15 މާޗް 2020
ރާއްޖެ އިން ވެސް ކޮވިޑް-19 ޖެހިފައިވާ 11 މީހަކު މިހާތަނަށް ފެނިފައިވާއިރު، އޭގެ ސަބަބުން ޓޫރިޒަމް ދާއިރާ އަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) އާ ހަމައަށް ލޯނު ދޭން ނިންމައިފި އެވެ. މ ނިންމުމާ އެކު، އެ ލޯނަށް އެދި ހުށަހަޅާ ކޮންމެ ރިޒޯޓަކަށް ނުވަތަ ގެސްޓް ހައުސްއަކަށް ވެސް އެންމެ ގިނަވެގެން 30 މިލިއަން ރުފިޔާ ލިބޭނެ އެވެ.
ރާއްޖެ އިން ވެސް ކޮވިޑް-19 ޖެހިފައިވާ 11 މީހަކު މިހާތަނަށް ފެނިފައިވާއިރު، އޭގެ ސަބަބުން ޓޫރިޒަމް ދާއިރާ އަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) އާ ހަމައަށް ލޯނު ދޭން ނިންމައިފި އެވެ. މ ނިންމުމާ އެކު، އެ ލޯނަށް އެދި ހުށަހަޅާ ކޮންމެ ރިޒޯޓަކަށް ނުވަތަ ގެސްޓް ހައުސްއަކަށް ވެސް އެންމެ ގިނަވެގެން 30 މިލިއަން ރުފިޔާ ލިބޭނެ އެވެ.
ރާއްޖޭގެ ގައުމީ ބޭންކުން މިއަދު ބޭއްވި ނިއުސް ބްރީފިންއެއްގައި ބުނީ މިއީ، ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް، ޓޫރިޒަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް އެހީވުމުގެ ގޮތުން، ޓޫރިޒަމް މިނިސްޓްރީ އާއި މަޓީ ގުޅިގެން ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޝޯޓް ޓާމް ފައިނޭންސިންއެއްގެ ގޮތުގައި ތައާރަފްކުރި ލޯނެއް ކަމަށެވެ.
މި ފައިނޭންސިންގެ ދަށުން ދޫކުރާނީ މިހާރު އޮޕަރޭޓް ކުރާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުން ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް މެނޭޖު ކުރުމަށެވެ. އެ ފައިސާ އަނބުރާ ދައްކަން ތިން އަހަރު ލިބޭނެ އެވެ. ރިސޯޓްތަކާއި ގެސްޓް ހައުސްތަކަށް މި ލޯނަށް ކުރިމަތިލެވޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ލިބޭނެ ގެއްލުން މުޅިން ވަޒަން ކޮށްލެވޭނީ، މިކަން ދިގުދެމިގެންދާ މުއްދަތަކާއި އަސަރު ކުރާނެ ނިސްބަތުން ކަމަށް ވީ ނަމަވެސް މިހާރު ވެސް ޓޫރިޒަމާއި ދިވެހި ވިޔަފާރިތަކަށް މިވަނީ ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިވެފައި ކަމަށެވެ.
"ގައުމީ ބޭންކުގެ ހައިސިއްޔަތުން މިފަދަ ދަނޑިވަޅެއްގައި މި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އަޅުގަނޑުމެންގެ ޕާޓްނަރުންނާ އެކު މިއަދު މި ތައާރަފްކުރާ ޝޯޓް ޓާމް ފައިނޭންސިން އަކީ މި ދަނޑިވަޅުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ނުވަތަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށް އެކަށޭނެ ފައިނޭންސިން އެއް."
މި ހިދުމަތް ހޯދުމަށް ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރާ ގުޅައިގެން ނުވަތަ ބޭންކުގެ ބްރާންޗަކަށް ވަޑައިގެން ހިދުމަތައް އެދި ހުށަހެޅޭނެ އެވެ.
ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ހާއްސަކޮށް ހާއްސަ ލޯނު އެހީއެއް ދިނުމަށް ނިންމާފައިވާ އިރު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރަހުނަކާ ނުލައި ދޫކުރާ ވޯކިން ކެޕިޓަލް ފައިނޭންސިން ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި
ބީއެމްއެލް ލޯނު "އޯވަޑިއު" އިންޓްރެސްޓް ދެ ޕަސެންޓަށް ކުޑަކޮށްފި
ޓޫރިޒަމަށް ދޫކުރި ލޯނުގެ އަދަދު 12 ބިލިއަނަށް!
ބީއެމްއެލުން ރަހުނަކާ ނުލައި ވިޔަފާރިތަކަށް ލޯނު ދެނީ
ގައުމުގެ ފައިސާ އިން ކެނޑޭ ގޮތް ބީއެމްއެލް ހަދައިފި
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ސަހާ ވަހީދު
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ކާޑު ލިމިޓު އިތުުރު ކުރަން ދަރިވަރުންނަށް ޕޯޓަލެއް
42 އަހަރަށް ފަހު އައިސްތު ބީއެމްއެލް އިން ވަކިވަނީ