04 އޮކްޓޯބަރ 2023
މިދިޔަ 10 މަސް ދުވަހުގެ ތެރޭގައި ދައުލަތުން ޓީ-ބިލާއި ބޮންޑު ވިއްކި ވަރު 8.2 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
މިދިޔަ 10 މަސް ދުވަހުގެ ތެރޭގައި ދައުލަތުން ޓީ-ބިލާއި ބޮންޑު ވިއްކި ވަރު 8.2 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މި އަހަރުގެ މިހާތަނަށް ޓީބިލާއި ބޮންޑާއި ސުކޫކުގެ އަދަދު 75 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މި އަހަރުގެ ޖެނުއަރީ މަހު އެ އަދަދު ހުރީ 66 ބިލިއަން ރުފިޔާގަ އެވެ.
ޓީބިލާއި ބޮންޑުގެ އަދަދު އިތުރުވީ، ރާއްޖޭގެ އެތެރޭގެ މުއާމަލާތްތައް އިތުރުވުމުގެ ސަބަބުންނެވެ. ޑޮމެސްޓިކް އިންސްޓްރޫމަންޓްގެ އަދަދު ވަނީ 66 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މިދިޔަ ޖެނުއަރީ މަހު އެ އަދަދު ހުރީ 57 ބިލިއަން ރުފިޔާގަ އެވެ.
ޓީބިލާއި ބޮންޑު އެންމެ ގިނައިން ވިއްކީ ކޮމާޝަލް ބޭންކްތަކަށެވެ. އެގޮތުން 16 ބިލިއަން ރުފިޔާގެ ޓީބިލާއި ޑޮލަރުން ވިއްކި 3.6 ބިލިއަން ރުފިޔާގެ ޓީބިލާއި 1.3 ބިލިއަން ރުފިޔާގެ އިސްލާމިކް އިންސްޓްރޫމަންޓާއި 950 މިލިއަން ރުފިޔާގެ ޓްރެޝަރީ ބޮންޑް ވަނީ ވިއްކައިފަ އެވެ.
ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ. މީގެ ތެރޭގައި މަޝްހޫރު ޗަމްޕާ ބްރަދާސްގެ ހިއްސާ އޮންނަ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އާއި ޔުނިވާސަލްގެ ހިއްސާ އޮންނަ ކުންފުނިތަކުން ވެސް ސަރުކާރުން ވިއްކާ ޓީބިލަށް އިންވެސްޓް ކުރެ އެވެ.
މި އަހަރަށް ކަނޑައެޅި ބަޖެޓުގައި ޓީބިލުން 12 ބިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައި ވެ އެވެ. ސަބްސިޑިއަރީ ލޯނުން 300 މިލިއަން ރުފިޔާ އާއި އެމްއެމްއޭ އިން ފައިސާ އޯވަޑްރޯ ކޮށްގެން ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމަށް ކަނޑައަޅާފައި ވެ އެވެ.
މި އަހަރު ސަރުކާރުން ވަނީ 4.2 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުމަށް ފަހު ބޮންޑަކަށް ބަދަލުކޮށް، އިތުރަށް ދެ ބިލިއަން ރުފިޔާއާ ހަމައަށް ކުރިއަށް އޮތް މަސްތަކުގައި ފައިސާ ޗާޕު ކުރެވޭނެ ގޮތަށް ބަދަލުކޮށްފަ އެވެ. އެހެންވެ، އަހަރު ނިމޭ އިރު ޗާޕު ކުރާ ފައިސާގެ އަދަދު 6.2 ބިލިއަން ރުފިޔާ އަށް އިތުރު ކުރުމުގެ ފުރުސަތު ސަރުކާރަށް އެބަ އޮތެވެ.
ބަޖެޓު ޑެފިސިޓް ފޫބެއްދުމަށް 14 ބިލިއަން ރުފިޔާ ހޯދުމަށް ކަނޑައަޅާފައި ވެ އެވެ. އޭގެ ތެރެއިން ބޮޑުބައި ޓީބިލުން ހޯދައި އިރު ބޭރުން ލޯނުގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ހޯދަން ވަނީ ކަނޑައަޅައިފަ އެވެ.
ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ސަރުކާރުގެ ބޮންޑެއް ވިއްކަނީ
ސަރުކާރުން އެސްބީއައިއަށް 1.5 ބިލިއަން ދައްކަންޖެހޭ
ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 115 ޕަސެންޓަށް
އިތުރަށް ބޮންޑު ވިއްކަން މަޖިލީހުން ހުއްދަދީފި
ހަ މަސްތެރޭ 2.9 ބިލިއަން ރުފިޔާގެ ޓީިބިލް ވިއްކައިފި
ބަޖެޓް ޑެފިސިޓް 13-16 ބިލިއަނަށް
ދައުލަތުން ޓީބިލް ވިއްކި އަދަދު 3.2 ބިލިއަނަށް
ދައުލަތުގެ ދަރަނިން 1.5 ބިލިއަން ކެނޑޭނެ: އަމީރު
ދެ ހަފްތާގެ ތެރޭ ބޮޑު އަދަދަކުން ޓީބިލް ވިއްކައިފި
އިތުރު 50 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކައިފި