10 ސެޕްޓެމްބަރ 2022
ޓީބިލާއި ބޮންޑު އަދި ސުކޫކުގެ ގޮތުގައި ވިއްކާފައިވާ އަދަދު 61 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ޓީބިލާއި ބޮންޑު އަދި ސުކޫކުގެ ގޮތުގައި ވިއްކާފައިވާ އަދަދު 61 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި، މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ މުއާމަލާތްތަކުގެ އަދަދު 51 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އޭގެތެރޭގައި މިދިޔަ އަހަރު ނިމުނު އިރު ދައުލަތުން ރާއްޖޭގައި ވިއްކި ޓީބިލާއި ސުކޫކުގެ ގޮތުގައި 48 ބިލިއަން ރުފިޔާ ހިމެނެ އެވެ. މިއީ ދައުލަތުން ފަހުން އަނބުރާ ދައްކަން ޖެހޭ ދަރަންޏެވެ. އެހެންވެ މިއީ މިދިޔަ އަހަރަށް ވުރެ ތިން ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ރާއްޖޭގެ އެތެރޭގައި ހިންގާ މުއާމަލާތްތަކުގެ ތެރެއިން އެންމެ ގިނައިން ދައުލަތުން ވިއްކަނީ ޓީބިލެވެ.
މި އަހަރުގެ މިހާތަނަށް 28 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކާފައިވެ އެވެ. މިދިޔަ އަހަރު ނިމުނު އިރު ދައުލަތުން ވިއްކީ 26 ބިލިއަން ރުފިޔާގެ ޓީބިލެވެ. އިސްލާކިމް އިންސްޓްރޫމަންޓްގެ ގޮތުގައި ވިއްކާފައިވާ އަދަދު 1.2 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ރާއްޖޭން ބޭރުގައި ވިއްކި ބޮންޑާއި ސުުކޫކުގެ ގޮތުގައި 9 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ފިނޭންސް މިނިސްޓްރީން ހަތަރު ވައްތަރެއްގެ ޓީބިލު ވިއްކަ އެވެ. އެއީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ. އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވާ މިންވަރަކަށް އިންޓަރެސްޓް ރޭޓް ދާނީ ބޮޑުވަމުންނެވެ.
ދައުލަތުން އެންމެ ގިނައިން ވިއްކާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ވިއްކާފައިވާ އަދަދެކެވެ. އެއް އަހަރު ދުވަހަށް ވިއްކި ޓީބިްގެ އަދަދު 22 ބިލިިއަން ރުފިޔާއަށް އަރަ އެވެ.
ޓީބިލާއި ބޮންޑުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގަނީ ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ. މި އަދަދުތައް އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުވަމުންނެވެ. މިއާ އެކު ދައުތަލުގެ ދަރަނި ވެސް އަންނަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. މި އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 100 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ލަފާ ކުރެ އެވެ.
ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ސަރުކާރުގެ ބޮންޑެއް ވިއްކަނީ
10 މަހުން ޓީ-ބިލާއި ބޮންޑަށް 8.2 ބިލިއަން!
މި އަހަރު 5.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި
މިދިޔަ އަހަރު ޓީބިލް ވިއްކި އަދަދު 4.3 ބިލިއަނަށް
ދައުލަތުގެ ދަރަނިން 1.5 ބިލިއަން ކެނޑޭނެ: އަމީރު
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
މާލީ ދަތިތަކާ ހެދި ޗައިނާގެ ލޯނުގެ ބައެއް ރީފައިނޭންސްކޮށްފި
އެމެރިކާގެ ފާމާއެކު ކުރިއަށް ނުދާން ނިންމައިފި