27 ޖޫން 2024
ފިޗް ރޭޓިންސް އިން މި އަހަރުގެ ރާއްޖޭގެ ރޭޓިން ދަށްކުރީ ދައުލަތުގެ ބަޖެޓު ފޫބައްދަން ބޭރުން ފައިސާ ހޯދުމުގައި ހުރި ދަތިތަކަށް ރިއާޔަތްކޮށް ކަމަށާއި އެކަމަކު ސަރުކާރުން މިހާރު އަޅަން ފަށާފައިވާ އިގުތިސާދީ އިސްލާހީ ފިޔަވަޅުތަކުން ބޭރުން ފައިސާ ހޯދުމުގެ ބޭނުން ކުޑަކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ރޭ ބުނެފި އެވެ.
ފިޗް ރޭޓިންސް އިން މި އަހަރުގެ ރާއްޖޭގެ ރޭޓިން ދަށްކުރީ ދައުލަތުގެ ބަޖެޓު ފޫބައްދަން ބޭރުން ފައިސާ ހޯދުމުގައި ހުރި ދަތިތަކަށް ރިއާޔަތްކޮށް ކަމަށާއި އެކަމަކު ސަރުކާރުން މިހާރު އަޅަން ފަށާފައިވާ އިގުތިސާދީ އިސްލާހީ ފިޔަވަޅުތަކުން ބޭރުން ފައިސާ ހޯދުމުގެ ބޭނުން ކުޑަކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ރޭ ބުނެފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން މި އަހަރުގެ ރާއްޖޭގެ ރޭޓިން ދަށްކޮށް ރާއްޖެއަށް "ސީސީސީ ޕްލަސް" އެއް ވަނީ ދީފަ އެވެ.
ފިޗު ރޭޓިންސް އިން ބުނީ، މި ސަރުކާރުން މެދުރާސްތާގައި ބޭރުން ނަގާ ދަރަނި ދަށްކުރާނެ ކަމަށް ލަފާކުރާ ކަމަށެވެ. އެކަމަކު އަންނަ އަހަރާއި 2026 ވަނަ އަހަރުގެ ދަރަނި އަދާކުރުމަށް ރާއްޖެ އަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށް އެ ރިޕޯޓުގައި ވެ އެވެ. އަަންނަ އަހަރު ދަރަންޏަށް ނުވަ ބިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު 2026 ވަނަ އަހަރު ދައުލަތުން ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަން ޖެހެ އެވެ.
ފިޗުގެ ރޭޓިންއާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މާލީ ހާލަތަށް ރިއާޔަތްކޮށް، ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބޭރުން ފައިސާ ހޯދުމަށް އޮތް ބޭނުން ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ފިޗުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.
އެ އިސްލާހީ ފިޔަވަޅުތަކާ އެކު، ދައުލަތުގެ ދަރަނި މެނޭޖުކުރުމުގެ ގާބިލުކަން އިތުރުވުމުން، ރޭޓިން މަތިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް ފިޗުން ފާހަގަކޮށްފައިވާ ކަން ސަރުކާރުގެ ބަޔާނުގައި ބުންޏެވެ.
މި ފިޔަވަޅުތަކާ އެކު، އިގުތިސާދު ސިންދަފާތުކޮށް، ބޭރުގެ ލޮޅުންތަކަށް ވިލުންވެރިކަން އިތުރުވުމުން، މެދުރާސްތާގައި އެކަމުގެ ހެޔޮ އަސަރު ރޭޓިން އަށް ކުރާނެ ކަމަށް ފިޗާ ހަވާލާދީ ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ދަރަނި އިންތިހާ އަށް ބޮޑުވެފައިވާ އިރު، 2026 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުންނަ އަދަދު 117 ޕަސެންޓަށް އަރާނެ ކަމަށް ވެސް ފިޗުން ލަފާކޮށްފައި ވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް އިސްލާހީ ފިޔަވަޅުތައް އެޅުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަމާ އެކު، ރާއްޖޭން ދަރަނި ނަގާފައިވާ ފަރާތްތަކަށް ވެސް ފައިސާ އަނބުރާ ދިނުމުގެ ޔަގީންކަން ވެސް ދީފަ އެވެ.
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
މި އަހަރުގެ ބަޖެޓު ފައިނޭންސިން އަށް ދަތިތަކެއް!
ގޮންޖެހުން ބޮޑު، އެކަމަކު ބަނގުރޫޓުވިޔަ ނުދޭނަން
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ
ދައުލަތުގެ ދަރަނި އަންނަ އަހަރު 129 ބިލިއަނަށް
އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް އަރާފާނެ
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ތިން ބިލިއަން އިތުރު