02 ޖެނުއަރީ 2020
ދައުލަތުގެ ހަރަދުތައް މެނޭޖްކުރުމަށްޓަކައި މިދިޔަ އަހަރުގެ ފަހު ހަފްތާއާ ހަމަޔަށް 4.3 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި އެވެ.
ދައުލަތުގެ ހަރަދުތައް މެނޭޖްކުރުމަށްޓަކައި މިދިޔަ އަހަރުގެ ފަހު ހަފްތާއާ ހަމަޔަށް 4.3 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ރުފިޔާ އިން ޓީބިލް ވިއްކި އަދަދު ވަނީ 1.9 ބިލިއަނަށް އަރައިފަ އެވެ. ނޮވެމްބަރު މަސް ނިމުނު އިރު ދިވެހި ރުފިޔާ އިން ވިއްކި ޓީބިލް އުޅެނީ 1.2 ބިލިއަންގަ އެވެ. އެހެން ކަމުން މިދިޔަ ޑިސެމްބަރު މަހު އެކަނި ވެސް ސަރުކާރުގެ ހަރަދުތަކަށް ފައިސާ ހޯދުމަށް 734 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެ އެވެ. މިއީ މަހެއްގެ ތެރޭ އެންމެ ގިނަ އަދަދަކަށް މިދިޔަ އަހަރު ޓީބިލް ވިއްކި އެއް މަަހެވެ.
ދިޔަ އަހަރުގެ ބަޖެޓުގައި ހަތަރު ބިލިއަން ރުފިޔާ، ބަޖެޓުގެ ބޭރުން ހޯދުމަށް ސަރުކާރުން ކަނޑައަޅާފައިވެ އެވެ.
ޑޮލަރުން ޓީބިލް ވިއްކި ވަރު 150 މިލިއަނަށް އަރާއިރު މިއީ އިންޑިޔާ ސަރުކާރަށް ވިއްކާފައިވާ އަދަދެވެ. ދިވެހި ރުފިޔާ އިން ނަމަ އެއީ 2.3 ބިލިއަނެވެ. ފިނޭންސް މިނިސްޓްރީން ބުނީ، ޓީބިލްގެ އަދަދު އެހާ ބޮޑު ކަމަށް ދައްކަނީ އިންޑިޔާ އަށް ޓީބިލް ވިއްކުމުގެ ސަބަބުންނެވެ. އިންޑިޔާ އަށް ޓީބިލް ވިއްކާފައި ވުމާ އެކު މި އަހަރު ސަރުކާރުން އިތުރަށް ސޮވެރިން ބޮންޑު ވިއްކައިފައެއް ނުވެ އެވެ.
ޓީބިލަކީ އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާ އެވެ. އެމްއެމްއޭ އިން ހަތަރު މިންގަނޑެއްގައި ޓީބިލު އަންނަނީ ވިއްކަމުންނެވެ. އެއީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ. ޓީބިލް އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވާ މިންވަރަކަށް އިންޓްރެސްޓް ރޭޓް ދާނީ ބޮޑުވަމުންނެވެ.
ސަރުކާރުގެ ކޭޝްޕްލޯ ހަމަޖެއްސުމަށް ޓީބިލް ވިއްކާ އިރު މިިދިޔަ އަހަރު ނިމުނުއިރު ގާތްގަނޑަކަށް 700 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެ އެވެ. އެހެންކަމުން ޓީބިލް ވިއްކި އަދަދު ހިސާބުތަކުން އެންމެ ބޮޑު އަހަރަކަށް މިދިޔަ އަހަރު ވެގެންދާނެ އެވެ. ދައުލަތުގެ ބަޖެޓް ޑެފިސިޓަށް ބޭނުންވާ ފައިސާ ހޯދުމަށް މީގެ ކުރީ ސަރުކާރުތަކުން ވެސް ބޮޑެތި އަދަދުތަކުން ޓީބިލް ވިއްކާފައިވެ އެވެ. އެގޮތުން 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ކޭޝްފްލޯ ހަމަޖެއްސުމަށް 1.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެ އެވެ. އެއީ އެއްފަހަރާ ޓީބިލް އެންމެ ގިނަ އަދަދަކަށް ވިއްކި އެއް ފަހަރެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް ވިއްކުމަށް ހަފްތާއަކު އެއް ފަހަރު ހުޅުވާލަ އެވެ. ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ.
މި އަހަރު 5.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި
ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ސަރުކާރުގެ ބޮންޑެއް ވިއްކަނީ
10 މަހުން ޓީ-ބިލާއި ބޮންޑަށް 8.2 ބިލިއަން!
ޓީބިލާއި ބޮންޑު ވިއްކި އަދަދު 61 ބިލިއަނަށް އަރައިފި
އިތުރަށް ބޮންޑު ވިއްކަން މަޖިލީހުން ހުއްދަދީފި
އިތުރަށް ބޮންޑް ވިއްކަން މަޖިލީހުގެ ލަފަޔަކަށް އެދެފި
ހަ މަސްތެރޭ 2.9 ބިލިއަން ރުފިޔާގެ ޓީިބިލް ވިއްކައިފި
ދައުލަތުން ޓީބިލް ވިއްކި އަދަދު 3.2 ބިލިއަނަށް
ދައުލަތުގެ ދަރަނިން 1.5 ބިލިއަން ކެނޑޭނެ: އަމީރު
ދެ ހަފްތާގެ ތެރޭ ބޮޑު އަދަދަކުން ޓީބިލް ވިއްކައިފި