Roadha Mihaaru
ކެރިއާ ވުމަން އެވޯޑު "މިހާރު"ގެ ފަޒީނާ އަށް

މީޑިއާގެ ދާއިރާއިން ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑު "މިހާރު"ގެ ފަޒީނާ އަށް

15 ޑިސެމްބަރ 2021

އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ވުމަން އިން މެނޭޖްމަންޓް މޯލްޑިވްސް އިން ދެމުން އަންނަ، ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް "މިހާރު"ގެ ނިއުސް އެޑިޓަރު ފަޒީނާ އަހުމަދަށް މިރޭ ލިބިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ވުމަން އިން މެނޭޖްމަންޓް މޯލްޑިވްސް އިން ދެމުން އަންނަ، ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް "މިހާރު"ގެ ނިއުސް އެޑިޓަރު ފަޒީނާ އަހުމަދަށް މިރޭ ލިބިއްޖެ އެވެ.

ފަޒީނާ އަށް ލިބުނީ މީޑިއާގެ ދާއިރާއިން ލީޑާޝިޕް އެކްސެލެންސް އެވޯޑެވެ.

ނޫސްވެރިކަމުގެ ދާއިރާ އަށް 2006 ވަނަ އަހަރު ނުކުތް ފަޒީނާ ވަނީ ރާއްޖޭގެ އޭރުގެ އެންމެ މަގްބޫލް ނޫސް، "ހަވީރު" އާ 2007 ވަނަ އަހަރު ގުޅިފަ އެވެ. އަދި 2016 ވަނަ އަހަރު "ހަވީރު" ހުއްޓާލުމުން، އެ ނޫހުގެ ނޫސްވެރިންނާ އެކު އުފެއްދި "މިހާރު" ގައި މަސައްކަތް ކުރަން ފެށި އެވެ.

އޭނާ އަށް ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ 2013 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑާއި ސިޔާސީ ލިޔުންތަކުގެ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް 2015 އަދި 2018 ވަނަ އަހަރު ހޯދައިފަ އެވެ.

ފަޒީނާގެ 15 އަހަރުވީ ނޫސްވެރިކަމުގެ ކެރިއަރުގައި ވަނީ އިޖުތިމާއީ އަދި ސިޔާސީ ދާއިރާގެ މައްސަލަތަކާ ބެހޭ ގިނަ ލިޔުންތައް ލިޔެފަ އެވެ.

ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ ދަށުން ހިންގަމުން އަންނަ، ވުމަން އިން މެނޭޖްމަންޓް މޯލްޑިވްސް އިން ކޮންމެ އަހަރަކު ދެމުން އަންނަ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް" އަކީ ރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އަންހެނުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑެވެ.

މިއީ މި އެވޯޑު ރާއްޖޭގައި ދޭ ތިން ވަނަ އަހަރެވެ.