16 ނޮވެމްބަރ 2023
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލު ސިފައިން މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން، އެމެރިކާ ސަރުކާރާއި އިޒްރޭލު ސަރުކާރާ ދެމެދު ގިނަ ޚިޔާލު ތަފާތުވުންތަކެއް އުފެދި ދެ ފަރާތުގެ މެދުގައި ދެބަސްވުންތައް އިތުރުވަމުންދާ ކަމަށް އެމެރިކާގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލު ސިފައިން މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން، އެމެރިކާ ސަރުކާރާއި އިޒްރޭލު ސަރުކާރާ ދެމެދު ގިނަ ޚިޔާލު ތަފާތުވުންތަކެއް އުފެދި ދެ ފަރާތުގެ މެދުގައި ދެބަސްވުންތައް އިތުރުވަމުންދާ ކަމަށް އެމެރިކާގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.
އެމެރިކާ ސަރުކާރުގެ ބައެއް އިސް ވެރިންނާއި އަދި ކުރީގެ ބައެއް އިސް ބޭފުޅުންނާ ހަވާލާދީ އެމެރިކާގެ އެންބީސީ ޓީވީ ޗެނަލުން އިއްޔެ ބުނެފައިވާ ގޮތުގައި ރައީސް ޖޯ ބައިޑެންގެ ސަރުކާރާއި ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫއާ ދެމެދު އެންމެ ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައިވަނީ ހަނގުރާމަ ދިގުލައިގެން ދާތީ އެވެ. އޭގެ އިތުރުން، ހަނގުރާމައަށް ފަހު ޣައްޒާއާ މެދު އިޒްރޭލުން އަމަލުކުރަން ރާވާފައިވާ ގޮތެއް މުޅިން ސާފުނުވުމަކީ ވެސް، ދެ ސަރުކާރުގެ ދެމެދުގައި ދެބަސްވުން އިތުރުވަމުންދާ ކަމެކެވެ.
އެމެރިކާ އިން ދެކޭ ގޮތުގައި ޣައްޒާގެ ހަނގުރާމަ ދިގުލައިގެން ދާ ވަރަކަށް، މެދުއިރުމަތީގެ މަސްރަހު ދާނީ ގޯހުން ގޯހަށެވެ. އަދި އެ ކަމުގެ ސަބަބުން އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވާ ނުރައްކާތައް އިތުރުވެ، އެމެރިކާގެ މަސްލަހަތަށް ކުރިމަތިވާ ނުރައްކާތައް ވެސް އިތުރުވާނެ އެވެ.
އޭގެ އިތުރުން އެމެރިކާ ސަރުކާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހަނގުރާމައަށް ފަހު ޣައްޒާގެ ކަންތައް ހިންގާނީ ކޮން ބައެއްކަން އިޒްރޭލުން ސާފުކޮށް ބުނެ ނުދިނުމެވެ. ހަނގުރާމައަށް ފަހު ވެސް ޣައްޒާ އޮންނާނީ އިޒްރޭލު ސިފައިންގެ ބާރުގެ ދަށުގައި ކަމެއް، ނުވަތަ ހުޅަނގު އައްސޭރީގައި އޮތް ފަލަސްތީނު ސަރުކާރުގެ ބާރުގެ ދަށުގައި ކަމެއް ވެސް އިޒްރޭލުން މިހާތަނަށް ކަނޑައެޅިގެން ނުބުނެ އެވެ.
އެންބީސީން ބުނާ ގޮތުގައި ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުމަށް މަގި ފަހިކުރުމުގެ ގޮތުން، ސުލްހައިގެ ވާހަކަތައް ފެށުމަށް އިޒްރޭލުން އެއްވެސް ވަރަކަށް އިސްކަން ނުދިނުމަކީ ވެސް، އެމެރިކާ ސަރުކާރުގެ ކަންބޮޑުވުމެކެވެ. އިޒްރޭލު ސިފައިން ޣައްޒާގެ އުތުރު ސަރަހައްދަށް ވެރިވެގަނެ އެ ސަރަހައްދުން މީހުން ހުސްކޮށް، އެއީ މީހުން ނުއުޅޭ ސަރަހައްދެއްގެ ގޮތުގައި އިޒްރޭލުން ކަނޑައަޅަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް، އިޒްރޭލު ސަރުކާރުން އެދެވޭ ޖަވާބެއް ނުދެ އެވެ.
ދެ ފަރާތުގެ ދެމެދުގައި ޚިޔާލު ތަފާތުވުންތައް ހުއްޓަސް ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ގަތުލުއާންމުތައް ހުއްޓައިލުމަށް އިޒްރޭލަށް ބާރުއަޅައި ފިއްތުންތައް ކުރިމަތިކުރުމުގެ ވިސްނުމެއް ބައިޑެން ސަރުކާރުގައި ނެތެވެ. އަދި އާންމުންނަށް ދޭ ހަމަލާތައް ހުއްޓައިނުލިޔަސް، އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަކީ އެމެރިކާ ވިސްނާ ވެސް ކަމެއް ނޫނެވެ.
ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.
އިޒްރޭލުން ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތައް 41 ވަނަ ދުވަހަށް އިރު އެރިއިރު، ފަލަސްތީނުގެ 11500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 4850 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3100 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު މިހާރުވަނީ 29800 އަށް ވުރެ މައްޗަށް އަރައިފަ އެވެ.
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
އިޒްރޭލު ނުރުހުނަސް، ގާޒާގައި އޮންނާނީ ހަމާސްގެ ބާރު
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
މަތިންދާބޯޓު އުފުލާ ދެ ވަނަ މަނަވަރު އިޒްރޭލަށް
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
ހަމަލާ ހުއްޓާލާށޭ ނުކިޔާ، މިއީ ހަނގުރާމައިގެ ވަގުތު
ގާޒާ ހަނގުރާމަ ހުއްޓާލަން ބައިޑެން ބޭނުމެއް ނޫން