28 ފެބުރުއަރީ 2018
ރާއްޖޭގެ ހިއްސާގެ ބާޒާރު ތަރައްގީ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ސެކަންޑަރީ މާކެޓުގައި ޓްރެޝަރީ ބިލާއި ޓްރެޝަޒީ ބޮންޑު އާންމުންނަށް ވިއްކަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ހިއްސާގެ ބާޒާރު ތަރައްގީ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ސެކަންޑަރީ މާކެޓުގައި ޓްރެޝަރީ ބިލާއި ޓްރެޝަޒީ ބޮންޑު އާންމުންނަށް ވިއްކަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ސްޓޮކް އެކްސްޗޭންޖާއި، ސެކިއުރިޓީސް ޑިޕޮސިޓަރީ އަށް 10 އަހަރު ފުރުން ފާހަގަކުރަން ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނަސީރު ވިދާޅުވީ، މިއީ ހިއްސާގެ ބާޒާރުގައި ތަފާތު ސެކިއުރިޓީސް ޕްރޮޑަކްޓްތައް ތައާރަފް ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެމްއެމްއޭ އިން ފަށާފައިވާ ޕްރޮޖެކްޓެއްގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.
"ސަރުކާރުގެ ސެކިއުރިޓީސް ނުވަތަ ޓްރެޝަޒީ ބިލް އަދި ޓްރެޝަޒީ ބޮންޑް އާންމު ރައްޔިތުންނާއި ވަކިވަކި ފަރުދުންނާއި ކުންފުނިތަކަށް ސެކަންޑަރީ މާކެޓުގައި ގަނެ ވިއްކޭނެ ނިޒާމެއް ގާއިމް ކުރުމަށްޓަކައި އެމްއެމްއޭ އިން މި ވަނީ ޕްރޮޖެކްޓެއް ފަށާފައި،" ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ޕްރޮޖެކްޓުގެ ދަށުން މި އަހަރުގެ ތެރޭގައި ސެންޓްރަލް ޑިޕޮސިޓަރީއަކާއި، ޓްރެއިނިން ސިސްޓަމެއް ގާއިމްކުރެވޭނެ ކަމަށެވެ.
"ޓެކްނޮލަޖީގެ ބޭނުން ކުރެވިގެން އާންމު ފަރުދުންނަށާއި ކުންފުނިތަކަށް ސަރުކާރުގެ ދިގު މުއްދަތުގެ ޓްރެޝަރީ ބޮންޑު ގަނެ ވިއްކޭނެ އިންތިޒާމު ހަމަޖެއްސޭތޯ މިދަނީ މަސައްކަތް ކުރަމުން،" ނަސީރު ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ ކޯޕަރޭޓް ބޮންޑާއި ސްކޫކްގެ އިތުރުން ވިޔަފާރިތަކާއި ކުންފުނިތަކުގެ ސެކިއުރިޓީސް ސެކަންޑަރީ މާކެޓަށް ނެރެ، އާންމުންނަށް ވިއްކަން ފެށުމަކީ ދިގު މުއްދަތުގެ އަމާޒެއް ކަމަށެވެ.
ރާއްޖޭގެ އެތެރޭގެ މާކެޓް ވަރަށް ބޮޑަށް ތަރައްގީވަމުން އަންނަ ކަމަށާއި، އެތެރޭގެ މާކެޓުން އިންވެސްޓްމަންޓްތަކަށް ފަންޑް ހޯދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ. އެގޮތުން ޕެންޝަން އޮފީހުގެ 10 ބިލިޔަން ރުފިޔާގެ ފަންޑާއި، އެމްއެމްއޭ އިން ސަރުކާރަށް ބަލަހައްޓައިދޭ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް އެކަނި ބަލާއިރު ވެސް އެތެރޭގެ މާކެޓުން އިންވެސްޓްމަންޓްތަކަށް ފަންޑް ހޯދުމުގެ ފުރުސަތު އޮތް ކަން ހާމަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖޭގައި އިންވެސްޓްމަންޓުތަކަށް ފައިނޭންސް ހޯދުމުގެ ބޭނުންތަކާއި، އަދި ފައިނޭންސް ކުރެވޭނެ މަގުތައް އަޅުގަނޑުމެންގެ ރާއްޖޭގައި މީގެ 20 އަހަރާ އަޅާބަލާއިރު މިވަނީ ވަރަށް ބޮޑަށް ތަރައްގީވެފައި،" ނަސީރު ވިދާޅުވި އެވެ.
ސެކަންޑަރީ މާކެޓުގައި ޓީ ބިލާއި ބޮންޑް ވިއްކަން ފަށާއިރު އެކަން އެމްއެމްއޭ އިން ބެލެހެއްޓި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެކަން ސްޓޮކް އެކްސްޗޭންޖާ ހަވާލުކުރާނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.
ރާއްޖޭގައި ފައިސާ ދެއްކުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން މަރުކަޒީ ބޭންކުން ފަށާފައިވާ "މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޕްރޮޖެކްޓް"ގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ގަވަރުނަރު ވަނީ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ދާދި ފަހުން ބޭރުގެ ކުންފުނިތަކާ އެކު ފޯރަމެއް ބާއްވައި، ދުނިޔޭގެ އެހެން ގައުމުތަކުގައި ފައިސާ ދެއްކުމުގެ ނިޒާމުތައް ތަރައްގީ ކުރެވިފައިވާ ގޮތް ބަލާފައިވާ ކަމަށް ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ރާއްޖޭގައި އަދި ވަރަށް ބޮޑު ގެޕެއް [ހުސްކަމެއް] އެބަ އޮތް ފައިސާ ދެއްކުމުގެ ނިޒާމުގައި. އަޅުގަނޑުމެންނަށް އަދި އެއް ބޭންކް އަނެއް ބޭންކާއި އިންޓައޮޕަރަބިލިޓީ ނުވަތަ އެއް ބޭންކްގެ އޭޓީއެމުން އަނެއް ބޭންކްގެ އެކައުންޓްގައި ހުންނަ ފައިސާ ނެގުމުގެ ފުރުސަތު ވެސް ނުވަތަ އެފަދަ އިންފްރާސްޓްރަކްޗާއެއް ވެސް ގާއިމްކުރެވިފައެއް ނެތް،" ނަސީރު ވިދާޅުވި އެވެ.
އެމްއެމްއޭ އިން ތައާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ފައިސާ ދެއްކުމުގެ ނިޒާމާ އެކު ބޭންކްތައް ގުޅުވާލެވި، ހުރިހާ ބޭންކެއްގެ އޭޓީއެމްތައް ވެސް ބޭނުން ކުރެވުން ފަދަ ފަސޭހަތައް ލިބިގެން ދާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އަދި އަމާޒަކީ ދުނިޔޭގައި ބޭނުން ކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު މި ނިޒާމް ގާއިމުވެގެން ދިއުން ކަމަށް ވެސް ވިދާޅުވި އެވެ.
ފައިސާ ދެއްކުމުގެ ނިޒާމް ގާއިމްކުރުމުގެ ގޮތުން އެމްއެމްއޭ އިން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މީގެ ކުރިން ވެސް ވަނީ ތަފާތު ސިސްޓަމްތައް ތަަރައްގީކޮށްފަ އެވެ. އެގޮތުން 2011 ގައި އެމްއެމްއޭ އިން ވަނީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ފަދަ ރިއަލްޓައިމް ގްރޮސް ސެޓްލްމަންޓް ސިސްޓަމެއް (އެމްއާރުޖީއެސް) ބޭނުން ކުރަން ފަށައިފަ އެވެ.
އެމްއާރުޖީއެސްގެ އިތުރުން އޮޓަމެޓިކް ކްލިއަރެންސް ހައުސްއެއް ގާއިމްކޮށް، އޭގެ ފުރަތަމަ ބައި ކަމަށްވާ ޑައިރެކްޓް ކްރެޓިޑްސްގެ ހިދުމަތް 2012 ގައި ފެށި އެވެ. އަދި 2016 ގައި ވަނީ ރާއްޖޭގެ ހުރިހާ ބޭންކަކަށް ޖަމާކުރާ ޗެކުތަކަށް އޮޓަމެޓިކް ކްލިއަރެންސް ހައުސް މެދުވެރިކޮށް ފައިސާ ޖަމާކޮށްދޭން ފަށައިފަ އެވެ. އަދި މިދިޔަ އަހަރު ވަނީ މި ސިސްޓަމުގެ ދަށުން ޑައިރެކްޓް ޑެބިޓުގެ ހިދުމަތް ވެސް ދޭން ފަށައިފަ އެވެ.
މި އަހަރު 5.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި
މިދިޔަ އަހަރު ޓީބިލް ވިއްކި އަދަދު 4.3 ބިލިއަނަށް
ބޮންޑް ވިއްކައިގެން 543.4 މިލިޔަން ހޯދައިފި
އެތެރޭގެ ދަރަނި 24.5 ބިލިއަން އަރައިފި
ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ސަރުކާރުގެ ބޮންޑެއް ވިއްކަނީ
10 މަހުން ޓީ-ބިލާއި ބޮންޑަށް 8.2 ބިލިއަން!
ޓީބިލާއި ބޮންޑު ވިއްކި އަދަދު 61 ބިލިއަނަށް އަރައިފި
އިތުރަށް ބޮންޑު ވިއްކަން މަޖިލީހުން ހުއްދަދީފި
އިތުރަށް ބޮންޑް ވިއްކަން މަޖިލީހުގެ ލަފަޔަކަށް އެދެފި
ހަ މަސްތެރޭ 2.9 ބިލިއަން ރުފިޔާގެ ޓީިބިލް ވިއްކައިފި