27 ޑިސެމްބަރ 2023
ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް، ފުރަތަމަ ފަހަރަށް ސަރުކާރުގެ ޓްރެޝަރީ ބޮންޑެއް ވިއްކަން ނިންމައިފި އެވެ.
ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް، ފުރަތަމަ ފަހަރަށް ސަރުކާރުގެ ޓްރެޝަރީ ބޮންޑެއް ވިއްކަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ސަރުކާރުގެ މީޑިއަމް ޓާމް ޑެޓް މެނޭންޖްމަންޓު ސްޓްރެޓެޖީގެ ދަށުން 50 މިލިއަން ރުފިޔާގެ ބޮންޑެއް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކުރުމަށް މިދިޔަ ހޯމަ ދުވަހު އިޝޫކޮށްފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން، ސަރުކާރުގެ ސެކިއުރިޓީސް ގަނެ ވިއްކުމުގެ ސެކަންޑަރީ މާކެޓެއް އުފެދި، ސަރުކާރުގެ ބޮންޑުތަކުގައި އިންވެސްޓުކުރާ ފަރާތްތައް އިތުރުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ، މިހާތަނަށް ސަރުކާރުގެ ބޮންޑުތަކުގައި މައިގަނޑު ގޮތެއްގައި އިންވެސްޓު ކުރަނީ މުއައްސަސާތަކުން ކަމަށެވެ.
"އޭގެ މާނައަކީ ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް ދެން އިންޑިވިޖުއަލްސް އަށް ވެސް އިންވެސްޓު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
މި 50 މިލިއަން ރުފިޔާގެ ބޮންޑުގެ އިތުރުން، ފިނޭންސް މިނިސްޓްރީން ވަނީ ޖުމްލަ 2.9 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ވެސް ހުޅުވާލައިފަ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހަތަރު ވައްތަރެއްގެ ޓީބިލް އަންނަނީ ވިއްކަމުންނެވެ. އެއީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ. އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އިންޓަރެސްޓް ރޭޓް ދާނީ ބޮޑުވަމުންނެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުން އާންމުކުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، ދައުލަތުން ވިއްކި ޓީބިލާއި ބޮންޑާއި ސުކޫކުގެ އަދަދު 77 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން ރާއްޖޭގައި ހިންގާފައިވާ މުއާމަލާތުތަކުގެ އަދަދު ހުރީ 68 ބިލިއަން ރުފިޔާގަ އެވެ.
ޓީބިލް ވިއްކުމަށް ހަފުތާއަކު އެއް ފަހަރު ހުޅުވައިލާއިރު، ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ.
10 މަހުން ޓީ-ބިލާއި ބޮންޑަށް 8.2 ބިލިއަން!
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
އިސްލާހީ ފިޔަވަޅުތަކުގެ ހެޔޮ އަސަރު ރޭޓިން އަށް ކުރާނެ
މި އަހަރުގެ ބަޖެޓު ފައިނޭންސިން އަށް ދަތިތަކެއް!
ގޮންޖެހުން ބޮޑު، އެކަމަކު ބަނގުރޫޓުވިޔަ ނުދޭނަން
ކެޕިޓަލް ހަރަދު 1.5 ބިލިއަން ރުފިޔާ ދަށް
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ