18 ޖޫން 2019
ޑިމޮކްރަޓިކް ހަމަތަކުގެ މަތިން މިސްރުގައި އިންތިހާބުކުރި ފުރަތަމަ ރައީސް މުހައްމަދު މުރްސީ އިއްޔެ ކޯޓަށް ހާޒިރުކުރި ވަގުތު ވެއްޓި އަވަހާރަވުމާ އެކު މިސްރު ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ޑިމޮކްރަޓިކް ހަމަތަކުގެ މަތިން މިސްރުގައި އިންތިހާބުކުރި ފުރަތަމަ ރައީސް މުހައްމަދު މުރްސީ އިއްޔެ ކޯޓަށް ހާޒިރުކުރި ވަގުތު ވެއްޓި އަވަހާރަވުމާ އެކު މިސްރު ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ޒަމާންވީ ވެރިކަން ވެއްޓި 2012 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި މުރްސީ އަވަހާރަވީ އަސްކަރީ ބަޣާވާތަކުން 2013 ވަނަ އަހަރު ވެރިކަން ވައްޓާލައި އޭނާ ހައްޔަރުކޮށް ޖަލަށް ލާފައި ވަނިކޮށެވެ. މުރްސީއާ ދެކޮޅު މުޒާހަރާގެ ބައިވެރިން މެރުމާއި ބޭރު ގައުމުތަކަށް ޖާސޫސްކޮށްދިނުމާއި ޓެރެރިޒަމް ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މުރްސީ ޖަލަށް ލީ ފަހުން އޭނާ އަށް ސިއްހީ ފަރުވާ އެކަށީގެންވާ ގޮތަށް ނުދޭ ކަމުގެ ޝަކުވާ އައީ އާއިލާ އިން ވެސް ކުރަމުންވެ.
އުމުރުން 67 އަހަރުގައި މުރްސީ އަވަހާރަވީ ސަރުކާރުގެ އިހުމާލުން ކަމަށް ކުރެވޭ ތުހުމަތާ އެކު އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި މައްސަލަ މިިނިވަންކަމާއި ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގުކުރަން ގޮވާލައިފަ އެވެ. މުރްސީ އަކީ ލޭމައްޗަށް ދިއުމާއި ހަކުރުބައްޔާއި ކިޑްނީގެ މައްސަލަތައް ވެސް ހުންނަ ބޭފުޅަކަށް ވިޔަސް އެ ކަންކަމަށް ޖަލުގައި ފަރުވާ ނުލިބޭ ކަމަށްވެ އެވެ.
ތުހުމަތުތައް ދޮގުކޮށް މިސްރު ސަރުކާރުން ބުނަމުން އަންނަނީ މުރްސީ އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.
މުރްސީގެ ހަށިގަނޑު އާއިލާ އަށް ނުދައްކާ ކަމަށް ވެސް ބުނަމުން އަންނައިރު، މިހާރު އޭނާ ވަނީ ގާހިރާގައި ވަޅުލާފައި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ އިތުރުން ހިއުމަން ރައިޓްސް ވޮޗުން ވަނީ މުރްސީގެ މަރުގެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭނެ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން، މުރްސީ ނިސްބަތްވާ މުސްލިމް ބްރަދަހުޑާއި ތުރުކީން ވެސް ވަނީ މަރުގެ ޒިންމާ މިސްރު ސަކާރުގެ ބޮލުގައި އަޅުވައިފަ އެވެ.
މުރްސީ އިއްޔެ ކޯޓަށް ހާޒިރުކުރީ އޭނާގެ މައްޗަށް އުފުލާފައިވާ، ޖާސޫސްކޮށްދިނުމުގެ ދައުވާއަކަށެވެ. އޮފިޝަލުން ވިދާޅުވީ ކޯޓުގައި ބަހައްޓާފައި ހުރި، "ސައުންޑް ޕްރޫފް" ބިއްލޫރި ކޮއްޓެއް ފަދަ އެއްޗެއްގެ ތެރޭގައި މުރްސީ ވާހަކަ ދެއްކެވި ކަމަށެވެ. ޖޫރީންނާ އިރުކޮޅެއް ވަންދެން މުރްސީ ވާހަކަ ދެއްކެވި ކަމަށާއި މުރްސީ ވެއްޓުނީ ޝަރީއަތުގެ އަޑުއެހުން މެދުކަނޑާލާފައި ވަނިކޮށް ކަމަށް އޮފިޝަލުން ބުނެ އެވެ.
މިހާރު މިސްރުގައި މަނާކޮށްފައިވާ މުސްލިމް ބްރަދަހުޑްގެ އިސް ބޭފުޅެއް ކަމަށްވާ މުރްސީގެ ވެރިކަން ވައްޓާލީ މިހާރުގެ ރައީސް އަބްދުލް ފައްތާހް އައް ސީސީ ސިފައިންގެ ވެރިޔަކަށް ހުންނަވައިގެންނެވެ. އަސްކަރިއްޔާ އިން ވެރިކަން ވައްޓާލުމަށް ފަހު 2014 ވަނަ އަހަރު ބޭއްވި އިންތިހާބަކުން ވެރިކަން ހޯއްދަަވައި ސީސީ ވަނީ އޭނާގެ މުށުތެރެ އަށް ބާރުތައް ގެންނަވައިފަ އެވެ.
ސީސީ، ރިޔާސީ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަނީ
މުރްސީގެ ހަގުދަރިކަލުން ހާޓް އެޓޭކެއްގައި އަވަހާރަވެއްޖެ
މުރްސީ އަވަހާރަކޮށްލި ކަމުގެ ތުހުމަތު ސީސީގެ މައްޗަށް
މިސްރުގެ ކުރީގެ ރައީސް މުރުސީ އަވަހާރަވެއްޖެ
މުރްސީއާ ދެކޮޅަށް ހެކިބަސް ދެއްވުމަށް މުބާރަކް ކޯޓަށް
މުރްސީގެ އުމުރު ދުވަހުގެ ޖަލު ހުކުމް ދަމަހައްޓައިފި
ހުސްނީ މުބާރަކު މިނިވަންވެ ގެއަށް ވަޑައިގެންފި
މުރްސީގެ އުމުރު ދުވަހުގެ ޖަލު ހުކުމް ވެސް ބާތިލްކޮށްފި
މުރްސީގެ މައްޗަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި
މުރްސީގެ ހުކުމުގައި އިންސާފުގެ އަސަރެއް ވެސް ނެތް