އިޒްރޭލާއި އީރާނުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ "އެއްބަސްވުން" މިހާރު ތަންފީޒުވާން ފަށާފައިވާ ކަމަށާއި އެހެންވެ ދެ ފަރާތުން ވެސް އެގޮތުގައި ތިބުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގޮވާލައްވައިފި އެވެ.
އިޒްރޭލާއި އީރާނުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ "އެއްބަސްވުން" މިހާރު ތަންފީޒުވާން ފަށާފައިވާ ކަމަށާއި އެހެންވެ ދެ ފަރާތުން ވެސް އެގޮތުގައި ތިބުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގޮވާލައްވައިފި އެވެ.
ޓްރަމްޕު ސޯޝަލް މީޑިއާގައި މިހެން ވިދާޅުވީ ޖީއެމްޓީ ގަޑިން ރޭ ފަތިހު 3:00 އިން ފެށިގެން ހަމަލާތައް ހުއްޓާލުމަށް އީރާނާއި އިޒްރޭލުން ވެސް އެއްބަސްވިކަން އޭނާ އިއުލާނުކުރެއްވިތާ އިރުކޮޅެއް ފަހުން އީރާނުން ފަސް ވަރަކަށް ފަހަރު އިޒްރޭލަށް ހަމަލާތައް ފޮނުވާލި ފަހުންނެވެ.
އެންމެ ފަހުން ދިން ހަމަލާތަކުގައި އިޒްރޭލުން މަދުވެގެން ހަތަރު މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.
ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ވިދާޅުވީ "ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މިހާރު ތަންފީޒުވާން ފަށައިފި" ކަމަށެވެ. އަދި އިޒްރޭލާއި އީރާނުން ވެސް އެއްބަސްވުމަށް އަމަލުކުރުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
އިޒްރޭލަށް އީރާނުން ހަމަލާދޭން ފެށުމުން މިއަދު އާންމުން ބަންކަރުތަކަށް ވަދެ ހިމާޔަތް ހޯދަނީ. -- ފޮޓޯ: އޭއެފްޕީ
އީރާންގެ ދައުލަތުގެ މީޑިއާއިން ވެސް ބުނި ގޮތުގައި މިއަދު ހެނދުނު ފޮނުވާލި މިސައިލްތަކަކީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ފޮނުވާލާނެ ފަހު މިސައިލްތެކެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގާޗީ ވިދާޅުވެފައިވަނީ އެއްބަސްވުމެއް ނެތް ކަމަށާއި އެކަމަކު އިޒްރޭލުން ހަމަލާ ނުދޭ ނަމަ އީރާނުން ވެސް ހަމަލާ ނުދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އިސްވެ ހަމަލާދޭން ފެށީ ވެސް އިޒްރޭލުން ކަމަށާއި އެހެންވެ އިޒްރޭލުން އެކަން ހުއްޓާލާ ނަމަ އީރާނުން ހަމަލާ ދިނުމުގެ ނިޔަތެއް ނެތް ކަމަށެވެ.
އިޒްރޭލުން އީރާންގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކަށް ހަފުތާއެއް ވަންދެން ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައި ވަނިކޮށް އެމެރިކާ ވެސް އިޒްރޭލާ ބައިވެރިވެރިވެ ނިއުކްލިއާ ތިން މަރުކަޒަކަށް ވަނީ ބޮން އަޅައިފަ އެވެ. އެއާ އެކު އީރާނުން ވަނީ އެކަމުގެ ބަދަލުހިފުމަށް، ގަތަރުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ރޭ ހަމަލާ ދީފަ އެވެ. އެ ހަމަލާއާ އެކު މަސްރަހު ވަރަށް ބޮޑަށް ނާމާންވެ ގައުމުތަކުން ވަނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ގޮވާލައިފަ އެވެ.
އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އީރާނުން އިޒްރޭލަށް ހަމަލާ ދިނުމުން ވެސް ވިއްސަކަށް މީހުންނަށް ވުރެ ގިނައިން މަރުވެފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ. އިޒްރޭލުން ވަނީ އީރާންގެ ހަމަލާތަކުގައި ލިބޭ ގެއްލުމާއި މަރުވާ މީހުންގެ އަދަދު ފަދަ މައުލޫމާތު ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.
ޓްރަމްޕު ރުޅިގަދަވުމުން އިޒްރޭލު މައިތިރިވެއްޖެ
ހަމަލާތައް ހުއްޓާލަން އެއްބަސްވީ ގަތަރުގެ ބަހަށް
އީރާނަށް ހަމަލާ ނުދޭނެ ކަމަށް ނަތަންޔާހޫ ވެސް ބުނެފި
"ފަހު ވަގުތު" ފުލުފުލުން އިޒްރޭލަށް ހަމަލާދީފި
ހަމަލާތައް ހުއްޓާލަން އީރާނާއި އިޒްރޭލު އެއްބަސްވެއްޖެ
"އިޒްރޭލް-އިރާން ހަނގުރާމައަށް އެމެރިކާ ވަދެފާނެ"
ޓްރަމްޕާއި ނަތަންޔާހޫގެ ކޯލެއް، އީރާންގެ ވާހަކަ ދެއްކި
ގަތަރަށް ދިން ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވި
ގަތަރަށް ދެން ހަމަލާއެއް ނުދޭނެ: އެމެރިކާ
ހަނގުރާމައަށްފަހު އީރާންގައި ޖީޕީއެސް އޮޅުންބޮޅުންވެފައި