Roadha Mihaaru
މިސްރުގެ ކުރީގެ ރައީސް މުބާރަކް އަވަހާރަވެއްޖެ

މިސްރުގެ ކުރީގެ ރައީސް މުބާރަކް އަވަހާރަވެއްޖެ

25 ފެބުރުއަރީ 2020

ގާހިރާ (ފެބްރުއަރީ 25) - މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް މިއަދު އަވަހާރަވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (ފެބްރުއަރީ 25) - މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 91 އަހަރުގައި މުބާރަކް އަވަހާރަވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. މުބާރަކުގެ އޮޕަރޭޝަނެއް ޖެނުއަރީ 24 ވަނަ ދުވަހު ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ދަރިކަލުން އާލާ މުބާރާކް ވަނީ ވިދާޅުވެފަ އެވެ. އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

View this post on Instagram

‏كل الحب والتقدير❤️

A post shared by عمر علاء مبارك (@omaralaamubarak) on

މުބާރަކުގެ 30 އަހަރުގެ ވެރިކަން ފެބްރުއަރީ 2011 ގައި ނިމުމަކަށް ގެނެސްފައި ވަނީ އެ ގައުމުގައި ކުރި މުޒާހަރާތަކުގަ އެވެ. މިސްރުގެ ހަތަރު ވަނަ ރައީސްގެ ގޮތުގައި 1981 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މުބާރަކުގެ ވެރިކަމާ ދެކޮޅަށް 18 ދުވަސް ވަންދެން ގާހިރާ، އިސްކަންދަރިއްޔާ ފަދަ ސިޓީތަކުގައި ކުރި މުޒާހަރާތައް ހުއްޓުވުމަށް ސިފައިން ބާރުގެ ބޭރުން ކުރުމުން ވަނީ 850 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އެކަމަކު މުބާރަކު ވަނީ އެއްވެސް މީހަކު މެރުމަށް އަމުރު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނަކީ އަމިއްލަ އެދުމެއް ނެތި ގައުމަށް ޚިދުމަތް ކުރި މުހާޖިދެއްގެ ގޮތުގައި ތާރީޚް ހެކިވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް ސެޕްޓެމްބަރު 29، 2006 ގައި ގާހިރާގައި. --އޭއެފްޕީ ފައިލް ފޮޓޯ

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް ސެޕްޓެމްބަރު 29، 2006 ގައި ގާހިރާގައި. --އޭއެފްޕީ ފައިލް ފޮޓޯ

މުޒާހަރާތަކަށް ނުކުތް މީހުން މެރިކަމުގެ ކުށުގަ އާއި ކޮރަޕްޝަނުގެ ތުހުމަތުގައި މުބާރަކާއި ދެދަރިކަލުން ކަމަށްވާ އާލާ އާއި ޖަމާލްގެ މައްޗަށް މެއި 24، ގައި ވަނީ ޝަރީއަތް ފަށައިފަ އެވެ. މުބާރަކުގެ މައްޗަށް އުފުލި ކޮރަޕްޝަން މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އިން ވަނީ އޮގަސްޓް 19، 2013 ގައި ސަލާމަތްވެފަ އެވެ. އޭގެ ދުވަސް ފަހުން ވަނީ މުބާރަކް ޖަލުން ދޫކޮށްލުމަށް ކޯޓުން އަންގައިފަ އެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކު މާޗް 2، 2017 ގައި ކޯޓުން ހޮސްޕިޓަލަސް ގެންދަނީ. --އޭއެފްޕީ ފައިލް ފޮޓޯ

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކު މާޗް 2، 2017 ގައި ކޯޓުން ހޮސްޕިޓަލަސް ގެންދަނީ. --އޭއެފްޕީ ފައިލް ފޮޓޯ

މުބާރަކް އުމުރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. ނަމަވެސް މުބާރާކުގެ މައްޗަށް އުފުލާފައިވާ ހުރިހާ މައްސަލައަކުން އިސްތިއުނާފް މަރުހަލާތަކުން ސަލާމަތްވެ، މިނިވަންވީ މާޗް، 2017 ގަ އެވެ.

ހުސްނީ މުބާރަކް.

ހުސްނީ މުބާރަކް.

މުބާރަކަށް ފަހު މިސްރުގެ ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ މިހާރުގެ ރައީސް އަދި އޭރުގެ ސިފައިންގެ ވެރިޔާ އަބްދުލް ފައްތާހު ސީސީ އެވެ. މުބާރަކުގެ ދިގު ވެރިކަމުގައި ސީސީ އަކީ ސިފައިންގެ ޖާސޫސީ އިދާރާގެ ވެރިޔާ އެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކާއި ޖޯޑަންގެ ކުރީގެ ރަސްގެފާން ހަސަން (މ) އަދި ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު ޖެނުއަރީ 1، 1996 ގައި. --އޭއެފްޕީ ފައިލް ފޮޓޯ

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކާއި ޖޯޑަންގެ ކުރީގެ ރަސްގެފާން ހަސަން (މ) އަދި ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު ޖެނުއަރީ 1، 1996 ގައި. --އޭއެފްޕީ ފައިލް ފޮޓޯ

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް އަވަހާރަވެގެން ކޯޓު ތެރެއަށް ވެއްޓުނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މުބާރަކަކީ 1972-1975 އަށް މިސްރުގެ ވައިގެ ސިފައިންގެ ކޮމާންޑަރެކެވެ. މިސްރުގެ ގިނަ މީހުންގެ ނަޒަރުގައި މުބާރަކަކީ ހަނގުރާމައިގެ ބަތަލެކެވެ. މުބާރަކަށް ވެރިކަން ލިބިވަޑައިގެންނެވީ ކުރީގެ ރައީސް އަންވަރު ސާދާތު އަވަހާރަކޮށްލުމުންނެވެ. އޭރު މުބާރަކަކީ ނައިބް ރައީސް އެވެ. ސާދާތު އަވަހާރަކޮށްލި އިރު އެމަނިކުފާނުގެ އަރިހުގައި މުބާރަކު ވެސް އިންނެވި އެވެ. ނަމަވެސް މުބާރަކް ވަނީ ސަލާމަތްވެފަ އެވެ.

މިސްރުގެ ކުރީގެ ރައީސް އަންވަރު ސާދާތު (ކ) އަދި ނައިބް ރައީސް ހުސްނީ މުބާރަކް އޮކްޓޯބަރު 6، 1981 ގައި. --އޭއެފްޕީ ފައިލް ފޮޓޯ

މިސްރުގެ ކުރީގެ ރައީސް އަންވަރު ސާދާތު (ކ) އަދި ނައިބް ރައީސް ހުސްނީ މުބާރަކް އޮކްޓޯބަރު 6، 1981 ގައި. --އޭއެފްޕީ ފައިލް ފޮޓޯ

މުބާރަކުގެ ދިގު ވެރިކަމުގައި ޖެނުއަރީ 29، 2011 އާ ހަމައަށް ނައިބް ރައީސަކު ހަމަޖައްސައިފައެއް ނުވެ އެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން ހިތްހަމަޖެއްސުމުގެ ގޮތުން އެ ފަހަރު ނައިބް ރައީސަކަށް ހަމަޖެއްސީ އިންޓަލިޖެންސްގެ ވެރިޔާ އުމަރު ސުލައިމާން އެވެ. މުބާރަކް އިސްތިއުފާ ދެއްވިކަން ފެބްރުއަރީ 11، 2011 ގައި އިއުލާން ކުރެއްވީ ސުލައިމާން އެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކާއި އަނބިކަނބަލުން މެއި 11، 2006 ގައި މަތިންދާ ބޯޓުން ފައިބައިވަޑައިގަންނަވަނީ. --އޭއެފްޕީ ފައިލް ފޮޓޯ

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކާއި އަނބިކަނބަލުން މެއި 11، 2006 ގައި މަތިންދާ ބޯޓުން ފައިބައިވަޑައިގަންނަވަނީ. --އޭއެފްޕީ ފައިލް ފޮޓޯ