11 އޯގަސްޓް 2020
ދައުލަތުގެ ހަރަދުތައް މެނޭޖްކުރުމަށްޓަކައި މިދިޔަ މަހުގެ ފަހު ހަފްތާއާ ހަމައަށް 2.9 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި އެވެ.
ދައުލަތުގެ ހަރަދުތައް މެނޭޖްކުރުމަށްޓަކައި މިދިޔަ މަހުގެ ފަހު ހަފްތާއާ ހަމައަށް 2.9 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ދިވެހި ރުފިޔާ އިން ވިއްކާފައިވާ ޓީބިލް 2.4 ބިލިއަނަށް އަރަ އެވެ. މީގެ އިތުރުން ހިމެނެނީ ޑޮލަރުން ވިއްކާފައިވާ ޓީބިލެވެ.
މި އަހަރުގެ މާޗް މަހުގެ ފަހު ހަފްތާއާ ހަމައަށް ވިއްކާފައިވަނީ އެއް ބިލިއަން ޓީބިލެވެ. އެހެންކަމުން ބާކީ މިދިޔަ އޭޕްރީލް، މެއި، ޖޫން އަދި ޖުލައި މަހު ދައުލަތުން މިވަނީ ގާތްގަނޑަކަށް 1.9 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފަ އެވެ.
ތިން ބިލިއަނާ ގާތްކުރާ އަދަދަކަށް ޓީބިލް ވިއްކާފައިވާ އިރު ކޮވިޑްގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ ހަރަދުތައް މެނޭޖްކުރުމަށްޓަކައި އެމްއެމްއޭ އިން 4 ބިލިއަން ރުފިޔާ އޯވާޑްރޯކޮށްފަ އެވެ. މީގެ އިތުރުން ބޭރުގެ މާލީ އިދާރާތަކުން ވެސް ދެ ބިިލިއަނެއްހާ ރުފިޔާ ސަރުކާރުން މިހާތަނަށް ހޯދާފައިވެ އެވެ.
މިދިޔަ އަހަރަކީ ވެސް ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ގިނަ އަދަދަކަށް ޓީބިލް ވިއްކި އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ނިމުނު އިރު ދައުލަތުން 4.3 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކި އެވެ.
ޓީބިލަކީ އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާ އެވެ. އެމްއެމްއޭ އިން ހަތަރު މިންގަނޑެއްގައި ޓީބިލު އަންނަނީ ވިއްކަމުންނެވެ. އެއީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ. ޓީބިލް އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އިންޓްރެސްޓް ރޭޓް ދާނީ ބޮޑުވަމުންނެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް ވިއްކުމަށް ހަފްތާއަކު އެއް ފަހަރު ހުޅުވާލަ އެވެ. ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ.
ޗާޕު ކުރާ ފައިސާގެ އަދަދު އިތުރަށް ލިމިޓް ކޮށްފި
އެމްއެމްއޭ އިން ހަތަރު މަހުން 4 ބިލިއަން ރުފިޔާ ދީފި
ދައުލަތުން ޓީބިލް ވިއްކި އަދަދު 3.2 ބިލިއަނަށް
ދައުލަތުގެ ދަރަނިން 1.5 ބިލިއަން ކެނޑޭނެ: އަމީރު
ދެ ހަފްތާގެ ތެރޭ ބޮޑު އަދަދަކުން ޓީބިލް ވިއްކައިފި
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ސަރުކާރުގެ ހިސާބުތައް އާންމުކުރަން ފަށައިފި
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!
"ބޭރު ފައިސާ ނުހިފެހެއްޓެނީ ބޭންކިން ދާއިރާ ކުޑަވީމަ"
ތަފާސްހިސާބު އާންމުނުކުރަނީ މައުލޫމާތު ފައިނަލް ކުރާތީ