03 މާޗް 2023
ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނުން ބޭންކުތައް މެދުވެރިކޮށް ނެގި ލޯނުގެ އަދަދު 12 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނުން ބޭންކުތައް މެދުވެރިކޮށް ނެގި ލޯނުގެ އަދަދު 12 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި ހިންގާ މާލީ އިދާރާތައް މެދުވެރިކޮށް އެކި ދާއިރާތަކުގެ ވިޔަފާރިތަކުންނާއި އަމިއްލަ ފަރާތްތަކުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް 32 ބިލިއަން ރުފިޔާގެ ލޯނު ނަގައިގަ އެވެ. އޭގެ ތެރެއިން 35 ޕަސެންޓަކީ ޓޫރިޒަމް ދާއިރާއިން ނެގި ލޯނެވެ.
ޓޫރިޒަމް ދާއިރާއަކީ ރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ވަންނަ ދާއިރާ އެވެ. މިއަހަރުގެ މިހާތަނަށް 350،000 ޓޫރިސްޓުން އައި އިރު ޓޫރިޒަމް ހިދުމަތްދޭ 60،000 އެނދު އެބަހުއްޓެވެ. އޭގެ ތެރެއިން 41،000 ނިސްބަތްވަނީ ރިސޯޓުތަކަށެވެ.
ވޭތުވެދިޔަ ފަސް އަހަރުތެރޭ ޓޫރިޒަމް ދާއިރާއަށް ދޫކުރި ލޯނުގެ އަދަދު ވަނީ 75 ޕަސެންޓު އިތުރުވެފަ އެވެ. ޓޫރިޒަމް ދާއިރާއަށް ދޫކުރި ލޯނުގެ އަދަދު 2018 ވަނަ އަހަރު ހުރީ 8.4 ބިލިއަން ރުފިޔާގަ އެވެ. ދޫކުރި ލޯނުގެ އަދަދު އެހާ ބޮޑަށް އިތުރުވީ، އެ މުއްދަތުގައި ރާއްޖޭގެ ބެޑް ކެޕޭސިޓީ ވެސް އެހާ ބޮޑަށް އިތުރުވުމުންނެވެ. ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭ ރާއްޖޭގެ ބެޑް ކެޕޭސިޓީއަށް 20،000 އެނދު އިތުރުވި އެވެ.
ޓޫރިޒަމް ދާއިރާ ފިޔަވައި ދެން އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކޮށްފައިވަނީ ކޮންސްޓްރަކްޝަން ދާއިރާއަށެވެ. އެ ދާއިރާގެ ވިޔަފާރިތަކަށް ހަތް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. ކޮންސްޓްރަކްޝަންގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރިތަކަށް ވެސް ވަނީ ތިން ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ.
ވިޔަފާރިތަކުގެ ތެރެއިން އެންމެ ކުޑަ އަދަދެއް ބޭންކްތަކުން ލޯނުގެ ގޮތުގައި ދޫކޮށްފައިވަނީ ދަނޑުވެރިކަމަށެވެ. އެ ދާއިރާއަށް މިދިޔަ ޖެނުއަރީގެ ނިޔަލަށް ދޫކޮށްފައިވަނީ ހަ މިލިއަން ރުފިޔާ އެވެ.
ވިޔަފާރިތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށް ވެސް ޖެނުއަރީ މަހުގެ ނިޔަލަށް ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ.
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ޑޮލަރު މާރުކުރުމުގެ ބަދަލުން އާންމުންނަށް ފައިދާކުރާނެ
ޑޮލަރު މާރުކުރުމަށް އެއްވެސް ލުޔެއް ނުދެން: ގަވަރުނަރު
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި
މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓެގްރޭޓެޑް ރިސޯޓް!
"ލެޝާ އިންވެސްޓްމެންޓްތައް އެންމެ ރަނގަޅީ ރާއްޖޭގައި"
ހުރިހާ ފެސިލިޓީއަކަށް ސްޕްލިޓް ސްޓޭގެ ހުއްދަ ދީފި
މަދު ރިސޯޓްތަކެއް ރަނގަޅު، އެކަމަކު ކަންބޮޑުވުންތަކެއް