27 ޑިސެމްބަރ 2018
ގާހިރާ (ޑިސެމްބަރު 27) - މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް އިއްޔެ ކޯޓަށް ހާޒިރުވެވަޑައިގެން ކުރީގެ ރައީސް މުހައްމަދު މުރްސީއާ ދެކޮޅަށް އިއްޔެ ހެކި ބަސް ދެއްވައިފި އެވެ.
ގާހިރާ (ޑިސެމްބަރު 27) - މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް އިއްޔެ ކޯޓަށް ހާޒިރުވެވަޑައިގެން ކުރީގެ ރައީސް މުހައްމަދު މުރްސީއާ ދެކޮޅަށް އިއްޔެ ހެކި ބަސް ދެއްވައިފި އެވެ.
މުބާރަކުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައީ 2011 ވަނަ އަހަރު މިސްރުގައި ކުރި ވަރުގަދަ މުޒާހަރާތަކުގަ އެވެ. އޭގެ ފަހުން ގާއިމްކުރީ މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރުގެ ގޮތުގައި މުރްސީގެ ވެރިކަމެވެ.
ޖަލު ފަޅާލައި އެތައް ބަޔަކު ނުކުތް މައްސަލާގައި މުރްސީއާ ދެކޮޅަށް ހެކި ބަސް ދެއްވަން ކޯޓަށް ވަޑައިގެންނެވި އުމުރުން 90 އަހަރުގެ މުބާރަކް ވިދާޅުވީ ފަނޑިޔާރުންގެ ގިނަ ސުވާލުތަކަށް ޖަވާބު ނުދެއްވޭނެ ކަމަށެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ކުރިން މިސްރުގެ އަސްކަރިއްޔާ އާއި ރައީސް އަބްދުލް ފައްތާހު ސީސީގެ ހުއްދަ ބޭނުންވާނެ ކަމަށް މުބާރަކް ވިދާޅުވި އެވެ. ގާހިރާގެ ކްރިމިނަލް ކޯޓަށް މުބާރަކް ވެދެވަޑައިގެންނެވީ އަސައެއްގެ އެހީގައި ހިންގަވައިފަ އެވެ.
މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް އިއްޔެ ކޯޓުގައި. --ފޮޓޯ:އޭއެފްޕީ
މި މަހު ކުރީކޮޅު ވެސް މުބާރަކް ކޯޓަށް ހާޒިރުވާން އެންގި އެވެ. އެ ފަހަރު ކޯޓަށް ވަޑައިނުގެންވި މައްސަލާގައި މުބާރަކުގެ ވަކީލް ވިދާޅުވީ މުބާރަކަކީ މިސްރުގެ އަސްކަރިއްޔާގެ މެންބަރެއް ކަމަށާއި ކޯޓަށް ވަޑައިގަތުމުގެ ކުރިން އަސްކަރިއްޔާގެ ހުއްދަ ހޯދަން ޖެހޭ ކަމަށެވެ.
މިހާރުގެ ރައީސް ސީސީ ސިފައިންގެ ވެރިއަކަށް ހުންނެވި އިރު 2013 ވަނަ އަހަރު ގެންނެވި އަސްކަރީ އިންގިލާބެއްގައި ވެރިކަމުން ދުރުކުރި މުރްސީގެ މައްޗަށް އެތައް ދައުވާއެއް ކޮށްފައިވެ އެވެ. މުރްސީގެ މައްޗަށް އެޕްރީލް 2015 ގައި ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި ސެޕްޓެމްބަރު 2016 ގައި ވަނީ މުރްސީ އަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ހުސްނީ މުބާރަކު މިނިވަންވެ ގެއަށް ވަޑައިގެންފި
ސީސީ، ރިޔާސީ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަނީ
މިސްރުގެ ކުރީގެ ރައީސް މުބާރަކް އަވަހާރަވެއްޖެ
މުރްސީގެ ހަގުދަރިކަލުން ހާޓް އެޓޭކެއްގައި އަވަހާރަވެއްޖެ
މުރްސީ އަވަހާރަކޮށްލި ކަމުގެ ތުހުމަތު ސީސީގެ މައްޗަށް
މުރްސީގެ މަރާ ގުޅިގެން މިސްރު ސަރުކާރަށް ފާޑުކިޔަނީ
މިސްރުގެ ކުރީގެ ރައީސް މުރުސީ އަވަހާރަވެއްޖެ
ހުސްނީ މުބާރަކުގެ ދެ ދަރިކަލުން ހައްޔަރުކޮށްފި
މުރްސީގެ އުމުރު ދުވަހުގެ ޖަލު ހުކުމް ދަމަހައްޓައިފި
ކުރީގެ ރައީސް މުބާރަކް ވަރަށް އަވަހަށް މިނިވަންކުރާނެ