05 ޖޫން 2022
ދައުލަތުގެ އާމްދަނީ ރަނގަޅު ނަމަވެސް، ހަރަދުތަކަށް ވާންވެފައިވާ ކަމަށާއި އެހެންވެ ސަރުކާރުގެ ވިސްނުމަކީ ހިދުމަތްތަކަށް ބުރޫނާރާނެހެން ހަރަދުތައް އަލުން ބައްޓަންކޮށް، ބަޖެޓް ފައިނޭންސް ކުރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ އާމްދަނީ ރަނގަޅު ނަމަވެސް، ހަރަދުތަކަށް ވާންވެފައިވާ ކަމަށާއި އެހެންވެ ސަރުކާރުގެ ވިސްނުމަކީ ހިދުމަތްތަކަށް ބުރޫނާރާނެހެން ހަރަދުތައް އަލުން ބައްޓަންކޮށް، ބަޖެޓް ފައިނޭންސް ކުރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ރަސްމީ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެ ކަމަށް ދެއްކެވޭ ވާހަކަތަކަށް ރައްދު ދެއްވައި، އޭނާ ކުރެއްވި ދިގު ޓުވީޓެއްގައި އެ ހުރިހާ ވާހަކަތަކެއް ދޮގުކުރެއްވި އެވެ.
ދިވެހިންނާއި ބޭރުގެ އިންވެސްޓަރުންނަށް ހަގީގަތް އޮޅޭ ގޮތަށް އެ ފަދަ ވާހަކަތައް ދެއްކުމުން, މިހާރު ދުނިޔެ އޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެ އަށް ވެސް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ. އޭގެ ސަބަބުން ރާއްޖޭގެ އިގުތިސާދުގައި ނުތަނަވަސްކަން އިތުރުވެ، މާކެޓަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ އިންޒާރު ދެއްވި އެވެ.
އަމީރު ވިދާޅުވިގޮތުގައި، އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު، ރާއްޖޭގެ ރިޒާވް މި އަހަރު ނިމޭއިރު، ކޮވިޑްގެ ކުރިން ހުރި ވަރުގައި ދެމެހެއްޓޭނެ އެވެ.
ރާއްޖޭގެ އިޤްތިސާދު ދަނީ ހަލުވިކަމާއެކު ކުރިއަރަމުން. މި އަހަރު ނިމޭއިރު ކޮވިޑް-19ގެ ކުރީގެ އިޤްތިސާދުގެ ސައިޒަށް ރުޖޫޢަވެވޭނެ. މިއީ ފިސްކަލް ހާލަތަށް ބަލައި ކޮވިޑް-19ގެ ސިއްޙީ އަދި އިޤްތިސާދީ ކްރައިސިސް މެނޭޖްކުރުމާއި، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރީގެ ވިލުންވެރިކަމުގެ ނަތީޖާ. pic.twitter.com/ji7jQHIxe0
— Ibrahim Ameer (@iameeru) June 5, 2022
"ރާއްޖެ އަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރު މުއްދަތުގެ ގޮންޖެހުންތަކެއް ނެތް. ދަރަނި ދެއްކުމުގެ ގާބިލުކަން އެބަހުރި. މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި،" މިނިސްޓަރު ވިދާޅުވި އެވެ.
"ކުރިއާ އަޅައިބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައި. މި މިންގަނޑުތަކުގައި ދެމެހެއްޓުމަށް ބޭރު ފައިސާގެ އިންފްލޯ އަދި އައުޓްފްލޯ އަންނަނީ ގާތުން ބަލަމުން. ދިމާވާ ގޮންޖެހުންތަކަށް ފިޔަވަޅު އަޅަމުން. މި އަހަރު ރިޒާވް ހުންނާނީ ދުޅަހެޔޮކޮށް."
ރާއްޖޭގެ އިގްތިސާދު ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ކަމަށާއި މި އަހަރު ނިމޭއިރު ކޮވިޑްގެ ކުރިން އިގްތިސާދު އޮތް ހާލަތަށް ރުޖޫއަވެވޭނެ ކަމުގެ ޔަގީންކަން ވެސް މާލީ ވަޒީރު ދެއްވި އެވެ.
"މިއީ ފިސްކަލް ހާލަތަށް ބަލައި ކޮވިޑްގެ ސިއްހީ އަދި އިގްތިސާދީ ކްރައިސިސް މެނޭޖް ކުރުމާއި ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރީގެ ވިލުންވެރިކަމުގެ ނަތީޖާ،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވާ ލޮޅުންތަކާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމުގެ އަސަރު ރާއްޖެ އަށް ވެސް ކުރާނެ ކަމަށާއި އެ ހާލަތުން އަރައިގަނެވޭނީ ރަނގަޅު ދަނޑިވަޅުގައި އެކަށީގެންވާ ފިޔަވަޅުތަކެއް ވެސް އެޅިގެން ކަމަށް ވާތީ ސަރުކާރުން އަންނަނީ ހާލަތު މޮނިޓަރުކޮށް، ފިޔަވަޅުތައް އަޅަމުން ކަމަށެވެ.
"ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން، ހާއްސަކޮށް ތެލުގެ އަގުގެ ސަބަބުން، ކަރަންޓާއި ތެލުގެ ސަބްސިޑީ ވަނީ އިތުރުވެފައި. ރިޒާވް އިމްޕެކްޓް ކުޑަކުރުމަށްޓަކައި އައިޓީއެފްސީގެ ޓްރޭޑް ފައިނޭންސް ފެސިލިޓީގެ ލިމިޓް ވަނީ 175 މިލިއަން ޑޮލަރަށް އިތުރުކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ޓުވީޓް ކުރެއްވީ، ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުންނާއި ލޯނު ހޯދުމުގެ ދަތިކަން ބޮޑުވަމުގެ ސަބަބުން އިގްތިސާދީ މައްސަލަތަކުގެ ތެރޭގައި ރިޒާވް މަދުވެ، ލޯނު ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެމެރިކާގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީ މޯގަން މިދިޔަ ހަފުތާގައި ބުނުމާ އެކު، އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ގިނަވެފައިވާ ދަނޑިވަޅެއްގަ އެވެ.
މި އަހަރުގެ ފުރަތަމަ ތިން މަހު ނެގި ދަރަންޏާއެކު ދައުލަތުގެ ދަރަނި 99 ބިލިއަން ރުފިޔާ އަށް އެރުމުން އެކަމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ.
ރާއްޖޭގެ ރިޒާވްގައި މާޗް މަހުގެ ނިޔަލަށް ހުރީ 865 މިލިއަން ޑޮލަރެވެ.
ސޮވެރިން ގެރެންޓީ ހިމަނައިގެން، ރާއްޖޭގެ ދަރަނި މިއަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކޮށްފަ އެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 117 ޕަސެންޓެވެ. ހަރަދަށް ޒިންމާވާ ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ދަރަނި ހުންނަން ވާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ބޮޑުވެގެން 60 ޕަސެންޓުގަ އެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ ގާނޫނުގައި ބުނާ މިންގަނޑަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އުފުލިފަ އެވެ.
ބޭންކްތަކުން ނަގާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓުތައް އެހާ ބޮޑަށް އުފުލުނީ ދުނިޔޭގެ އިންފްލޭޝަން ރޭޓް ވަރަށް ބޮޑަށް އުފުލުމާ ގުޅިގެންނެވެ. ޖޭޕީމޯގަން އިން ކުރި ދިރާސާއިން ފާހަގަކޮށްފައިވާ ގޮތުގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެންމެ ބޮޑެތި ދަރަނި ނަގާފައިވާ ގައުމުތަކުގެ ތެރެއިން 10 ޕަސެންޓް ގައުމު ޑީފޯލްޓަކަށް ހިނގައިދާނެ އެވެ.
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
މި އަހަރުގެ ފަހުކޮޅު އިތުރު ސުކޫކެއް ވިއްކަނީ
އަހަރު ނިމޭއިރު 2019ގެ އިގްތިސާދީ ހާލަތަށް ދެވޭނެ
ކުރީ ސަރުކާރުގެ ބޮންޑަކީ ފައިސާ މެނޭޖްކުރަން ހުރަހެއް
ލޯނާއި އެހީގެ ގޮތުގައި 520 މިލިއަން ޑޮލަރު ލިބޭނެ
700 މިލިއަން ޑޮލަރު ލިބުމުގެ މަގުމަތީގައި: އަމީރު
ސޮވެރިން ޑިފޯލްޓަކަށް ނުދާނެކަން ކަށަވަރު: އަމީރު
އެމްއެމްއޭ އިން ހަތަރު މަހުން 4 ބިލިއަން ރުފިޔާ ދީފި
2022ގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅާކަށް ނުފެނޭ
72 ޕަސެންޓް ހޭދަކުރީ އެސްޓީއޯ މެދުވެރިކޮށް: އަމީރު