Roadha Mihaaru

ނޮބެލްގެ ސުލްހައިގެ އިނާމަށް ނަތަންޔާހޫ ޓްރަމްޕުގެ ނަން ހުށަހަޅައިފި

ނޮބެލްގެ ސުލްހައިގެ އިނާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފަރާތުން ހުށަހަޅައިފި އެވެ.

ސުލްހައިގެ އިނާމަށް ނަތަންޔާހޫ ދިނީ ޓްރަމްޕުގެ ނަން

ނޮބެލްގެ ސުލްހައިގެ އިނާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފަރާތުން ހުށަހަޅައިފި އެވެ.

އެމެރިކާއަށް ކުރާ ދަތުރުގައި ޓްރަމްޕާ ބައްދަލުކޮށް ނަތަންޔާހޫ އެކަން އިއުލާނުކުރުމަށް ފަހު ވަނީ ނޮބެލް އިނާމު ކޮމިޓީއަށް ނަތަންޔާހޫ ފޮނުވި ސިޓީގެ ލިޔުން ޓްރަމްޕަށް ހަދިޔާކޮށްފަ އެވެ.

"މި ވާހަކަ ދައްކަމުން ދާއިރު ވެސް އޭނާ އެ ގެންދަވަނީ ފަހަރަކު ގައުމެއް، ފަހަރަކު ސަރަހައްދަކަށް ސުލްހައިގެ މަސައްކަތް ކުރައްވަމުން،" ވައިޓް ހައުސްގައި އޮތް ރޭގަނޑުގެ ކެއުމެއްގައި ނަތަންޔާހޫ ބުންޏެވެ.

ނޯބެލްގެ ސުލްހައިގެ އިނާމަށް ޓްރަމްޕުގެ ނަން އޭނާގެ ސަޕޯޓަރުންނާއި އޭނާގެ ފިކުރުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެތައް ފަހަރަކު ނޮމިނޭޓްކޮށްފައިވެ އެވެ. އެކަމަކު މި ޝަރަފްވެރި އިނާމު ލިބިފައި ނުވާތީ ޓްރަމްޕް ވަނީ ފާޅުގައި ނުރުހުން ފާޅުކުރައްވައިފަ އެވެ.

ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ މެންބަރުން ވަނީ އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން ސާބިއާ އާއި ކޮސޯވޯއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމަށް ޓްރަމްޕު ކުރެއްވި މަސައްކަތް، ނޯވޭގެ ނޯބެލް ކޮމިޓީން ބަލައިނުގަތް ކަމަށް ބުނެ ފާޑު ކިޔައިފަ އެވެ.

މީގެ އިތުރުން މިސްރާއި އިތިއޮޕިއާގައި "ސުލްހަ ދެމެހެއްޓުމާއި" އިޒްރޭލާއި އަރަބި ގައުމުތަކުގެ ގުޅުން ގާއިމުކުރުމަށް އަބްރަހަމް އެކޯޑްސް ތަންފީޒުކުރުމުގެ ކްރެޑިޓް ވެސް ދޭންޖެހޭނީ ޓްރަމްޕަށް ކަމަށް އޭނާ ގަބޫލުކުރައްވައި އެ ވާހަކަ ދައްކަވަ އެވެ.

ޓްރަމްޕު ރިޔާސީ ކެމްޕެއިނުގައި އޭނާ އަކީ ސުލްހައި ގާއިމުކުރާ މީހެއް ކަމަށާއި ޔުކްރެއިން އާއި ޣައްޒާގެ މައްސަލަ ވަރަށް އަވަހަށް ހައްލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި އޭނާ އަކީ މަޝްވަރާކުރުމުގެ ހުނަރު ހުރި ބޭފުޅެކެވެ. -- އޭއެފްޕީ