Roadha Mihaaru
ބޮބް ޑިލަންގެ އާ ލަވައިގައި ޖޭއެފް ކެނެޑީގެ ވާހަކަ

ބޮބް ޑިލަންގެ އާ ލަވައިގައި ޖޭއެފް ކެނެޑީގެ ވާހަކަ

30 މާޗް 2020

އަދަބިއްޔާތުގެ ރޮނގުން ނޯބެލް އިނާމު ހާސިލުކޮށްފައިވާ އެމެރިކާގެ މިއުޒިކް ލެޖެންޑް ބޮބް ޑިލަން އާ ލަވައެއް ނެރެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަދަބިއްޔާތުގެ ރޮނގުން ނޯބެލް އިނާމު ހާސިލުކޮށްފައިވާ އެމެރިކާގެ މިއުޒިކް ލެޖެންޑް ބޮބް ޑިލަން އާ ލަވައެއް ނެރެފި އެވެ.

އުމުރުން މިހާރު 78 އަހަރުގެ ލަވަކިޔުންތެރިޔާގެ ޚަބަރެއްނުވާތާ ގިނަ ދުވަސްތަކެއްވެ، ފޭނުން ވެސް އެކަމާ ޝަކުވާކުރާތާ އެތައް ދުވަހެއް ފަހުން ނެރުނު އާ ލަވަ އަކީ "މާޑަ މޯސްޓް ފައުލް" އެވެ. ގާތްގަނޑަކަށް 17 މިނިޓްގެ ދިގުމިނުގެ ލަވަ ބިނާކޮށްފައި އޮތީ 1963 ގައި އަވަހާރަކޮށްލި އެމެރިކާގެ 35 ވަނަ ރައީސް ޖޭއެފް ކެނެޑީއަށެވެ.

ނޯބެލް އިނާމު 2016 ވަނަ އަހަރު ލިބުނު ޑިލަން މި ލަވައާ ބެހޭ ގޮތުން ބުނީ އާ ލަވަ އަކީ އޭނާ ނިންމާފައި އޮންނަތާ ދުވަސްތަކެއްވީ ލަވައެއް ކަމަށެވެ. އަދި ލަވަ ވަރަށް ކަމުދާނެ ކަމަށް އުންމީދުކުރާ ކަމަށް ބުންޏެވެ.

ވަރަށް ކާމިޔާބު މިއުޒިކް ކެރިއަރެއް ބިނާކުރި ޑިލަން މިހާތަނަށް 38 ސްޓޫޑިއޯ އަލްބަމް ނެރެފައިވެ އެވެ. އޭނާ އެންމެ ފަހުން ނެރުނު އަލްބަމަކީ 2017 ގެ "ޓްރިޕްލިކޭޓް" އެވެ. އަލަތު އަލްބަމަކީ 1962 ގައި އަމިއްލަ ނަމުގައި ނެރުނު އަލްބަމެވެ.

ނަވާރަ ސަތޭކަ ސާޅީސް އެކެއްގައި އުފަންވި ޑިލަންގެ މިއުޒިކް ކެރިއަރު ފެށީ 1959 ވަނަ އަހަރު އެވެ. އޭނާގެ އެންމެ ހިޓް ލަވަތަކުގެ ތެރޭގައި "ބްލޯވިން އިން ދަ ވިންޑް" އަދި "ދަ ޓައިމްސް ދޭ އާ އަ ޗޭންޖިން" ފަދަ އެތަައް ލަވައެއް ހިމެނެ އެވެ.