މަރުކަޒީ ބޭންކް އެމްއެމްއޭގައިވާ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯކުރުމަށް [ފައިސާ އިތުރަށް ޗާޕްކުރުމަށް] ރައްޔިތުންގެ މަޖިލީހުން ސަރުކާރާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން އިއްޔެ ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނުނިމި، ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބޭރުވެފައިވާ ކަަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ކަނޑައަޅައިފި އެވެ.
20 އެޕްރީލް 2021
މަރުކަޒީ ބޭންކް އެމްއެމްއޭގައިވާ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯކުރުމަށް [ފައިސާ އިތުރަށް ޗާޕްކުރުމަށް] ރައްޔިތުންގެ މަޖިލީހުން ސަރުކާރާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން އިއްޔެ ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނުނިމި، ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބޭރުވެފައިވާ ކަަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ކަނޑައަޅައިފި އެވެ.
ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުން ވެސް ހިމެނޭ ގޮތުން، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނުނޫގެ ބައެއް މާއްދާތައް ސަސްޕެންޑްކުރަން މަޖިލީހުން މިދިޔަ އަހަރު ނިންމާފައި އޮތީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހު ހަމަވާނެ އެވެ. ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން އެދި ފިނޭޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ އިއްޔެ އެވެ.
އެ ހުށަހެޅުމާ މެދު މެމްބަރުން އިއްޔެ ކުރެއްވި ބަަހުސްގައި ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ހުށަހެޅުއްވީ ހާއްސަ ކޮމިޓީއެއް ނަގައިގެން އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ގޮތެއް ނިންމުމަށެވެ. އޭނާގެ ހުށަހެޅުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ތާއީދު ކުރެއްވި އެވެ.
ހުއްދައިގެ މުއްދަތު އިތުރުކުރަން ފިނޭންސުން ހުށަހެޅި މައްސަލައާ މެދު އެ ނޫން ހުށަހެޅުމެއް ނެތުމުން މިއަދުގެ ޖަލްސާގައި އެ ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ފާހެެއް ނުވި އެވެ. ޖަލްސާގައި އެ ވަގުތު ތިއްބެވި 60 މެމްބަރުންގެ ތެރެއިން 48 މެމްބަރުން ވޯޓު ދެއްވީ އެ ހުށަހެޅުން ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ވޯޓުގެ ނަތީޖާ އިއުލާނު ކުރެއްވުމަށް ފަހު، ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރުން އެ ގޮތަށް ވޯޓު ދެއްވުމުގެ ނަތީޖާއަކީ މުޅި މައްސަަލައާ މެދު މަޖިލީހުން ވަކި ގޮތެއް ފާސްނުވެ، މައްސަލަ ނިމުން ކަމަށެވެ. މީގެ މާނައަކީ ފިނޭޭންސްގެ ހުށަހެޅުން މަޖިލީހުގެ ތަޅުމުން ބޭރުވުމެވެ.
"މި މަޖިލީހުގެ ނިޒާމު އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ. މި ތަނަށް ހުށަހެޅި ތާއީދު ލިބޭ ކަންކަމަށް ވޯޓަށް އަހަނީ. އިއްޒަތްތެރި މެމްބަރުން ވިސްނަވާން ޖެހޭނެ ކަންކަމުގައި އަމަލުކުރައްވާ އިރުގައި އެ ކަމަކުން ދެން ވެދާނެ ގޮތް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު. އޭނާ ވިދާޅުވީ މައްސަލަ ދާން ޖެހޭނީ ކަމާ ބެހޭ ދާއިމީ ކޮމިޓީއަށް ކަމަށް
ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން މި ގޮތަށް ދެކެވަޑައިގެންނެވި ނަމަވެސް މަޖިލީހުގެ އެހެން ބައެއް މެމްބަރުންގެ ވިސްނުމުގައި ފިނޭންސް މިނިސްޓްރީގެ ހުށަހެޅުމުގެ ކަންތައް ނިމުނީ މަޖިލީހުގެ ނިޒާމާއި ކުރިއްސުރެ އޮންނަަ ސަގާފަތާ އެއްގޮތަށް ނޫނެވެ.
"ދައުލަތުން ހަރަދު ކުރުމާއި އާމްދަނީ ހޯދުން ފަަދަ މާލީ ކަންތައްތަކާ ބެހޭ އެ ކަހަލަ މައްސަލަތައް އަސްލުގައި މަޖިލީހަށް ބަލައިގަތުމަށް ފަހު ފޮނުވާނީ މާލިއްޔަތު ކޮމިޓީ އަށް. އެކަމަށް ވަކިން ހާއްސަ ވަގުތީީ ކޮމިޓީއެއް އުފެއްދުމާއި ނުއުފެެއްދުމަކީ އެހެން ނިންމުުމެއް. އެގޮތަށް ވަގުތީ ކޮމިޓީއެއް ނުއުފެއްދުނަސް މާލިއްޔަތު ކޮމިޓީ އަށް އެ މައްސަލަ ދާން އެ އޮންނަ ދާއިމީ ކޮމިޓީ އަށް އެ މައްސަލަ ދިއުމަކަށް ހުރަހެއް ނޯންނާނެ،" މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވި އެވެ.
ވޯޓުގެ ނަތީޖާ އިއުލާނު ކުރެއްވުމަށް ފަހު، ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރުން އެ ގޮތަށް ވޯޓު ދެއްވުމުގެ ނަތީޖާއަކީ މުޅި މައްސަަލައާ މެދު މަޖިލީހުން ވަކި ގޮތެއް ފާސްނުވެ، މައްސަލަ ނިމުން ކަމަށެވެ. މީގެ މާނައަކީ ފިނޭޭންސްގެ ހުށަހެޅުން މަޖިލީހުގެ ތަޅުމުން ބޭރުވުމެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 125 ވަނަ މާއްދާ އޮތީ ވެސް އޭނާ އެ ވިދާޅުވިހެން މާނަކުރެވޭ ގޮތަށެވެ. އެ މާއްދާގައި އޮތީ ވަގުތީ ކޮމިޓީތަކަކީ މަޖިލީހަށް ހުށަހެޅޭ ކަންތައްތަކުގެ ތެރެއިން ދާއިމީ ކޮމިޓީއަކުން ބެލުމުގެ ބަދަލުގައި، ވަގުތީ ކޮމިޓީއެއް އުފައްދަން މަޖިލީހަށް ފެންނަ ހާލަތުގައި އުފައްދާ ކޮމިޓީތަކެއް ކަަމަށެވެ.
އެކަމަކު ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ، ފިނޭންސް މިނިސްޓްރީގެ ސިޓީއަކީ މަޖިލީހުގެ ދާއިމީ ކޮމިޓީއަކަށް އޮޓަމެޓިކުން ދާން ޖެހޭ ކެޓަގަރީއަށްް ފެތޭ ކަމެއް ނޫން ކަމަށެވެ. އެއީ ހަމަ އެކަނި ސިޓީއެކެވެ. އޭނާ ވިދާޅުވީ އެހެންވުމުން އެއީ މަޖިލީހުގެ ގަވައިދުގައި ވަކި ގޮތެއް ކަނޑައެޅިފައި ނުވާ މައްސަލައެއް ކަމަށެވެ.
"އެހެންވީމާ އެކަމުގައި ގޮތެއް ނިންމަން ޖެހޭނީ ތަޅުމުގައި ބަހުސްކޮށްގެން، ހުށަހެޅުންތައް ހުށަހަޅައިގެން. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ. ފިނޭންސުގެ ހުށަހެޅުމާ މެދު މިދިޔަ އަހަރު ވެސް އަމަލުކޮށްފައި އޮތީ އެ ގޮތަށް،" އުޝާމް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ސިޓީއާ މެދު އިއްޔެ އާއި މިއަދު ކުރި ބަހުސްގައި މެމްބަރުން ހުށަހެޅުއްވީ އެންމެ ދެ ހުށަހެޅުމެވެ. އެއީ ހާއްސަ ކޮމިޓީއެއް އުފައްދައިގެން މައްސަލަ ދިރާސާކުުރުމަށް އަފީފު ހުށަހެޅުއްވި ހުށަހެޅުމާއި ފިނޭންސުން އެދުނު ގޮތަށް ފާސްކުރަން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފު ހުށަހެޅުއްވި ހުށަަހެޅުމެވެ. ޝަރީފުގެ ހުށަހެޅުމަކަށް އެއްވެސް މެމްބަރަކު ތާއީދެއް ނުކުރައްވަ އެވެ. އެ ހުށަހެޅުމަށް ވޯޓަށް ނޭހީ އެހެންވެ އެވެ.
"އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި ފިނޭންސްގެ ސިޓީގެ ކަންތައް އެ އޮތީ މަޖިލީހުން ވަކި ގޮތަކަށް ނިންމާފައި. މަޖލީހުގެ ގަވައިދުގައި ވެސް ނެތް މިކަމުގައި ހަދަން ޖެހޭ ގޮތެއް ބުނެފައެއް،" އުޝާމް ވިދާޅުވި އެވެ.
މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު ވެސް ވިދާޅުވީ އެ މައްސަލައިގައި ރިޔާސަތުން ނިންމާފައި ވަނީ ރަނގަޅަށް ކަމަށެވެ. އޭނާ ވިދާޅުވީ އެއްވެސް ކަމަކަށް ބެލުމެއް ނެތި ސަރުކާރު ދިފާއު ކުރއްވަން އުޅުއްވާ މެމްބަރުންނަށް މި ފަހަރު އެ އޮތީ ގޯސް ހެއްދެވިފައި ކަމަށާއި އެ އީ "ވިދާޅުވީމާ ބަޓަނަށް ފިއްތަވާތީ" ވާ ގޮތް ކަމަށެވެ.
އިބްރާހިމް ރަޝީދު އެހެން ވިދާޅުވިއިރު އަފީފުގެ ހުށަހެޅުން ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުންނެވެ.
ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރަަން ދީފައިވާ ހުއްދައިގެ މުއްދަތު އިިތުރުކޮށްދޭން އެދި ފިނޭންސުން މަޖިލީހަށް ސިޓީއެއް ފޮނުވީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ދިނުން ފަދަ، ދުވަހުން ދުވަހަށް ބޭނުންވާ ފައިސާ ހޯދަން ކަމަށާއި އެ ހުއްދަ ނުލިބިއްޖެ ނަމަ ސަރުކާރު ޝަޓްޑައުން ވެދާނެ ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި އެމްޑީޕީ މެމްބަރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހާ ސީރިއަސް މައްސަލައެއްގައި، އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބައްދަލުވުމެއް ވެސް ބާއްވާފައި ނުވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
އެމްއެމްއޭއިން ފައިސާ ނަގަން ސަރުކާރަށް ހުއްދަދީފި
3.8 ބިލިއަން ރުފިޔާ އިތުރަށް ޗާޕްކުރި
ފައިސާ ޗާޕްކުރުމުގެ މައްސަލަ އަލުން ކޮމިޓީއަކަށް
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
އަންނަ އަހަރުގެ ބަޖެޓް ކުދި ބަދަލުތަކާ އެކު ފާސްކޮށްފި
ބަޖެޓަކީ ޅޮސް ލަކުޑި ކަމަށް ނަޝީދު ސިފަކުރައްވައިފި
ދަރަންޏާ ބެހޭ ރިޕޯޓާ ހެދި މަޖިލީހުގައި ޒުވާބެއް!
ޕޭމަންޓް ހިދުމަތާ ބެހޭ ބިލް "އޮޅުމެއް ނުފިލި"
އަޅުގަނޑަކީ ސަރުކާރުގެ ބައިވެރިއެއް ނޫން: ނަޝީދު
ކޮރަޕްޝަން ނުހިންގާ ކަމުގެ ޔަގީންކަން ދެން: ފައްޔާޒު