓީބިލު އަންނަނީ ވިއްކަމުންނެވެ. އެއީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ. އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވާ މިންވަރަކަށް އިންޓަރެސްޓް ރޭޓް ދާނީ ބޮޑުވަމުންނެވެ.
އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް ވިއްކުމަށް ހަފްތާއަކު އެއް ފަހަރު ހުޅުވައިލަ އެވެ. ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ. މީގެ ތެރޭގައި މަޝްހޫރު ޗަމްޕާ ބްރަދާސްގެ ހިއްސާ އޮންނަ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އާއި ޔުނިވާސަލްގެ ހިއްސާ އޮންނަ ކުންފުނިތަކުން ވެސް ސަރުކާރުން ވިއްކާ ޓީބިލަށް އިންވެސްޓް ކުރެ އެވެ.
މިދިޔަ އަހަރު ޓީބިލް ވިއްކި އަދަދު 4.3 ބިލިއަނަށް
ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ސަރުކާރުގެ ބޮންޑެއް ވިއްކަނީ
10 މަހުން ޓީ-ބިލާއި ބޮންޑަށް 8.2 ބިލިއަން!
ޓީބިލާއި ބޮންޑު ވިއްކި އަދަދު 61 ބިލިއަނަށް އަރައިފި
އިތުރަށް ބޮންޑު ވިއްކަން މަޖިލީހުން ހުއްދަދީފި
އިތުރަށް ބޮންޑް ވިއްކަން މަޖިލީހުގެ ލަފަޔަކަށް އެދެފި
ހަ މަސްތެރޭ 2.9 ބިލިއަން ރުފިޔާގެ ޓީިބިލް ވިއްކައިފި
ދައުލަތުން ޓީބިލް ވިއްކި އަދަދު 3.2 ބިލިއަނަށް
ދައުލަތުގެ ދަރަނިން 1.5 ބިލިއަން ކެނޑޭނެ: އަމީރު
ދެ ހަފްތާގެ ތެރޭ ބޮޑު އަދަދަކުން ޓީބިލް ވިއްކައިފި