ގޯލަން ހައިޓްސް އަކީ އިޒްރޭލްގެ ބައެއްގެ ގޮތުގައި އެމެރިކާއިން ބަލައިގެންފައި ވާތީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަމުގައި ވަކި ސަރަހަދެއްގައި މީހުން ވަޒަންވެރިކުރުވުމުގެ މަޝްރޫއެއް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ އިފްތިތާހުކޮށްދެއްވައިފި އެވެ.
ގޯލަން ހައިޓްސް އަކީ އިޒްރޭލްގެ ބައެއްގެ ގޮތުގައި އެމެރިކާއިން ބަލައިގެންފައި ވާތީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަމުގައި ވަކި ސަރަހަދެއްގައި މީހުން ވަޒަންވެރިކުރުވުމުގެ މަޝްރޫއެއް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ އިފްތިތާހުކޮށްދެއްވައިފި އެވެ.
އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިއީ ހަމައެކަނި ދެއްކުންތެރިކަމުގެ ބައެކެވެ. އެ މަޝްރޫއު ފާސްވެ، ބަޖެޓް ވެސް އަދި ހަމަނުޖެހޭ ކަމަށް، ނަތަންޔާހޫއާ ދެކޮޅު ލީޑަރުން ބުނެ އެވެ.
ގޯލަން ހައިޓްސް އަކީ ސީރިޔާ އަތުން އިޒުރޭލުން 1967 ގައި އަތުލި ބިމެކެވެ. އަދި 1981 ގައި އިޒްރޭލްގެ ބައެއްގެ ގޮތުގައި ކަނޑައެޅި އެވެ. އެކަމަކު ބައިނަލްއަގުވާމީ މުޖުތަމައުން އިޒްރޭލްގެ އެ އަމަލު ގަބޫލެއް ނުކުރެ އެވެ.
އެމެރިކާގެ ވެރިކަމާ ޓްރަމްޕް ހަވާލުވެވަޑައިގަތުމުގެ ކުރިން އެ ގައުމުގެ އެއްވެސް ރައީސަކު ވެސް ގޯލަން ހައިޓްސް އަކީ އިޒްރޭލްގެ ތަނެއްގެ ގޮތުގައި ނިންމަވާފައެއް ނުވެ އެވެ. އެކަމަކު މިދިއަ މާޗު މަހު އެމެރިކާ ވެގެންދިޔައީ ގޯލަން ހައިޓްސް އަކީ އިޒްރޭލްގެ ބައެއްގެ ގޮތުގައި ބަލައިގެން ފުރަތަމަ ގައުމަށެވެ.
އިއްޔެ އޮތް ރަސްމިއްޔާތެއްގައި ނަތަންޔާހޫ ވަނީ ޓްރަމްޕްގެ ނަމާއި އިޒްރޭލާއި އެމެރިކާގެ ދިދައެއް ޖަހާފައި އޮތް ނަން ބޯޑެއް އާންމުކޮށް ދައްކާލައްވައިފަ އެވެ.
"މިއީ ތާރީހީ ދުވަހެއް،" ޓްރަމްޕަކީ "އިޒްރޭލްގެ ރަހުމަތްތެރިއެއް" ކަމަށް ސިފަކުރައްވަމުން ނަތަންޔާހޫ ވިދާޅުވި އެވެ.
މިދިއަ އެޕްރީމް މަހު ނަތަންޔާހޫ ވިދާޅުވެފައި ވަނީ ގޯލަން ހައިޓްސްގައި ޓްރަމްޕްގެ ނަމަށް ނިސްބަތްކޮށް ވަކި ސަރަހައްދެއްގައި މީހުން ވަޒަންވެރިކުރުވާނެ ކަމަށެވެ. އެއީ އިޒްރޭލްގެ ބައެއްގެ ގޮތުގައި އެތަން ބަލައިގަންނަން އެމެރިކާއިން ނިންމި ނިންމުމުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.
އިޒްރޭލްގެ ކެބިނެޓުން އިއްޔެ ވަނީ އެ މަޝްރޫއު ފެށުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަން ފާސްކޮށްފަ އެވެ. އެކަމަކު މީހުން ވަޒަންވެރިކުރުވުމުގެ އެއްވެސް ކަހަލަ ގަރާރެއް ފާސްކޮށްފައެއް ނުވެ އެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ވެސް އަދި ހަމަނުޖެހެ އެވެ.
އިޒްރޭލްގެ ބޮޑުވަޒީރުކަމުގައި ނަތަންޔާހޫ މިވަގުތު ހުންނެވީ އިންތިގާލީ ހައިސިއްޔަތަކުންނެވެ. އެޕްރީލް މަހު އޮތް އިންތިހާބުގައި ސަރުކާރެއް އުފެއްދޭ ވަރަށް އޭނާއަށް މަޖިލިހުގެ ގޮނޑި ލިބިވަޑައިގެންފައެއް ނުވެ އެވެ. އެހެންކަމުން އާ އިންތިހާބު ސެޕްޓެމްބަރު މަހު ބާއްވަން ވަނީ ނިންމައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މީހުން ވަޒަންވެރިކުރުވުމުގެ އާ އެއްވެސް މަސައްކަތެއް އިންތިހާބުގެ ކުރިއަކުން ނުކުރެވޭނެ އެވެ.
އިދިކޮޅު ޒުވީ ހައުސާ ވިދާޅުވީ އެއީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް، ފޭކް ސިޔާސަތެއްގެ ބައެއް ކަމަށެވެ.
"މިކަހަލަ ޕަބްލިކް ރިލޭޝަންސް ކަމެއްގައި ރައީސް ޓްރަމްޕްގެ ނަން ބޭނުންކުރިކަން އޭނާއަށް އެނގިވަޑައިނުގަންނަވާނެ ކަމަށް އުއްމީދުކުރަމާ ހިނގާ،" ހައުސާ ވިދާޅުވި އެވެ.
އީރާނަށް ހަމަލާ ނުދޭނެ ކަމަށް ނަތަންޔާހޫ ވެސް ބުނެފި
އިޒްރޭލުގެ ރަހީނުން މިނިވަންކުރަން އާ އެއްބަސްވުމެއް
ޓްރަމްޕާއި ނަތަންޔާހޫގެ ކޯލެއް، އީރާންގެ ވާހަކަ ދެއްކި
ނަތަންޔާހޫ ބުނަނީ ގަތަރުން ހަމާސްއަށް ފަންޑުކުރާ ކަމަށް
ސުލްހަޔަށް އޮތް ހުރަހަކީ ނަތަންޔާހޫ: އަސީރުންގެ ފޯރަމް
ފަލަސްތީނުގެ ދައުލަތެއް އުފެދުނަކަ ނުދޭނަން: ނަތަންޔާހޫ
ގަތަރަށް ދިން ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވި
ގަތަރަށް ދެން ހަމަލާއެއް ނުދޭނެ: އެމެރިކާ
"ގަތަރަށް ހަމަލާދޭން އެންގީ ގުދުސްގައި ބަޑިޖެހުމުން"
ފަލަސްތީނު ބަލައިގަތުން އެންޓިސެމިޓިޒަމްއާ އެއްވަރުކޮށްފި