22 ޖެނުއަރީ 2018
ސަރުކާރުގެ ކޭޝް ފްލޯ ހަމަޖައްސަން ޓްރެޝަރީ ބޮންޑް ވިއްކައިގެން މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 543.4 މިލިޔަން ރުފިޔާ ހޯދާފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސަރުކާރުގެ ކޭޝް ފްލޯ ހަމަޖައްސަން ޓްރެޝަރީ ބޮންޑް ވިއްކައިގެން މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 543.4 މިލިޔަން ރުފިޔާ ހޯދާފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން ނެރެފައިވާ އިގްތިސާދީ ރިވިއުގައި ބުނެފައިވަނީ، ނޮވެމްބަރު މަސް ނިމުނު އިރު ސަރުކާރުން ވިއްކާފައިވާ ޓްރެޝަރީ ބިލާއި ބޮންޑް (ސެކިއުރިޓީސް)ގެ އައުޓްސްޓޭންޑިން ހުރީ 22.6 ބިލިޔަން ރުފިޔާގައި ކަމަށެވެ. އެއީ އަހަރުން އަހަރަށް ބަލާނަމަ ދެ ޕަސެންޓުގެ ދަށްވުމެއް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، ޓްރެޝަރީ ބޮންޑް ވިއްކައިގެން ފައިސާ ހޯދި ނަމަވެސް، އަހަރުން އަހަރަށް ބަލާއިރު ސެކިއުރިޓީސްގެ އައުޓްސްޓޭންޑިން ދަށްވެފައި ވަނީ ޓްރެޝަރީ ބިލްގެ އައުޓްސްޓޭންޑިން ދަށްވެފައި ވުމުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މި މުއްދަތުގައި، ޓްރެޝަރީ ބިލްގެ އައުޓްސްޓޭންޑިން ވަނީ 887.8 މިލިޔަން ރުފިޔާ އަށް ދަށްވެފަ އެވެ.
"ޓްރެޝަރީ ބޮންޑްގެ އައުޓްސްޓޭންޑިން އަދަދު އިތުރުވެފައިވަނީ ސަރުކާރުން ދޫކޮށްފައިވާ ޓްރެޝަރީ ބިލްތަކުން ބައެއް ޓްރެޝަރީ ބޮންޑަށް ފާއިތުވި އަހަރުގެ ތެރޭގައި ބަދަލުކޮށްފައިވުމާ ގުޅިގެން،" އެމްއެމްއޭގެ ރިޕޯޓްގައިވެ އެވެ.
ޓްރެޝަރީ ބިލްގައި އިންވެސްޓު ކޮށްފައިވާ އަދަދު ދަށްވެފައިވަނީ ބޭންކުތަކުން ޓްރެޝަރީ ބިލްގައި އިންވެސްޓަކޮށްފައިވާ އަދަދު ދަށްވެ އަދި ޕަބްލިކް ނޮން ފައިނޭންޝަލް ކޯޕަރޭޝަންތަކުން ޓްރެޝަރީ ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު ވެސް ދަށްވުމާއި ގުޅިގެންނެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި މަހުން މަހަށް ބަލާއިރު، ސަރުކާރުން ދޫކޮށްފައިވާ ސެކިއުރިޓީސްގެ އައުޓްސްޓޭންޑިން އަދަދު ވަނީ ތިން ޕަސެންޓް އިތުރުވެފައެވެ. އަދި އޭގެ މައިގަނޑު ސަބަބަކީ މި މުއްދަތުގެ ތެރޭގައި ޓްރެޝަރީ ބޮންޑުގައި އިންވެސްޓްކޮށްފައިވާ އަދަދު 2.6 މިލިއަން ރުފިޔާ ދަށްވި ނަމަވެސް، ޓްރެޝަރީ ބިލްގައި އިންވެސްޓްކޮށްފައި އަދަދު 628 މިލިއަން ރުފިޔާ އިތުރުވުމެވެ.
ޓްރެޝަރީ ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު އިތުރުވެފައިވަނީ ބޭންކުތަކުންނާއި އެހެނިހެން މާލީ އިދާރާތަކުން ޓްރެޝަރީ ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު އިތުރުވުމުންނެވެ.
އެމްއެމްއޭ އިން ބުނީ މި މުއްދަތުގެ ތެރޭގައި ޓްރެޝަރީ ބިލުގެ އިންޓަރެސްޓް ރޭޓަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޑިސެންބަރު މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 586.2 މިލިއަން އެމެރިކާ ޑޮލަރެވެ. އަހަރުން އަހަރަށް ބަލާއިރު މިއީ 26 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި މަހުން މަހަށް ބަލާއިރު 11 ޕަސެންޓް އިތުރު އަދަދެކެވެ.
މި މުއްދަތުގެ ނިޔަލަށް ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވް ނުވަތަ ވަގުތުން ވަގުތަށް ބޭނުންކުރަން ހުރި ރިޒާވުގައި ހުރީ 206.4 މިލިޔަން ޑޮލަރެވެ. އަހަރުން އަހަރަށް ބަލާއިރު މިއީ ތިން ޕަސެންޓް އިތުރު އަދަދެކެވެ. އަދި މަހުން މަހަށް ބަލާއިރު މިއީ 20 ޕަސެންޓް އިތުރު އަދަދެކެވެ. އެމްއެމްއޭ އިން ބުނީ މަހުން މަހަށް ބަލާއިރު، ޔޫޒަބަލް ރިޒާވް އިތުރުވެފައިވަނީ މާރުކުރެވުނު ބޭރު ފައިސާގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ.
ނޮވެމްބަރު މަސް ނިމުނު އިރު ރާއްޖޭގެ އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ (ބްރޯޑް މަނީ) ގެ އަދަދަކީ 31.1 ބިލިއަން ރުފިޔާ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ފަސް ޕަސެންޓްގެ އިތުރުވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ބޭންކިން ނިޒާމުގެ ނެޓް ފޮރިން އެސެޓްސް ވަރަށް ބޮޑަށް އިތުރުވެ، ނެޓް ޑޮމެސްޓިކް އެސެޓްސް ވެސް އިތުރުވެގެން ދިޔުމެވެ.
ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ސަރުކާރުގެ ބޮންޑެއް ވިއްކަނީ
10 މަހުން ޓީ-ބިލާއި ބޮންޑަށް 8.2 ބިލިއަން!
މި އަހަރު 5.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި
އިތުރަށް ބޮންޑު ވިއްކަން މަޖިލީހުން ހުއްދަދީފި
ހަ މަސްތެރޭ 2.9 ބިލިއަން ރުފިޔާގެ ޓީިބިލް ވިއްކައިފި
މިހާތަނަށް 2.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި
މިދިޔަ އަހަރު ޓީބިލް ވިއްކި އަދަދު 4.3 ބިލިއަނަށް
ދައުލަތުން ޓީބިލް ވިއްކި އަދަދު 3.2 ބިލިއަނަށް
ދައުލަތުގެ ދަރަނިން 1.5 ބިލިއަން ކެނޑޭނެ: އަމީރު
ދެ ހަފްތާގެ ތެރޭ ބޮޑު އަދަދަކުން ޓީބިލް ވިއްކައިފި