ޓޫރިޒަމުން ލިބޭ އާމްދަނީ ދިވެހި ބޭންކްތަކަށް ޖަމާކުރުމާބެހޭ ގަވާއިދުގެ ދަށުން، ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން މަރުކަޒީ ބޭންކް، އެމްއެމްއޭގައި ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.
03 އޮކްޓޯބަރ 2024
ޓޫރިޒަމުން ލިބޭ އާމްދަނީ ދިވެހި ބޭންކްތަކަށް ޖަމާކުރުމާބެހޭ ގަވާއިދުގެ ދަށުން، ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން މަރުކަޒީ ބޭންކް، އެމްއެމްއޭގައި ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.
އެމްއެމްއޭ އިން ބުނީ، އެ އިދާރާ އިން ރިޕޯޓިން ރިކުއާމެންޓެއްގެ ގޮތުގައި އެކުލަވާލާފައިވާ "މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ އެފްއެކްސް ޕޯޓަލް ރަޖިސްޓްރޭޝަން ފޯމް" މި މަހުގެ 31 ގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު އެ އޮތޯރިޓީން އާންމުކުރި ބޭރު ފައިސާއާ ބެހޭ ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް ދާއިރާއަށް ވަންނަ ހުރިހާ ފައިސާއެއް ރާއްޖޭގެ ބޭންކަކަށް ޖަމާކުރަން ޖެހެ އެވެ.
Money Changers
އެފްއެކްސް ޕޯޓަލް
އެ ގަވާއިދުގަައިވާ ގޮތުން މީރާގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ފަރާތްތަކުން، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓަރީ ކުރުމަށް ހުށަހަޅަން ވާނެ އެވެ. އަލަށް މީރާގައި ރަޖިސްޓްރީވާ ފަރާތްތަކުން 30 ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރުމަށް އެމްއެމްއޭ އަށް ހުށަހަޅަން ޖެހޭނެ ކަމަށް ގަވައިދުގައިވެ އެވެ
އެމްއެމްއޭ އިން ބުނީ މިއީ ފޮރިން އެކްސްޗޭންޖް މާކެޓު އިތުރަށް ފުޅާ ކުރުމަށާއި ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ފުރިހަމަ އަށް ތަންފީޒު ކުރުމަށް މުހިއްމު ކަމަކަށް ވާއިރު، މިކަމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދޭން ވާނެ ކަމަށެވެ.
ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ ތަފްސީލު ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭ އަށް ހުށަހަޅަން ޖެހެ އެވެ. ކޮންމެ މަހަކު ޓޫރިޒަމް ދާއިރާ އަށް ލިބޭ ބޭރު ފައިސާގެ ޖުމްލަ އަދަދު އެ މަހަށް ފަހު 87 ދުވަސް ކުރިން ބޭންކެއްގައި ހުށަހަޅާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކުރަން ޖެހޭ ކަމަށް ގަވާއިދުގައި ވެ އެވެ އަދި ބޭންކަށް ބޭރު ފައިސާ ފޮނުވުމަށްފަހު ފަހު އެކަން އެމްއެމްއޭ އަށް އަންގަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
އަވަސް ފިޔަވަޅުތަކަކުން ހައްލު ހޯދަންޖެހޭ މައްސަލައެއް!
ޓޫރިޒަމަށް ދޫކުރި ލޯނުގެ އަދަދު 12 ބިލިއަނަށް!
ސަރުކާރަށް މިކަން ކުރަން ކެރެން އެބަ ޖެހޭ!
ރިސޯޓުތައް ބަންދުވުމުން އިމްޕޯޓު ދަށްވެ ޑޮލަރުގެ އަގު ދަށަށް
ޓޫރިޒަމަށް ބީއެމްއެލްއިން 30 މިލިއަން ރުފިޔާގެ ލޯނު
ފުރަތަމަ ދެ މަހުގެ ޓީޖީއެސްޓީ 7.5 ޕަސެންޓު ދަށަށް
ކައުންސިލްތަކުގެ ރަށްތައް ޓޫރިޒަމަށް ދޭ ގޮތަށް ބަދަލެއް
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް