26 ނޮވެމްބަރ 2023
އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު، އޮކްޓޫބަރު 7، 2023 ގައި ފެށި ހަނގުރާމަ، މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ހަތަރު ދުވަހަށް މެދުކަނޑާލާފައިވާ އިރު، އަލުން ހަމަލާ ބަދަލުކުރުން ނުފަށައި ހަނގުރާމަ ނިމުމަކަށް ގެނެވޭތޯ ބެލުމަށް ގަތަރުގެ ވަފުދެއް އިޒްރޭލަށް އިއްޔެ ހިނގައްޖެ އެވެ.
އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު، އޮކްޓޫބަރު 7، 2023 ގައި ފެށި ހަނގުރާމަ، މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ހަތަރު ދުވަހަށް މެދުކަނޑާލާފައިވާ އިރު، އަލުން ހަމަލާ ބަދަލުކުރުން ނުފަށައި ހަނގުރާމަ ނިމުމަކަށް ގެނެވޭތޯ ބެލުމަށް ގަތަރުގެ ވަފުދެއް އިޒްރޭލަށް އިއްޔެ ހިނގައްޖެ އެވެ.
މެދުނުކެނޑި 51 ދުވަސް ވަންދެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އަށް ދިން ވަރުގަދަ ހަމަލާތަކަށް ފަހު، ހަމަލާ ބަދަލުކުރުން ހަތަރު ދުވަހަށް މެދުކަނޑައިލީ، މެދުވެރިއެއްގެ ގޮތުގައި ގަތަރު ސަރުކާރުން އިސް ނަގައިގެން މިސްރާއި އެމެރިކާގެ އެހީތެރިކަމާ އެކު، ކުރި މަސައްކަތުންނެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގެ އާންމުންގެ 14900 އަށް ވުރެ ގިނަ މީހުން ޝަހީދުވުމަށް ފަހު، ހަމަލާތައް މެދުކެނޑުމާއެކު، ގަތަރުން މިހާރު މަސައްކަތް ކުރަނީ، ހަނގުރާމަ އަށް ދާއިމީ ނިމިމެއް ގެންނާށެވެ.
ގަތަރުން ބުނާ ގޮތުގައި ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ މުއްދަތު އިތުރު ކުރުމަށް އެ ގައުމުގެ ވަފުދެއް އިޒްރޭލަށް ފޮނުވީ، އިޒްރޭލުން އެކަމަށް ފެހި ސިގުނަލް ވެސް ލިބުމާ ގުޅިގެންނެވެ. ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން ގާއިމުކުރުމުގެ މުހިންމު ދައުރެއް އަދާކުރި މިސްރުން ވެސް ބުނެފައި ވަނީ އިތުރު ދުވަހަކަށް ނުވަތަ ދެ ދުވަހަކަށް ހަމަލާތައް މެދުކަނޑައިލުގެ ފުރުސަތު އެބަ އޮތް ކަމަށް އިޒްރޭލާއި ހަމާސް އިން ވަނީ ބުނެފަ އެވެ.
ގަތަރުގެ ވަފުދުގެ ބޭފުޅުން އިއްޔެ ވަނީ އިޒްރޭލުގެ ވެރިރަށް ތަލް އަބީބަށް ވަޑައިގެން އިޒްރޭލުގެ ބައެއް ވަޒީރުންނާ އެކުގައި މަޝްވަރާ ކުރައްވައިފަ އެވެ. ނަމަވެސް އެ މަޝްވަރާތަކުގައި ބައިވެރިވީ ދެ ގައުމުގެ ކޮން ވަޒީރުންނެއް ކަމެއް އަދި އެ މަޝްވަރާތަކުގެ ނަތީޖާއެއް ގަތަރުން ވެސް އަދި އިޒްރޭލުން ވެސް މިހާތަނަށް އާންމެއް ނުކުރެ އެވެ.
ހަމަލާތައް މެދުކަނޑައިލުމުގެ މުއްދަތު އިތުރުކުރުމަށް އެއްބަސްވެވޭ ކޮންމެ ދުވަހަކު އިތުރު އަސީރުން މިނިވަން ކުރެވޭނެ އެވެ. ދެ ފަރާތުގެ މެދުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން، އަސީރުން މިނިވަންކުރާނެ ނިސްބަތަކީ، ހަމާސް އިން މިނިވަންކުރާ ކޮންމެ ރަހީނަކަށް އިޒްރޭލުން ތިން އަސީރުން މިނިވަން ކުރުމެވެ.
އެމެރިކާގެ ބައެއް މީޑިއާތައް ބުނާ ގޮތުގައި އޮކްޓޫބަރު 7، 2023 ން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް އިޒްރޭލުން ޣައްޒާ އަށް ދިން ހަމަލާތަކުގައި 40000 ޓަނުގެ ގޮވާތަކެތި، އިޒްރޭލުން ޣައްޒާ އަށް އަޅާފައިވެ އެވެ. އޭގެ ތެރޭގައި މިސައިލާއި ބޮމާއި ރޮކެޓް ހިމެނެ އެވެ. އަދި އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ޣައްޒާ އަށް ދިން ހަމަލާތަކުގައި ބަރުދަނުގައި އެއް ޓަނު ހުންނަ ދެ ބޮން ޣައްޒާ އަށް ވައްޓައިލި އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން މަރުވި އާންމުންގެ އަދަދު 14900 އާއި 15000 އާ ދެމެދުގައި ހުރި އިރު، މަރުވި މީހުންގެ 40 ޕަސެންޓަށް ވުރެ ގިނައީ ކުޑަކުދިންނެވެ. އެއީ ގާތްގަނޑަކަށް 5900 ކުދިންނެވެ. މި ހަނގުރާމައިގައި ޣައްޒާގެ 1.7 މިލިއަން މީހުންގެ ގެދޮރު ގެއްލި، އެކި ސަރަހައްދުތަކަށް ވިއްސިވިހާލިވެފައިވާ އިރު، 43000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް ވަނީ ބިމާ ހަމަކޮށްލައިފަ އެވެ.
އަދި 225000 އަށް ވުރެ ގިނަ ހައުސިން ޔުނިޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މުޅި ޣައްޒާގައި ހުރި ގެދޮރުގެ ގާތްގަނޑަކަށް 45 އިންސައްތަ އިމާރާތް ވަނީ ހަލާކުވެފަ އެވެ. އޭގެ އިތުރުން ޣައްޒާގައި ހުރި ހުރިހާ ހޮސްޕިޓަލުތަކެއް ވަނީ، އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ނުދެވޭނެ ވަރަށް ގެއްލުންދީފަ އެވެ. އޭގެ އިތުރުން ބައެއް ހޮސްޕިޓަލުތައް ވަނީ އެކުގައި ހަލާކުކޮށްލައިފަ އެވެ.
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
ތިން ދުވަހުން 175 އަސީރުން މިނިވަންކޮށްފި
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ގާޒާގެ ގަތުލުއާންމުގައި ނޭޓޯގެ ބޮޑު ދައުރެއް
އިޒްރޭލު ސިފައިން ގާޒާގެ ގެތައް ލޫޓުވައި ފޭރެނީ
ގާޒާގެ ކުރިމަގާމެދު އެމެރިކާއާ އިޒްރޭލު ހިޔާލު ތަފާތު
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި