16 ނޮވެމްބަރ 2021
މަރުކަޒީ ބޭންކުން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކުރަން ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
މަރުކަޒީ ބޭންކުން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކުރަން ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޕަބްލިކް އެކައުންޓް އޯވަޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިގްތިސާދަށާއި ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށެވެ.
ކޮވިޑް ކޮންޓްރޯލްވެ، ބޯޑަރު ހުޅުވުމުން ޓޫރިޒަމްގެ ސިނާއަތު ކުރިއަރަން ފަށައި އިގްތިސާދީ ދުވެލި ރަނގަޅުވަމުން ދިޔަ ނަމަވެސް ބަލިމަޑުކަމުން ފުރިހަމަ އަށް އަަރައިގަނެވިފައި ނުވާތީ އާއި އިގްތިސާދީ ރިސްކުތައް އަދިވެސް މަތިކޮށް ހުރުމަކީ ވެސް އަމީރު ވިދާާޅުވި ގޮތުގައި ފަައިސާ ޗާޕްކުރުމުގެ ހުއްދައަށް ސަރުކާރުން އެދުނު ސަބަބެކެވެ.
ޕަބްލިކް އެކައުންޓުން ކުރިން އޯވަޑްރޯ ކުރި ފައިސާ ކުރު މުއްދަތެއްގައި އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށާއި ބަޖެޓް ތަންފީޒު ކުރަން ދަތިވާނެ ކަމެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...ފައިނޭންސިން ހޯދުމަށް ހުރަސްތަކެއް ހުރުމާ އެކު 2022 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ވެސް ޕަބްްލިކް ބޭންކް އެކައުންޓް އޯވަޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިގްތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ވެސް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެކެވެ،" ސިޓީގައި އަމީރު ވިދާޅުވި އެވެ.
ދައުލަތުގެ މި އަހަރާއި އަންނަ އަހަރުގެ ބަޖެޓް ފޮތް: އަނެއްކާވެސް ފައިސާ ޗާޕްކުރުން ވަނީ ދަމަހައްޓަން ޖެހިފައި.---ފޮޓޯ: މިހާރު
ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ 18 މަސް ދުވަހު ދައުލަތުގެ ހަރަދުތައް ހަމަޖައްސައި، ހިދުމަތްތަކަށް ބުރޫ އެރިޔަ ނުދީ ހިންގުމުގެ ފުރުސަތު ލިބުނެވެ. އިގްތިސާދީ ގޮތުން ފުން ވަަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު ވިޔަފާރިތަކަށާއި ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްްދިނުމާއި ކޮވިޑާ ހެދި ސިއްހީ ހިދުމަތަށް ކުރަން ޖެހުނު ހޭދަތައް ކުރުމުގެ ފުރުސަތު ލިބުނީ ފައިސާ ޗާޕްކުރުމުގެ މުއްދަތު އޭރު ވެސް އިތުރު ކޮށްފައި އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށްޓަކައި ދައުލަތުގެ ހަރަދަށް ޒިިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާވުމަށް މަޖިލީހުން ސަރުކާރަށް ފުރަތަމަ ހުއްދަ ދިނީ މިދިޔަ އަހަރުގެ އޭޕްރީލްގަ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ޓޫރިޒަމް ހުއްޓުމަކަށް އައުމުން އޭރު ދިން އެ ހުއްދަ މި އަހަރުގެ އޭޕްރީލް މަހު އަލުން އިތުރުކުރި އެވެ.
އިންޓަރެސްޓަކާ ނުލައި 4.4 ބިލިއަން ރުފިޔާ، އޯޑީ ފެސިލިޓީއެއްގެ ގޮތުގައި ނަގަން މިދިޔަ އަހަރު ހުއްދަ ދިން ފަހުން، އެ ހުއްދައިގެ މުއްދަތު އިތުރުކޮށް، އެމްއެމްއޭ އިން ބުނީ އެކަން ކުރި ނަމަވެސް އޯޑީގެ ގޮތުގައި ނަގާ ފައިސާގެ އަދަދު ބޮޑު ނުކުރަން އެދޭ ކަމަށެވެ.
"...ފައިނޭންސިން ހޯދުމަށް ހުރަސްތަކެއް ހުރުމާ އެކު 2022 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ވެސް ޕަބްްލިކް ބޭންކް އެކައުންޓް އޯވަޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިގްތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ވެސް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެކެވެ،"--- އަމީރު
ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ފިނޭންސް މިނިސްޓްރީން އެެދުނު މައްސަލަ ބަލަން މަޖިލީހުން އޭރު އެކުލަވައިލި ވަގުތީ ކޮމިޓީގައި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ހުމަދު އިމާދު ވިދާޅުވީ، އޯޑީ ފެސިލިޓީގެ އަދަދު ބޮޑު ކުރުމަކީ އެ އިދާރާ އިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ އަދަދު ބޮޑުކޮށްފި ނަމަ އިގްތިސާދީ ގޮތުން ފޫނުބެއްދޭނެ ވަރުގެ ގެއްލުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސާ ޗާޕްކުރުމުގެ ހުއްދަ އަށް ސަރުކާރުން އެދުމުން ރައްޔިތުންގެ މަޖިލީހުގެ އިދިިކޮޅު މެމްބަރުން ސަރުކާރަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އެމްއެމްއޭއިން ފައިސާ ނަގަން ސަރުކާރަށް ހުއްދަދީފި
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް
ފައިސާ ޗާޕުކުރުމުގެ ހުއްދަ އެއް އަހަރަށް އިތުރުކޮށްފި
3.8 ބިލިއަން ރުފިޔާ އިތުރަށް ޗާޕްކުރި
ބޮޑެތި މަޝްރޫއުތަކަށް ފައިސާ ހުރީ ހަމަޖެހިފައި: އަމީރު
ލޯނާއި އެހީގެ ގޮތުގައި 520 މިލިއަން ޑޮލަރު ލިބޭނެ
ސޮވެރިން ޑިފޯލްޓަކަށް ނުދާނެކަން ކަށަވަރު: އަމީރު
އެމްއެމްއޭ އިން ހަތަރު މަހުން 4 ބިލިއަން ރުފިޔާ ދީފި
2022ގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅާކަށް ނުފެނޭ