16 ޖޫން 2020
ކޮވިޑް-19 އާ ހެދި އިގުތިސާދަށް އައި ހީނަރުކަމުން އަރައި ނުގަނެވެނީސް މިނިމަމް ވޭޖް ކަނއަޅަން ފެނިވަޑައިނުގަންނަވާ ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ހެދި އިގުތިސާދަށް އައި ހީނަރުކަމުން އަރައި ނުގަނެވެނީސް މިނިމަމް ވޭޖް ކަނއަޅަން ފެނިވަޑައިނުގަންނަވާ ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި އަމީރު މިއަދު ވިދާޅުވީ މި އަހަރުގެ ޖެނުއަރީއާ ހިސާބަށް ރާއްޖޭގެ އިގުތިސާދު އޮތް ހާލަތަށް އަލުން އިއާދަ ނުވަނީސް މިނިމަމް ވޭޖް ކަނޑައެޅުން ރަނގަޅު ނޫން ކަމަށާއި އެ ހާލަތަށް އިއާދަ ވެވޭނެ ކަމަށް ބެލެވެނީ 2022 ގައި ކަމަށެވެ. އޭނާ ވިދާޅުވީ އެއީ މިނިމަމް ވޭޖް ކަނޑައަޅާ ހިސާބުން ދައުލަތުން މުސާރައަށް ކުރަން ޖެހޭ ހަރަދު ވެސް ބޮޑުވެގެންދާނެތީ ކަމަށެވެ.
"މިނިމަމް ވޭޖް ކަނޑައެޅުމަށް އަޅުގަނޑު ވެސް ތާއީދުކުރަން އެކަމަކު މިނިމަމް ވޭޖް ކަނޑައެޅުމަށް އަޅުގަނޑުމެން އެބަ ޖެހޭ ޖެނުއަރީ 2020 ގައި އަޅުގަނޑުމެން އަތުގައި އޮތް އިގުތިސާދު ހޯދަން ފުރަތަމަ މަސައްކަތްތަކެއް ކުރަން. ޖެނުއަރީ 2020 ގައި އޮތް އިގުތިސާދު އަޅުގަނޑުމެންނަށް ހޯދޭނީ އަޅުގަނޑު ލަފާކުރާ ގޮތުގައި 2022 ވަނަ އަހަރާ ހިސާބުގައި،" އަމީރު ވިދާޅުވި އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމުން ދައުލަތުން ކުރަން ޖެހޭ ހަރަދަށް ކިހާ ވަރެއްގެ ބަދަލެއް އަންނާނެތޯ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ހަމައެކަނި ސަރުކާރުން މުސާރަ ދޭ މުވައްޒަފުންނަށް ކުރަން ޖެހޭ ހަރަދު މިހާރަށް ވުރެ 3.7 ބިލިޔަން ރުފިޔާ އިތުރުވާނެ ކަމަށެެވެ. އޭގެ އިތުރުން ދައުލަތުގެ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާއާ އެކު އެ އަދަދު އަދި އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަަމަކު އަމީރު ވިދާޅުވި ގޮތުގައި ދައުލަތުގެ ކުންފުނިތަކުގެ ތެރޭގަައި ފައިސާ ޕަމްޕް ކުރަން ނުޖެހޭ ކުންފުނިތަކެއް ވެސް ހުރުމުން ޖުމްލަ އަދަދު އަދި ސާފެއް ނުވެ އެވެ.
"އެކަމަކު ރާއްޖޭގައި މިހާރު އޮތް ހާލަތުގައި އަޅުގަނޑުމެން ހަމަ ގިނަ ކުންފުނިތަކަށް ކޭޝްފްލޯ މެނޭޖްކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ،" އަމީރު ވިދާޅުވި އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަށް އަޅުގަނޑުވެސް ތާއީދުކުރަން އެކަމަކު މިނިމަމް ވޭޖް ކަނޑައެޅުމަށް އަޅުގަނޑުމެން އެބަ ޖެހޭ ޖެނުއަރީ 2020 ގައި އަޅުގަނޑުމެން އަތުގައި އޮތް އިގުތިސާދު ހޯދަން ފުރަތަމަ މަސައްކަތްތަކެއް ކުރަން. ޖެނުއަރީ 2020 ގައި އޮތް އިގުތިސާދު އަޅުގަނޑުމެންނަށް ހޯދޭނީ އަޅުގަނޑު ލަފާކުރާ ގޮތުގައި 2022 ވަނަ އަހަރާ ހިސާބުގައި- އަމީރު
އޭގެ މިސާލެއްގެ ގޮތުގައި އަމީރު ދެއްކެވީ އެމްއޭސީއެލްްއެވެ. އާއްމު ހާލަތުގައި އެއީ ރާއްޖޭގެ އެންމެ ފައިދާ ބޮޑު ކުންފުނިކަމަށް ވިޔަސް މިހާރު އެ ކުންފުންޏަށް ވެސް ކޭޝްފްލޯ މެނޭޖްކުރަން ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވީމާ މި ހާލަތުގައި މިނިމަމްވޭޖް ކަނޑައަޅައިފިއްޔާ ދައުލަތުގެ ކުންފުނިތަކަށްް ވެސް އިތުރު ފައިސާ ހަރަދުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި މިނިމަމް ވޭޖްގެ ގޮތުގައި ހުށަހަޅާފައިވާ އަދަދުތަކުން އެންމެ ކުޑަ މުސާރަ ދޭން ޖެހިއްޖެ ނަމަ ކުދި ވިޔަފާރިތަކަށް ދަތިވާނެ ކަމަށެވެ. މިނިމަމް ވޭޖް ބޯޑުން މިހާރު ކަނޑައަޅާފައިވާ ގޮތަށް އަސާސީ މުސާރަތައް ބަދަލުކުރުމާ މެދުގައި ވެސް އޭނާގެ ޚިޔާލު ތަފާތެވެ. ވިދާޅުވީ މިނިމަމް ވޭޖަކީ މުވައްޒަފުު ގެއަށް ގެންދަން ލިބޭ އާމްދަނީ ކަމަށާއި އެލަވަންސްތައް ލައިގެން އެ އަދަދުތައް ހަމަކުރާ ގޮތަށް އޮތުން ރަނގަޅު ކަމަށެވެ.
މުވައްޒަފުން މަސައްކަތް ކުރަން ޖެހެނީ ވަރަށް ނުރައްކާތެރި ހާލަތެއްގައި. ފުރާނަ އަތްމައްޗަށް ލައިގެން ވޭޓަރުން މަސައްކަތް ކުރަނީ. މިހާ ނުރައްކަލުގެ ތެރޭގައި މަސައްކަތް ކުރަން ޖެހޭ އިރު ބައެއް ރިސޯޓްތަކުން މިދެނީ 1000 ރުފިޔާ.އެއީ އަނިޔާއެއް. އެހެންވީމާ މިއީ މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭ ވަގުތަކީ،- ބޮންޑޭ
މިހާރު މިނިމަމް ވޭޖް ކަނޑައަޅައި ބިދޭސީ މުވައްޒަފުން ވެސް އޭގެ ތެރޭގައި ހިމަނައިފި ނަމަ ރާއްޖޭން ބޭރު ފައިސާ ބޭރަށް ދާ މިންވަރު އިތުރުވެ، ރިޒާވްގެ ދަތިކަން އަންނާނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
"ބޭރުމީހުންނަށް އެ ދެވޭ ފައިސާ އަކީ ކޮންމެ ގޮތެއް ވިޔަސް ރެމިޓެންސްގެ ގޮތުގައި ބޭރުވެގެންދާ ފައިސާ. ރެމިޓެންސްގެ ގޮތުގައި އަޅުގަނޑުމެން މިބުނަނީ މިހާރަށް ވުރެ އިތުރަށް 270 މިލިޔަން ޑޮލަރު ދާނޭ. ދެން މިދަނޑިވަޅުގައި އަޅުގަނޑު މިބުނަނީ ރާއްޖޭގެ ޔޫޒަބުލް ރިޒާވް ގައި ނުހުންނާނޭ 270 މިލިޔަން ޑޮލަރު،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރުގެ އެ ވާހަކާއާ މެދު ކޮމިޓީގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ މިިވަގުތު މިނިމަމް ވޭޖް ކަނޑައަޅަން މުހިއްމު ވަނީ މިއީ މުވައްޒަފުން ވެސް ބޮޑު ނުރައްކަލެއްގެ ތެރޭގައި މަސައްކަތް ކުރާ ވަގުތަކަށް ވާތީ ކަަމަށެވެ. އަދި މިހާރު ވެސް ބައެއް ރިސޯޓްތަކުން މުވައްޒަފުންގެ މުސާރަ އިންތިހާ އަށް ކުޑަކޮށްފައިވާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅު ކުރެއްވި އެވެ.
"މުވައްޒަފުން މަސައްކަތް ކުރަން ޖެހެނީ ވަރަށް ނުރައްކާތެރި ހާލަތެއްގައި. ފުރާނަ އަތްމައްޗަށް ލައިގެން ވޭޓަރުން މަސައްކަތް ކުރަނީ. މިހާ ނުރައްކަލުގެ ތެރޭގައި މަސައްކަތް ކުރަން ޖެހޭ އިރު ބައެއް ރިސޯޓްތަކުން މިދެނީ 1000 ރުފިޔާ.އެއީ އަނިޔާއެއް. އެހެންވީމާ މިއީ މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭ ވަގުތަކީ،" ބޮންޑޭ ވިދާޅުވި އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި އެކި ދާއިރާތަކަަށް ތަފާތުވާ ގޮތަށް 4،000ރ-8،000ރ. އަށް ކަނޑައަޅަން ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން، ފުރަތަމަ ކެޓަގަރީއަށް 8،000ރ އާއި 8،500ރ އާ ދެމެދުގެ އަދަދެއް، ދެވަނަ ކެޓަގަރީއަށް 6،000ރ އާއި 6،500ރ އާ ދެމެދުގެ އަދަދެއް އަދި ތިން ވަނަ ކެޓަގަރީއަށް 4،000ރ އާއި 4،500ރ އާ ދެެމެދުގެ އަދަދެއް ކަނޑައެޅިދާނެ ކަމަށް އެ ބިލްގައި ވެ އެވެ.
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
ލޯނާއި އެހީގެ ގޮތުގައި 520 މިލިއަން ޑޮލަރު ލިބޭނެ
ސޮވެރިން ޑިފޯލްޓަކަށް ނުދާނެކަން ކަށަވަރު: އަމީރު
އެމްއެމްއޭއިން ފައިސާ ނަގަން ސަރުކާރަށް ހުއްދަދީފި
އިގުތިސާދު ދަށްވިޔަސް މަޝްރޫއުތައް ކުރިއަށްދާނެ: އަމީރު
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ޓެކްސް ބޮޑުކުރުން: ޓެކްސް ފައިސާ އިން މިކުރަނީ ކީއް؟
މިދިޔަ ތިން އަހަރު ސަބްސިޑީއަށް 4.1 ބިލިއަން ރުފިޔާ
ދަރަނި އަދާކުރަން އެއްވެސް ދަތިކަމެއް ނެތް: އަމީރު
"އާމްދަނީ އިތުރުވިޔަސް ހަރަދުތަކަށް ވަނީ ވާންވެފައި"