Roadha Mihaaru

ގަތަރަށް ހަމަލާދޭން އެންގީ ގުދުސްގައި ބަޔަކު މަރާލުމުން: ނަތަންޔާހޫ

އިޒްރޭލުން މިއަދު ގަތަރުގެ ވެރިރަށް ދޯހާގައި ދިން ހަމަލާތަކަކީ ގުދުސްގައި އިއްޔެ ބަޑިޖަހައި ފަސް މީހަކު މަރާލުމުން ދިން ހަމަލާތަކެއް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

"ގަތަރަށް ހަމަލާދޭން އެންގީ ގުދުސްގައި ބަޑިޖެހުމުން"

އިޒްރޭލުން މިއަދު ގަތަރުގެ ވެރިރަށް ދޯހާގައި ދިން ހަމަލާތަކަކީ ގުދުސްގައި އިއްޔެ ބަޑިޖަހައި ފަސް މީހަކު މަރާލުމުން ދިން ހަމަލާތަކެއް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރި އިޒްރޭލް ކާޒް އާއި ނަތަންޔާހޫގެ ގުޅިފައިވާ ބަޔާނެއްގައި ބުނީ ގައުމުން ބޭރުގައި އުޅުއްވާ ހަމާސްގެ ލީޑަރުންނަށް ހަމަލާ ދިނުމުގެ ތައްޔާރީތައް ވާން އެންގީ ގުދުސްގައި އިއްޔެ ބަޑިން ހަމަލާދީ ބަޔަކު މަރާލި ހާދިސާއަށް ފަހުގައި ކަމަށެވެ.

"މިއަދު މެންދުރު، އޮޕަރޭޝަނުގެ ކާމިޔާބީ ބޮޑުވާނެ ގޮތަށް ބަލައިގެން މިކަން ތަންފީޒުކުރުމަށް ޑިފެންސް މިނިސްޓަރާއި ބޮޑުވަޒީރު އެންގީ ރޭގެ ވަގުތެއްގައި،" ބަޔާނުގައިވެ އެވެ.

އިރުމަތީ ގުދުސްއަށް ވަންނަ މައި ގޭޓް ކައިރީ ދިން ބަޑީގެ ހަމަލާތަކެއްގައި ފަސް މީހަކު މަރާލާފައި ވާއިރު އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

އިޒްރޭލުން ގަތަރުގައި ހަމަލާ ދިނީ އެ ގައުމުގައި ހަމާސްގެ ލީޑަޝިޕްގެ ބޭފުޅުން އުޅުއްވާ ތަންތަނަށް ކަމަށް ގަތަރު ސަރުކާރުންނާއި ހަމާސްގެ އޮފިޝަލުން ވެސް ވަނީ ވިދާޅުވެފަ އެވެ.

މި ހަމަލާތައް ދިނީ ހަމާސްގެ ލީޑަރުން އެކި ގައުމުތަކުގައި އުޅޭ ކަމަށާއި އެ މީހުންނަށް ވެސް ހަމަލާ ދޭނެ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން އިންޒާރު ދިންތާ ދެ ހަފްތާއެއް ފަހުންނެވެ.