11 އޯގަސްޓް 2020
ސޮވެރިން ޑިފޯލްޓަކަށް ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެންމެ ވިދާޅުވެއްޖެ އެވެ.
ސޮވެރިން ޑިފޯލްޓަކަށް ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެންމެ ވިދާޅުވެއްޖެ އެވެ.
މުޅި މަޖިލިސް އެއްކޮށްލައިގެން މަޖިލީހުގައި މިއަދު ހިނގަމުންދާ ކޮމެޓީ ބަހުސްގެ މައިގަނޑު ސުވާލަކީ ސަން ސިޔާމް މޯލްޑިވްސް އަށް ސަރުކާރުން ދީފައިވާ ލޯނު ޑިފޯލްޓްވުމާ ގުޅޭ ގޮތުން މެމްބަރުން ކުރައްވާ ސުވާލުތަކެވެ. މިއަދު މަޖިލީހުގެ ކޮމެޓީ އަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި މިހާރުގެ މިނިސްޓަރު އަމީރާއި ކުރީގެ މިނިސްޓަރު އަދި ނައިބު ރައީސް އަބްދުﷲ ޖިހާދާއި އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު އެއްކޮށް ވަނީ ހާޒިރުކޮށްފަ އެވެ. ގަވަރުނަރު އަލީ ހާޝިމް މި ކޮމެޓީގައި ބައިވެރިވެ ވަޑައިގަތީ ވީޑިއޯ މެދުވެރިކޮށެވެ.
އަމީރު ވިދާޅުވީ، ސަން ސިޔާމްގެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދިނުމުގައި މޯގޭޖް އެގްރީމެންޓްތައް ވެސް އޮންނަ އުސޫލުގެ ތެރެއިން ހަދާފައިވާ ކަމަށެވެ.
ސިޔާމްގެ ކުންފުނި، އަހުމަދު ސިޔާމް ހޯލްޑިން (އޭއެސްއެޗް) އިން 2017 ވަނަ އަހަރު ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ވަނީ ގެރެންޓީ ދީފަ އެވެ. އެއީ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ނ. ދިގުރަށުގައި އިރުފެން ރިސޯޓު ތަރައްގީ ކުރުމަށެވެ. މި ލޯނުގެ ދަށުން ޗައިނީސް އެގްޒިމް ބޭންކަށް ލޯނު ދެއްކުމުގައި މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެ ކުންފުނިން ދިޔައިީ ބަރާބަރަށް ފައިސާ ދައްކަމުންނެވެ.
އަމީރު ވިދާޅުވީ، މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ދައްކަން އޮތް އިންޓްރެސްޓާއި ޕްރިންސިޕަލް ޕޭމެންޓް ނުދެއްކުނީ ކޮވިޑާ ގުޅިގެން ކުރިމަތިވި ހާލަތުގެ ސަބަބުން ކަމަށް އެ ކުންފުނިން އެންގި ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު ޗައިނާ އެގްޒިމް ބޭންކުން އެ ފައިސާ ދެއްކުމަށް ދައުލަތަށް ވަނީ އަންގައިފަ އެވެ.
"އެ ދުވަހު ހަވީރު އަޅުގަނޑުމެން އެ ކުންފުންޏަށް [އޭއެސްއެޗް] އަށް އެންގިން ބިޒްނަސް ފައިވް ޑޭޒްގައި އެ ފައިސާ ދައްކަން. އަޅުގަނޑުމެންނަށް ނޯޓިސް އައުމުން ކޮންޓިންޖެންޓް ލައިބިލިބިޓީ އަކުން ޑައިރެކްޓް ލައިބިލިޓީއަކަށް ބަދަލުވެފައި މިއޮތީ. އަޅުގަނޑުމެން އެންގިން މި ފަސް ދުވަހުގެ ތެރޭގައި އެސްކްރޯ އެކައުންޓުގައި މިވެނި ވަރަކަށް ފައިސާ ހުންނަންވާނެއޭ. އެހެން ނޫނިއްޔާ އެގްރީމެންޓްގައިވާ ގޮތުގެ މަތިން މޯގޭޖް ރައިޓްސް އެކްސަޒައިޒް ކުރާނެ ވާހަކަ،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް އޭއެސްއެޗް އިން އެ ފައިސާ ފަސް ދުވަހުގެ ތެރޭގައި އެސްކްރޯ އެކައުންޓަށް ދައްކާފައިވެ އެވެ.
އަމީރު ވިދާޅުވީ ސޮވެރިން ގެރެންޓީ ދީފައިވާ ޕްރޮޖެކްޓްތަކުގެ ސައިޓަށް ދާން ޕްލޭން ކުރި ނަމަވެސް ކޮވިޑާ ގުޅިގެން އެކަން ކުރެވިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، ސޮވެރިން ގެރެންޓީ ދީފައިވާ ކުންފުނިތަކުން ކޮންމެ ކުއާޓާއަކުން ފިނޭންސް މިނިސްޓްރީ އަށް މާލީ ރިޕޯޓް ހުށަހަޅަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ކޮންމެ ކުއާޓާއަކުން މޮނީޓާ އެބަކުރަން. މިހާތަނަށް ސައިޓް ވިޒިޓެއް ނުކުރަން. އެކަމަކު އޮޑިޓްކޮށްފައި ވާނީ. ސައިޓް ވިޒިޓް ކުރުން ޕާޓިކިއުލާ ޕާޓީއަށް [އޭއެސްއެޗް] އަށް މެންޑޭޓެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސޮވެރިން ގެރެންޓީ ދިން އަމިއްލަ ހަމައެކަނި ދިވެހި ކުންފުންޏަކީ ވެސް ސިޔާމްގެ ކުންފުންޏެވެ. މިކަމާ ގުޅިގެން މަޖިލީހުން ވަނީ ވަރަށް ފުޅާ ދައިރާއެއްގައި އިއްޔެ ބަހުސްކޮށްފަ އެވެ.
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
ލޯނާއި އެހީގެ ގޮތުގައި 520 މިލިއަން ޑޮލަރު ލިބޭނެ
2022ގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅާކަށް ނުފެނޭ
އެމްއެމްއޭއިން ފައިސާ ނަގަން ސަރުކާރަށް ހުއްދަދީފި
އިގުތިސާދު ދަށްވިޔަސް މަޝްރޫއުތައް ކުރިއަށްދާނެ: އަމީރު
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ޓެކްސް ބޮޑުކުރުން: ޓެކްސް ފައިސާ އިން މިކުރަނީ ކީއް؟
މިދިޔަ ތިން އަހަރު ސަބްސިޑީއަށް 4.1 ބިލިއަން ރުފިޔާ
ދަރަނި އަދާކުރަން އެއްވެސް ދަތިކަމެއް ނެތް: އަމީރު
"އާމްދަނީ އިތުރުވިޔަސް ހަރަދުތަކަށް ވަނީ ވާންވެފައި"