12 ޑިސެމްބަރ 2021
މިހާރު ދިރިއުޅުމުގައި ވަކިހިއްޕާލާފައިވާ ސޯޝަލް މީޑިއާ އަކީ ބޮޑު ހަލާކެއް ކަމަށާއި އޭގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތައް ނުކުންނަ ކަމަށް ވިދާޅުވެ، މި އަހަރު ނޯބެލް އިނާމު ލިބިވަޑައިގަތް ފިލިޕީކްސްފެ ނޫސްވެރިޔާ މަރިޔާ ރެސާ ސޯޝަލް މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މިހާރު ދިރިއުޅުމުގައި ވަކިހިއްޕާލާފައިވާ ސޯޝަލް މީޑިއާ އަކީ ބޮޑު ހަލާކެއް ކަމަށާއި އޭގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތައް ނުކުންނަ ކަމަށް ވިދާޅުވެ، މި އަހަރު ނޯބެލް އިނާމު ލިބިވަޑައިގަތް ފިލިޕީކްސްފެ ނޫސްވެރިޔާ މަރިޔާ ރެސާ ސޯޝަލް މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ހިޔާލު ފާޅުކުރުުމުގެ ހައްގު ކަށަވަރު ކުރުމަށް ކުރައްވާ މަސައްކަތްތަކާ ގުޅިގެން ހުކުރު ދުވަހު އިނާމު ލިބިވަޑައިގަތް އަދި ރެޕްލާގެ ނޫހުގެ އެއް ހިއްސާދާރު ނޯވޭގައި އިނާމާ ހަވާލުވެވަޑައިގަތް ރަސްމިއްޔާތުގައި ވިދާޅުވީ ސޯޝަޕް މީޑިއާ އެޕްތައް ހިންގާ ޓެކް ކުންފުނިތަކުން ކުރާ މަސައްކަތްތަކުގެ ސަބަބުން ބައިބައިވުމާއި ނަފުރަތާއި ރުޅިވެރިކަން އިންތިހާ އަށް އުފެދޭ ކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތަކަކީ ވަކި ކޮޅަކަށް ބުރަވެ މަސައްކަތްކުރާ އެއްޗެހި ކަމަށާއި އޭގެ ސަބަބުން ސޯޝަލް މީޑިއާ އަކީ މުޖުތަމައުތައް ހަލާކުކޮށްލާ ވަރުގަދަ ވިހައެއް ކަމަށް ވިދާޅުވި އެވެ.
"Every day, I live with the real threat of spending the rest of my life in jail just because I’m a journalist. When I go home, I have no idea what the future holds, but it’s worth the risk."
— The Nobel Prize (@NobelPrize) December 10, 2021
- 2021 peace laureate Maria Ressa (@mariaressa) in her #NobelPrize lecture. pic.twitter.com/tTFhnLZdSC
"މިހާރު މުޅި ދުނިޔެ އަށް ގެންނަން ޖެހިފައި އޮތް އެންމެ މުހިއްމު ބަދަަލަކީ މި ފާހަގަކުރި ކަހަލަ ވިހަތަކުން ދުނިޔެ ސަލާމަތް ކުރުން،" ރެސާ ވިދާޅިވި އެވެ. "ޓެކް ކުންފުނިތައް މަސައްކަތް ކުރަނީ ތިމާމެން ވަރުގަދަ ބައެއް ނެތް ގޮތަށް. މީގެ ސަބަބުން މައުލޫމާތު ފެތުރުމުގެ މައިދާން އޮތީ ވަރަށް ބޮޑަށް ގަޑުބަޑުވެފައި. ވައިރަހެއް ގޮތަށް ދޮގު މައުލޫމާތު ފެތުރުން ވަނީ އާންމުވެފައި."
ރެސާ، 58، ގެ އިތުރުން އޭނާ އަށް އިނާމު ލިބިވަޑައިގަތް ދާއިރާ އިން ރަޝިއާގެ ނޫސް ނޮވާޔާ ގެޒެޓްގެ އެޑިޓަރު ޑިމިޓްރީ މުރަޓޯވް އަށް ވެސް ނޯބެލް އިނާމު ލިބިވަޑައިގެންނެވި އެވެ.
"Without facts, you can’t have truth. Without truth, you can’t have trust. Without trust, we have no shared reality, no democracy, and it becomes impossible to deal with our world’s existential problems..."
— The Nobel Prize (@NobelPrize) December 10, 2021
Read @mariaressa's full #NobelPrize lecture: https://t.co/KxbsyMt2kJ pic.twitter.com/v9qUtERFb7
ރެސާ ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާ އަކީ މުހިއްމު ވަސީލަތަކަށް ވިޔަސް، އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފާ ނަމަ މައްސަލަތައް އުފެދުން ނޫން ކަމެއް ނުވާނެ އެވެ. އެހެންވެ ސޯޝަލް މީޑިއާ އަކީ ޒިންމާދާރުކަމާ އެކު ބޭނުންކުރަން ޖެހޭ އަދި އެފަދަ އެއްޗެހި ހިންގާ ކުންފުނިތަކަކީ ވެސް ހަރުދަނާ، އިތުބާރުކުރެވޭ ތަންތަނަށް ވާން ޖެހެ އެވެ. ރެސާ ފާހަގަ ކުރެއްވި ގޮތުގައި ސޯޝަލް މީޑިއާގެ ދައުރު ބޮޑު ނަމަވެސް ބޮޑެތި ބައެއް ޓެކް ކުންފުނިތަކަކީ ނުބައި އެޖެންޑާތަކެއްގެ ދަށުން މަސައްކަތްކުރާ ބައެކެވެ.
އެހެންވެ ޓެކް ކުންފުނިތައް ޖަވާބުދާރީ ކުރުވުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ. އޭނާގެ ވާހަކައިގައި ނޫސްވެރިއެއްގެ ހައިސިއްޔަތުން ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންފައިވާ އެތައް ކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ.
ހާވަޑްގެ ނަމުގައި އައި ފޭކް މެއިލްތަކުން ބޮޑު ދެރައެއް
މަސްދަރު ހާމަނުކޮށްފިއްޔާ ނޫސްވެރިން ޖަލަށް!
ކެރިއާ ވުމަން އެވޯޑު "މިހާރު"ގެ ފަޒީނާ އަށް
ކްރިސްޓިއަން އަމަންޕޫރް ކެންސަރަށް ފަރުވާ ހޯދަނީ
ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނާޅަން އެދިއްޖެ
އޮޅުން ބޮޅުން: ބޭނުންވަނީ ޒިންމާދާރު ނޫސްވެރިކަމެއް
މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ބްރޯޑްކޮމް އަށް!
މީޑިއާއަށް ޓެކްނޮލޮޖީ ތައާރަފްކުރަން އެހީވާނަން: މަލީހް
"ސަރުކާރަކާ ނުލައި ވެސް ނޫސްވެރިކަން އޮތުން މުހިންމު"
ރާއްޖެ ޓީވީގެ ޖޫރިމަނާ މީރާ އަށް ދައްކަން އަންގައިފި