ދޯހާ (ޖޫން 19) - މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ އުމުރަށް ޖަލަށް ލުމަށް ގާހިރާގެ ކްރިމިނަލް ކޯޓުން އިއްޔެ އިއްވި ހުކުމުގައި އިންސާފުގެ ކަންފުޅެއް ވެސް ނެތް ކަމަށް ގަތަރުން ބުނެފި އެވެ.
19 ޖޫން 2016
ދޯހާ (ޖޫން 19) - މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ އުމުރަށް ޖަލަށް ލުމަށް ގާހިރާގެ ކްރިމިނަލް ކޯޓުން އިއްޔެ އިއްވި ހުކުމުގައި އިންސާފުގެ ކަންފުޅެއް ވެސް ނެތް ކަމަށް ގަތަރުން ބުނެފި އެވެ.
ގަތަރަށް ޖާސޫސް ކުރުމުގެ ކުށް މުރްސީގެ މައްޗަށް ސާބިތުވި އިރު މި މައްސަލާގައި ހިމެނޭ އިތުރު ހަ މީހެއްގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.
މުރްސީގެ ވަކީލް އަބްދުލް މޫނީމް އަބްދުލް މާކް ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތުތަކެއް ވަގަށް ނެގި ކަމަށް ކުރީގެ ރައީސްގެ މައްޗަށް ސާބިތުކޮށްފައިވާ ކަމަށާ އަދި މި ކުށަށް އިތުރު 15 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވާ ކަމަށެވެ.
މިސްރުގެ ކުރީގ ރައީސް މުރްސީގެ ޝަރީއަތް ކުރިއަށްދާ އިރު ފުލުހުންނާއި ވަކީލުން ބައިވެރިވަނީ. --ފޮޓޯ:އޭއެފްޕީ
ގަތަރުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހުކުމް ބިނާކޮށްފައި ވަނީ އެއްވެސް އަސްލެއްގެ މައްޗަށް ނޫން ކަމަށެވެ.
"މުރްސީގެ މައްޗަށް ހުކުމްކޮށްފައި ވަނީ އެއްވެސް އަސްލަކަށް ބިނާކޮށްފައެއް ނޫން. އަދި އެއީ ހަގީގަތާއި ހަމަ އާއި އިންސާފުން ބޭރު ހުކުމެއް،" ގަތަރުގެ ޚާރިޖީ ވުޒާރާގެ ޑިރެކްޓަރު އޮފް އިންފޮމޭޝަން އަހުމަދު އަލް ރުމައިހީ ވިދާޅުވި އެވެ.
މުރްސީގެ އިތުރުން ގަތަރުގެ އަލް ޖަޒީރާ ޗެނަލުގެ ދެ ނޫސްވެރިއެއްގެ މައްޗަށް ވެސް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. އަލް ޖަޒީރާ ޓީވީން ބުނީ މިއީ މިނިވަން ނޫސްވެރިކާ ދެކޮޅަށް މިސްރުން އިއްވި ހުކުމެއް ކަމަށެވެ.
މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ޝަރީއަތުގައި ފުލުހުންނާއި ވަކީލުން ބައިވެރިވަނީ. --ފޮޓޯ:އޭއެފްޕީ
މުރްސީގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު ހިންގި ހަރަކާތްތަކުގައި ޖަލެއް ފަޅާލައިގެން ގައިދީން ނެރުމާ އަދި ޕޮލިސް ސްޓޭޝަނަކަށް ހަމަލާ ދިނުމުގެ ކުށުގައި މަރުގެ ހުކުމް އިއްވައިފައ އެވެ. އަދި އިތުރު ދެ ކުށެއްގައި ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި 20 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.
މުރްސީގެ ވެރިކަމުގައި މުސްލިމް ބުރަދަހުޑަށާއި މިސްރު ސަރުކާރަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން ގައުމަކީ ގަތަރެވެ. މިސްރު ސިފައިން ނުކުމެ ބަޣާވާތަކުން ވަނީ ޖުލައި، 2013 ގައި މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް، މުރްސީގެ ވެރިކަން ވައްޓާލައިފަ އެވެ. މިސްރުގެ ވެރިކަމުގައި މިހާރު ހުންނެވި އަބްދުލް ފައްތާހު ސީސީއަކީ ވެރިކަން ވައްޓާލި އިރު ސިފައިންގެ ވެރިޔާ އެވެ.
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ތިން ދުވަހުން 175 އަސީރުން މިނިވަންކޮށްފި
ހަނގުރާމަ ހުއްޓުވޭތޯ ގަތަރުގެ ވަފުދެއް އިޒްރޭލަށް
އިޒްރޭލު ސިފައިން ގާޒާގެ ގެތައް ލޫޓުވައި ފޭރެނީ
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
ސީސީ، ރިޔާސީ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަނީ
މުރްސީގެ ހަގުދަރިކަލުން ހާޓް އެޓޭކެއްގައި އަވަހާރަވެއްޖެ
މުރްސީ އަވަހާރަކޮށްލި ކަމުގެ ތުހުމަތު ސީސީގެ މައްޗަށް
މުރްސީގެ މަރާ ގުޅިގެން މިސްރު ސަރުކާރަށް ފާޑުކިޔަނީ
މިސްރުގެ ކުރީގެ ރައީސް މުރުސީ އަވަހާރަވެއްޖެ