21 އެޕްރީލް 2021
ކޮވިޑާ ގުޅިގެން އެއް އަހަރުގެ ތެރޭގައި 3.8 ބިލިއަން ރުފިޔާ އޯވާޑްރޯ ނުވަތަ އިތުރަށް ޗާޕްކޮށްފައިވާ ކަމަށާއި އަންނަ އަހަރު އެ ގޮތަށް ފައިސާ އޯވާޑްރޯ ކުރަން ނުވިސްނަވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑާ ގުޅިގެން އެއް އަހަރުގެ ތެރޭގައި 3.8 ބިލިއަން ރުފިޔާ އޯވާޑްރޯ ނުވަތަ އިތުރަށް ޗާޕްކޮށްފައިވާ ކަމަށާއި އަންނަ އަހަރު އެ ގޮތަށް ފައިސާ އޯވާޑްރޯ ކުރަން ނުވިސްނަވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ދީފައިވާ މުއްދަތު އިތުރު އެއް އަހަރަށް އެކްސްޓެންޑް ކުރުމަށް ފިނޭންސް މިނިސްޓްރީން އެދުމާ ގުޅިގެން މަޖިލީހުގެ ހާއްސަ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އޯވާޑްރޯ އެއް އަހަރަށް އިތުރު ކުރި ނަމަވެސް 4.4 ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ފައިސާ ނުނެގޭނެ ކަމަށެވެ. މި ވަގުތު 3.8 ބިލިއަން ރުފިޔާ އޯވާޑްރޯ ކުރި ނަމަވެސް ކޮންމެ ދުވަހަކު ވެސް ޕަބްލިކް އެކައުންޓަށް ފައިސާ ވަންނަ ވަރަކުން އެ އަދަދު އަންނާނީ ސެޓްލްވެ ބަދަލުވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އޯވާޑްރޯ ކުރާ ވަރު ކޮންމެ ދުވަަހަކު ވެސް [ކޮންމެވެސް ވަރަކަށް] ސެޓްލްވާނެ. މިއަދަށް ސެޓްލް ނުވެ މިހާރު އެބަހުރި ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާ އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، މި ވަގުތު ހާލަތުއޮތް ގޮތުން ޕަބްލިކް އެކައުންޓުން އޯވަޑްރޯ ނުކޮށް ދައުލަތުގެ ހަރަދުތައް މެނޭޖްކުރެވެން ނެތް ކަމަށެވެ.
"ޕްރިފަރަބަލް އޮޕްޝަނަކީ ޖަމާވަމުން ދާ ވަރަކުން ސެންޓުލްވެގެން މިކަންކަން ނިންމާލުން،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް ވިދާޅުވީ އޯވާޑްރޯ ކުރާ ވަރު އެއްފަހަރާ ސެޓުލް ކުރެވެން ނެތީ އެކަން އެގޮތަށް ކޮށްފި ނަމަ ސަރުކާރުގެ އެހެން ހަރަދުތައް މެނޭޖްކުރަން ދަތިވާނެތީ ކަމަށެވެ.
"އެއީ އަޅުގަނޑުމެންނަށް މި ވަގުތު ނެގެން އޮތް އޮޕްޝަނެއް ގޮތަކަށް އަޅުގަނޑު ނުދެކެން. ސަބަބަކީ ޕްރައިވެޓް ވެންޑާސް ނުވަތަ ދައުލަތަށް ހިދުމަތް ދޭ ފަރާތްތައް ދައްކަން ޖެހޭ ބިލްތައް ގަވައިދުން ދެއްކިފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
އަންނަ ހަފްތާގެ ތެރޭގައި ޖީއެސްޓީ ފައިސާ އަނެއްކާ ވެސް ދައުލަތަށް ލިބުމުން މިހާރު އިން 3.8 ބިލިއަން ރުފިޔާގެ ބެލެންސް ވަރަށް ބޮޑަށް ތިރިވާނެ ކަމަށް ސަރުވަޝް ވިދާޅުވި އެވެ. އެހެން ނަމަވެސް އަންނަ ހަފްތާގައި ޖީއެސްޓީ ފައިސާ ލިބެންދެން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ އަދަދު ނުދައްކާ ހުރުމުން އެ ފަރާތްތަކަށް އިތުރު އުނދަގޫތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހާލަތުގައި އޯވާޑްރޯ ކުރެވެން އޮތުމުން ހަރަދު މެނޭޖްކުރަން ވަރަށް ބޮޑަށް ފަސޭވާނެ އެވެ. އޭނާ ވިދާޅުވީ، އެއްވެސް ހާލެއްގައި ދާއިމީ ގޮތެއްގައި އޯވާ ޑްރޯ ކުރަން ނުވިސްނަވާ ކަމަށެވެ.
އަމީރު ވިދާޅުވީ އިގްތިސާދަށް ހެޔޮ ބަދަލުތައް ފެންނަމުން އަންނަ ކަމަށެވެ. އަދި އުންމީދަކީ މި އަހަރު ނިމޭ އިރު އޯވަޑްރޯ ސުމެއްގައި ހުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ މާނައަކީ އޯވަޑްރޯ ކުރި ވަރު އަނބުރާ ދައްކާ ސެޓްލް ކުރެވިފައި ހުރުމެވެ.
އޯވާޑްރޯ ފެސިލިޓީ ފަހުން ބޮންޑަކަށް ބަދަލުވެދާނެތޯ މެންބަރަކު އެއްސެވުމުން މިނިސްޓަރު ވިދާޅުވީ، ނޯމަލް ހާލަތަށް ދާ އިރު އޯވާޑްރޯ އަށް ފައިސާ ނުދެއްކި ސެކިއުރިޓައިޒް ނުވަތަ ބޮންޑަކަށް ބަދަލު ކުރަން ޕަބްލިކް އެކައުންޓުގައި ފައިސާ ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ސަބަބަކީ ކޮންމެ ދުވަހަކު ވެސް ދައުލަތަށް ވަންނަ ފައިސާ އިން ޕަބްލިކް އެކައުންޓް ސެޓުލްވުމެވެ.
މިނިސްޓަރު ވިދާޅުވީ، އުންމީދު ކުރައްވަނީ އާމްދަނީ ލިބޭ ވަރަކުން ފައިސާ ދެއްކުން ކަމަށެވެ.
ސަރުވަޝް ވިދާޅުވީ، މި އަހަރު އޯވާޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކުރަން ބޭނުންވަނީ ކޮވިޑްގެ ހާލަތުން މުޅިން އަރައި ނުގަނެވޭތީ ކަމަށެވެ.
"އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އިގްތިސާދު އިޔާދަވާނެއޭ އަންނަ އަހަރުގެ ކޮންމެވެސް ހިސާބެއްގައި. އޭރަށް ވާއިރަށް އެބަ ޖާގަ ލިބޭ ބަދަލުކުރަން ކަންކަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރުގެ އޭޕްރީލަށް ޕަބްލިކް އެކައުންޓް ބެލެންސް "ޒީރޯ" ކުރުމަކީ އަމާޒް ކަމަށެވެ.
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
އެމްއެމްއޭއިން ފައިސާ ނަގަން ސަރުކާރަށް ހުއްދަދީފި
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ޓެކްސް ބޮޑުކުރުން: ޓެކްސް ފައިސާ އިން މިކުރަނީ ކީއް؟
މިދިޔަ ތިން އަހަރު ސަބްސިޑީއަށް 4.1 ބިލިއަން ރުފިޔާ
ދަރަނި އަދާކުރަން އެއްވެސް ދަތިކަމެއް ނެތް: އަމީރު
"ޑޮލަރާގުޅޭ ފިޔަވަޅުތައް ލަސްވަނީ ލޮކްޑައުންތަކާ ހެދި"
ފައިސާ ޗާޕުކުރުމުގެ ހުއްދަ އެއް އަހަރަށް އިތުރުކޮށްފި
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް