Roadha Mihaaru
މި އަހަރުގެ ފަހުކޮޅު އިތުރު ސުކޫކެއް ވިއްކަނީ

މި އަހަރުގެ ފަހުކޮޅު އިތުރު ސުކޫކެއް ވިއްކަނީ

10 ޖުލައި 2021

ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރަން މި އަހަރުގެ ފަހުކޮޅު އިތުރު ސުކޫކެއް ނަގާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރަން މި އަހަރުގެ ފަހުކޮޅު އިތުރު ސުކޫކެއް ނަގާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް މިދިޔަ ބުދަ ދުވަހު ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ސަރުކާރުން ފަށާފައިވާ އެއް ބިލިއަން ޑޮލަރުގެ ސުކޫކް ވިއްކުމުގެ ޕްރޮގްރާމުގެ ދަށުން އަންނަ އަހަރު ވެސް ސުކޫކެއް އިޝޫ ކުރުމުގެ ފުރުސަތު ސަރުކާރަށް އޮންނާނެ ކަމަށެވެ.

"މި އަންނަ އަހަރު ވެސް މާކެޓަށް ދާން ބޭނުން ވެއްޖިއްޔާ އެ އެބައިން. މި އަހަރު އަޅުގަނޑުމެން މާކެޓަށް ދާނަން. އަދަދެއް އަދި ޑިސްކަސް ކޮށްފައި ކަނޑައަޅާނީ،" މިނިސްޓަރު ވިދާޅވި އެވެ.

ސުކޫކު ވިއްކައިގެން މިދިޔަ އޭޕްރީލް މަހު 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ސަރުކާރަށް ލިބިފަ އެވެ. މިއީ ފަސް އަހަރު ފަހުން އިންޓަރެސްޓާ އެކު ސަރުކާރުން އަނބުރާ ދައްކަން ޖެހޭނެ ފައިސާ އެވެ.

މި ސުކޫކް ވިއްކީ ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ބޭނުންކޮށްގެން ކަމަށް ވާއިރު. ގާތްގަނޑަކަށް 387 މިލިއަން ޑޮލަރު (5.9 ބިލިއަން ރުފިޔާ) އަނބުރާ ދައްކަން ޖެހޭނެ އެވެ. ސުކޫކުން ލިބުނު 191 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޭދަކުރީ ދައުލަތުގެ ދަރަނި ދެއްކުމަށެވެ.

ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އޯވަޑްރާފްޓް ފެސިލިޓީގެ މުއްދަތު ވެސް އެއް އަހަރަށް އިތުރުކޮށްފަ އެވެ

ސަރުކާރުން ސުކޫކް އިޝޫ ކުރުމުގައި މޯގޭޖް ކުރުން ފަދަ ގޮތަކަށް ޕްރޮޕަޓީ ބޭނުންކުރި ނަމަވެސް މިއީ ކޮންވެންޝަނަލް އުސޫލުތަކުގައި އޮންނަ ގޮތަށް ކުރާ ކަމެއް ނޫނެވެ. ސުކޫކް އިޝޫ ކުރާއިރު، ދެ ފަރާތުގެ ހިއްސާ އޮންނަ ގޮތަށް އެސްޕީވީ [ކުންފުންޏެއް] އުފައްދައި އެ އެސްޕީވީގެ ނަމުގައި، ސްކޫކް ސެކިއު ކުރެވޭ ވަރުގެ ޕްރޮޕަޓީ ހުންނަން ޖެހެ އެވެ. ކުންފުނީގެ ވިޔަފާރި ފަށާނީ ސްކޫކް އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި އެ ފައިސާ ހޯދުމަށެވެ. އާންމު މޯގޭޖް އުސޫލުގައި އޮންނަ ގޮތަށް، ދަރަނި ނުދެއްކުމުން މޯޖޭގް ވިއްކައެއް ނުލާނެ އެވެ.