21 އޮކްޓޯބަރ 2024
ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގައި ލަފާ ދޭން ދިވެހި ސަރުކާރުން ކަނޑައެޅި އެމެރިކާގެ އިންޑިޕެންޑެންޓް އިންވެސްޓްމެންޓް ބޭންކިން ފާމް، ސެންޓަވިއު ޕާޓްނާސްއާ އެކު ކުރިއަށް ނުދާން ނިންމައިފި އެވެ.
ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގައި ލަފާ ދޭން ދިވެހި ސަރުކާރުން ކަނޑައެޅި އެމެރިކާގެ އިންޑިޕެންޑެންޓް އިންވެސްޓްމެންޓް ބޭންކިން ފާމް، ސެންޓަވިއު ޕާޓްނާސްއާ އެކު ކުރިއަށް ނުދާން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން ވާހަކަ ދެއްކެވި އިސްބޭފުޅަކު ވިދާޅުވީ، ދިވެހި ސަރުކާރުން އެގޮތަށް ނިންމީ ރާއްޖޭގެ ދަރަނި މެނޭޖުކުރުން ނުވަތަ ދަރަނި ދެއްކުން ލަސްކުރުމާ ގުޅޭ ކަންކަމުގައި ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭރު ގައުމުތަކަށް ކުރެއްވި އެކިއެކި ދަތުރުފުޅުތަކުގައި ކުރިއެރުންތަކެއް ލިބިފައިވާތީ ކަމަށެވެ.
"އެހެންވެ، ބޭރުގެ ބަޔަކަށް ފައިސާ ދިނުމުގެ ބަދަލުގައި ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ އާއި މީރާ އާއި ފޮރިން މިނިސްޓްރީ ގުޅިގެން ދަރަނި މެނޭޖުކުރުމުގެ ކަންކަން ކުރިއަށް ގެންދަން ފިނޭންސް މިނިސްޓަރު ނިންމެވީ. އެއީ ރައީސާ ވެސް ވާހަކަ ދެއްކެވި އެ މަނިކުފާނުގެ ވެސް ލަފާފުޅުގެ މަތިން ނެންގެވި ޑިސިޝަނެއް،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ ދަރަނި މެނޭޖު ކުރުމަށްޓަކައި އެ ހަތަރު އިދާރާ ގުޅިގެން ރަނގަޅު ނިޒާމެއް ގާއިމް ކުރުމަކީ ވެސް ދިވެހި ސަރުކާރުގެ ސިޔާސަތެއް ކަމަށް ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
"ފިނޭންސް މިނިސްޓަރު މި ޑިސިޝަން ނެންގެވުމުގެ އެންމެ ބޮޑު ބޭނުމަކީ ދައުލަތުގެ ހަރަދު ކުޑަކުރެވޭނެ ގޮތަކަށް ދަރަނި މެނޭޖުކުރުން. މިހާރުގެ ފިނޭންސް މިނިސްޓަރު [މޫސާ ޒަމީރު] ފޮރިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެކި ގައުމުތަކާ ގުޅިގެން އެކަން ކުރެވޭނެ ގޮތްތަކެއް ފަހިކުރައްވަން މަސައްކަތްތަކެއް ކުރެއްވި. އޭގެ އަލީގައި މި ފިޔަވަޅު އެޅުއްވީ ވެސް،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަރަނި މެނޭޖު ކުރުމުގައި މިހާރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ފިނޭންސް މިނިސްޓްރީއާ ގުޅިވަޑައިގެން ގެންދަވަނީ ހާއްސަ މަސައްކަތްތަެއް ކުރައްވަމުންނެވެ.
ދަރަނި މެނޭޖުކުރުމުގެ ލަފާ ހޯދަން ދިވެހި ސަރުކާރުން ކުރިން ނިންމި ސެންޓަވިއު ޕާޓްނާސް އުފެއްދީ 2006 ވަނަ އަހަރު އެވެ. އެ ފާމުން އަންނަނީ ދުނިޔޭގެ އެކި ކުންފުނިތަކާއި ގައުމުތަކަށް މާލީ ކަންކަމުގައި ލަފާ ދެމުންނެވެ. އެ ފާމުގައި 60 ޕާޓްނަރުންނާއި 400 އަށް ވުރެ ގިނަ ތަޖުރިބާކާރުން މަސައްކަތް ކުރެ އެވެ.
ރާއްޖޭގެ ދަރަނި މެނޭޖު ކުރުމަށް ސަރުކާރުން ރިފޯމް އެޖެންޑާއެއް އިއުލާން ކޮށްފައިވާއިރު، ރިފޯމު އަވަސް ކުރަން މާލީ އިދާރާތަކުން ވަނީ ލަފާދީފަ އެވެ.
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
"އަމާޒަކީ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް ގެންދިއުން"
ބައެއް ކުންފުނިތަކާ ހެދި ދައުލަތް ހަފުސްވަނީ!
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
64 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައިި