އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ "އީރާނުން ކުރިމަތިވެދާނެ ނުރައްކަލެއްގެ" މައްސަލައިގައި ފޯނުން މަޝްވަރާކޮށްފި އެވެ.
އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ "އީރާނުން ކުރިމަތިވެދާނެ ނުރައްކަލެއްގެ" މައްސަލައިގައި ފޯނުން މަޝްވަރާކޮށްފި އެވެ.
ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މި ވާހަކަ ދެއްކީ ޓްރަމްޕުގެ ކާމިޔާބީއާ ގުޅިގެން މަރުހަބާ ކިޔަން ކުރި ފޯން ކޯލްގައި ކަމަށާއި ދެ ވެރިން ގުޅިގެން އިޒްރޭލުގެ ސަލާމަތަށް މަސައްކަތްކުރުމަށް އެއްބަސްވި ކަމަށެވެ.
"ދެ ބޭފުޅުން އީރާންގެ ނުރައްކަލާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި،" ބަޔާނުގައިވެ އެވެ.
ޓްރަމްޕުގެ ވަރުގަދަ އެނބުރި އައުމާ އެކު އެކި ގައުމުތަކުގެ ވެރިން ގެންދަނީ މަރުހަބާ ކިޔަމުންނެވެ.
ސައޫދީ އަރަބިއްޔާއިން ބުނި ގޮތުގައި އެ ގައުމުގެ ރަސްކަމުގެ ޒިންމާތައް އަދާކުރައްވާ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ޓްރަމްޕަށް ގުޅުއްވައި މަރުހަބާ ވިދާޅުވި އެވެ. ޓްރަމްޕުގެ ފުރަތަމަ ރިޔާސީ ދައުރުގައި 2017 ވަނަ އަހަރު އޭނާ ގައުމަށް ބޭރަށް ފުރަތަމަ ވަޑައިގަތް ގައުމަކީ ސައޫދީ އެވެ.
އިޒްރޭލާ އެކު އެންމެ ފުރަތަމަ ސުލްހައިގެ އެއްބަސްވުމެއް ހެދި މިސްރުން އެ ގައުމުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ ވެސް ޓްރަމްޕަށް ގުޅުއްވައި މަރުހަބާ ވިދާޅުވި އެވެ. މިސްރުގެ މީޑިއާއިން ބުނި ގޮތުގައި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އެމެރިކާއާ އެކު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ސީސީ ވަނީ ދެއްވައިފަ އެވެ.
އިޒްރޭލާ ދެކޮޅަށް މިހާރު ހަނގުރާމާގައި އޮތް، ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ބުނީ ޓްރަމްޕަށް ކާމިޔާބު ވިޔަސް ލުބްނާނުގައި ދެމުން ގެންދާ ހަމަލާތަކަށް އަންނާނެ ބަދަލެއް ނެތް ކަމަށާއި އެ ޖަމާއަތުގެ އެތައް ހާސް ބަޔަކު ތިބީ އިޒްރޭލާ ކުރިމަތިލާން ތައްޔާރަށް ކަމަށެވެ. ހިޒްބުﷲ އިން އިއްޔެ ވެސް ވަނީ ޑްރޯން ބޭނުންކޮށްގެން އިޒްރޭލުގެ ބައެއް ތަންތަނަށް ހަމަލާދީފައި ކަމަށް ވަނީ ބުނެފަ އެވެ.
ނަތަންޔާހޫ މީގެ ކުރިން ވަނީ ޓްރަމްޕަށް ލިބުނު ބޮޑު ކާމިޔާބީއަކީ "ތާރީހުގެ އެންމެ ބޮޑު އެނބުރި އައުން" ކަމަށް ސިފަކޮށްފަ އެވެ.
އެމެރިކާއަކީ އިޒްރޭލުގެ އެންމެ ބޮޑު ބައިވެރިޔާ އަދި އަސްކަރީ އެހީ އެންމެ ގިނައިން ދޭ ގައުމެވެ. އެހެންވެ އެމެރިކާގެ އިންތިހާބުގެ ނަތީޖާ މެދުއިރުމަތީގެ ހާލަތަށް މި ވަގުތު މުހިންމެވެ.
ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން މީގެ އެއް އަހަރު ކުރިން ފެށިގެން ދެމުން ގެންދާ ހަމަލާތަކުގައި ބައި ލައްކައެއްގަ މީހުން ފަލަސްތީނުން ޝަހީދުވެފައި ވާއިރު އިޒްރޭލަށް ދޭ އެހީތައް އެމެރިކާގެ މިހާރުގެ ސަރުކާރުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔަ އެވެ. ނަތަންޔާހޫ ޓްރަމްޕް އެނބުރި އައުމަށް ބޭނުންވީ ޒަމާނުއްސުރެ އޮތް އަމިއްލަ ރަހުމަތްތެރިކަމާއި އިޒްރޭލުގެ އެންމެ ބޮޑު ބިރު ކަމަށްވާ އީރާނާ މެދު ހަރުކަށިކަން އޮތުމުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އީރާނަށް ހަމަލާ ނުދޭނެ ކަމަށް ނަތަންޔާހޫ ވެސް ބުނެފި
ގަތަރަށް ދިން ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވި
ގަތަރަށް ދެން ހަމަލާއެއް ނުދޭނެ: އެމެރިކާ
ޣައްޒާގައި ހަމަލާތައް މެދުކަނޑާލަން ޓްރަމްޕު އެދެފި
ޓްރަމްޕު ރުޅިގަދަވުމުން އިޒްރޭލު މައިތިރިވެއްޖެ
ހަމަލާތައް ހުއްޓާލަން އެއްބަސްވީ ގަތަރުގެ ބަހަށް
އީރާން-އިޒްރޭލް ހަމަލާތައް މި ނިމުނީ: ޓްރަމްޕު
"ފަހު ވަގުތު" ފުލުފުލުން އިޒްރޭލަށް ހަމަލާދީފި
ހަމަލާތައް ހުއްޓާލަން އީރާނާއި އިޒްރޭލު އެއްބަސްވެއްޖެ
އިރާނުގެ ވެރިކަން ބަދަލުކުރާ ވާހަކަ ޓްރަމްޕް ދައްކައިފި