Roadha Mihaaru
ގާޒާގެ ގަތުލުއާންމުގައި ނޭޓޯގެ ބޮޑު ދައުރެއް

ގާޒާގެ ގަތުލުއާންމުގައި ނޭޓޯގެ ބޮޑު ދައުރެއް

01 ޑިސެމްބަރ 2023

ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މި ނޮވެމްބަރު މަހުގެ 24 ދުވަހާ ހަމައަށް، ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލު ސިފައިން ވަރުގަދަ ގަތުލުއާންމެއް ހިންގައި 15000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލީ މުޅި ދުނިޔޭގެ ކުރިމަތީގަ އެވެ. އދ.ގެ އާންމު މަޖިލީހުގަޔާއި ސަލާމަތީ މަޖިލީހުގައި އެކަމާ ބަހުސްކޮށް ގަރާރުތައް ފާސްކުރި އެވެ.

ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މި ނޮވެމްބަރު މަހުގެ 24 ދުވަހާ ހަމައަށް، ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލު ސިފައިން ވަރުގަދަ ގަތުލުއާންމެއް ހިންގައި 15000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލީ މުޅި ދުނިޔޭގެ ކުރިމަތީގަ އެވެ. އދ.ގެ އާންމު މަޖިލީހުގަޔާއި ސަލާމަތީ މަޖިލީހުގައި އެކަމާ ބަހުސްކޮށް ގަރާރުތައް ފާސްކުރި އެވެ.

ނަމަވެސް، އިޒްރޭލު، ކަހާ ތަން ހިރުވައި ވެސް ނުލި އެވެ. އަރަބި އިސްލާމީ ގައުމުތަކެއްގެ މެދުގައި ވަށައިގެން ބެދިފައި އޮތް ޔަހޫދީ ދައުލަތުގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔަތުކަން އެ ދަރަޖައަށް ދިޔަ އިރު، ބައިނަލްއަގުވާމީ މުޖްތަމައު އޮތީ ކިހިނެއްވެފައިތޯ ގިނަ ބަޔަކު ސުވާލު ކުރެ އެވެ. އިޒްރޭލު ހުއްޓުވުމުގައި ބައިނަލްއަގުވާމީ މުޖްތަމައު، ވަކިން ޚާއްސަކޮށް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ހުޅަނގުގެ ގައުމުތައް ނުކުޅެދިފައިވަނީ ކީއްވެތޯ ވެސް ސުވާލު ކުރެ އެވެ.

އޮކްޓޫބަރު 7 ން ފެށިގެން، މެދުނުކެނޑި 51 ދުވަސް ވަންދެން ހަމަލާ ދިނުމަށް ފަހު، ނޮވެމްބަރު 24 ގައި ހަމަލާތައް މެދުކަނޑައިލުމާ ހަމައަށް، އެންމެންނަށް ވެސް ފެންނަމުން ދިޔައީ އިޒްރޭލުގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔަތު ކަމެވެ. އިޒްރޭލުގެ އެއްގަމާއި ވަޔާއި ކަނޑުގެ ސިފައިން ޣައްޒާ އަށް ހަމަލާތައް ދިން ނަމަވެސް ހަގީގަތުގައި، ޣައްޒާގެ އާންމުން ޝަހީދުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ނޭޓޯގެ ގައުމުތަކެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް: ގާޒާގެ ގަތުލުއާންމުގައި ނޭޓޯ އޮތީ ހިމޭނުން --- ފޮޓޯ: އޭއެފްޕީ

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް: ގާޒާގެ ގަތުލުއާންމުގައި ނޭޓޯ އޮތީ ހިމޭނުން --- ފޮޓޯ: އޭއެފްޕީ

މަތިންދާބޯޓުތަކުގެ ހަރަކާތްތައް ބަލަހައްޓާ ވެބްސައިޓެއް ކަމަށްވާ ރާޑާ ބޮކްސް އިން ފެންނަން ހުރި މައުލޫމާތަށް ބަލާއިރު، އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މި ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހާ ހަމައަށް ނޭޓޯގެ ގައުމުތަކާއި އިޒްރޭލާ ދެމެދު ވައިގެ މަގުން 160 އަށް ވުރެ ގިނަ އަސްކަރީ ދަތުރު ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިޒްރޭލަށް ބޭނުންވާ ހަތިޔާރާއި އެހެނިހެން ސާމާނު ހިފައިގެން ކުރި ދަތުރުތަކެވެ.

ނޭޓޯގެ ގައުމުތަކުގެ ތެރެއިން އެ މުއްދަތުގައި އެންމެ ގިނަ ދަތުރު ކޮށްފައި ވަނީ އެމެރިކާ އެވެ. އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް އެ މުއްދަތުގައި އިޒްރޭލަށް 35 ދަތުރު ކޮށްފައިވެ އެވެ. އިނގިރޭސި ވިލާތާއި ކެނެޑާ އަދި ޕޮލެންޑުން ކުރެ ކޮންމެ ގައުމަކުން 20 ދަތުރު ކޮށްފައިވެ އެވެ. ތިން ވަނަ އަށް އެންމެ ގިނަ ދަތުރު ކުރީ ޖަރުމަން ވިލާތުގެ މަތިންދާބޯޓުތަކެވެ.

އޭގެ އިތުރުން އެ މުއްދަތުގައި ވައިގެ މަގުން އިޒްރޭލަށް އަސްކަރީ ދަތުރުތައް ކުރި ގައުމުތަކަކީ، ޗެކް ޖުމްހޫރިއްޔާ، ފަރަންސޭސި ވިލާތް، ޑެންމާކް، އިޓަލީ ވިލާތް، ލިތުއޭނިޔާ، ސްޕެއިން، ހޮލެންޑް، އޮސްޓްރޭލިޔާ، ބެލްޖިއަމް، ރޮމޭނިއާ، އަދި ނޯވޭ އެވެ. އެހެންކަމުން ނޭޓޯގެ ޖުމްލަ މެމްބަރު ގައުމުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ގައުމުތައް މި ދަތުރުތަކުގައި ބައިވެރިވެފައިވެ އެވެ.

އޭގެ ތެރެއިން އިޒްރޭލާ ދެމެދު އެންމެ ގިނަ ދަތުރުތައް ކޮށްފައިވަނީ ގްރީސް އާއި ސައިޕްރަސްގައިވާ ވައިގެ ބަނދަރުތަކާއި އަސްކަރީ މަރުކަޒުތަކުންނެވެ. އެ ގޮތުން އެ މުއްދަތުގައި އިޒްރޭލަށް އެންމެ ގިނަ ދަތުރު ކޮށްފައިވަނީ ސައިޕްރަސްގައި އޮންނަ އިނގިރޭސި ވައިގެ ސިފައިންގެ މަރުކަޒުންނެވެ. އެއަށް ފަހު، ގްރީސްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުންނާއި ގްރީސްގެ ރަށެއް ކަމަށްވާ ކްރީތުގެ ވައިގެ ބަނދަރުންނެވެ.

އޭގެ އިތުރުން އެންމެ ގިނަ ދަތުރު ކޮށްފައިވަނީ ޖަރުމަން ވިލާތާއި އިޓަލީ ވިލާތުގައިވާ އަސްކަރީ މަރުކަޒުތަކާއި އިޒްރޭލާ ދެމެދު އެވެ. އޭގެ ތެރޭގައި ޖަރުމަން ވިލާތުގައި އޮންނަ އެމެރިކާގެ ވައިގެ ސިފައިންގެ މަރުކަޒު ރަމްސްޓެއިން ވެސް ހިމެނެ އެވެ.

މިއީ ބައިނަލްއަގުވާމީ ރާޑަރުތަކަށް ފާހަގަކުރެވޭ ގޮތަށް ކޮށްފައިވާ ދަތުރުތަކެވެ. ނަމަވެސް ރާޑަރުތަކަށް ނުފެންނަ ގޮތަށް ކޮށްފައިވާ ދަތުރުތަކާ އެކު، އެ އަދަދު އެއަށް ވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެމެރިކާ އާއި ނޭޓޯގެ އަސްކަރީ މަތިންދާބޯޓުތަކުގެ ގިނަ ދަތުރުތަކަކީ ރާޑަރުތަކަށް ނުފެންނަ ގޮތަށް ކުރާ ދަތުރުތަކެވެ.

ޔޫކްރެއިންއާ ބެހޭ ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ލެޓްވިއާގެ ހާރިޖީ ވަޒީރު ކްރިސްޖާނިސް ކެރިންސް (ވ) އާއި އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން (ކ) އަދި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: އޭއެފްޕީ

ޔޫކްރެއިންއާ ބެހޭ ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ލެޓްވިއާގެ ހާރިޖީ ވަޒީރު ކްރިސްޖާނިސް ކެރިންސް (ވ) އާއި އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން (ކ) އަދި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: އޭއެފްޕީ

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުމާ އެކު، އެކަމުގައި އިޒްރޭލަށް މަދަދު ފޯރުވާނެ ކަމަށް އިއުލާން ކުރި ފުރަތަމަ ގައުމަކީ އެމެރިކާ އެވެ. އިޒްރޭލުން އެހީތެރިކަމަށް އެދުމުގެ ވެސް ކުރިން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވަނީ، އަމިއްލަ ނަފްސު ދިފާއު ކުރުމަށް އިޒްރޭލުން އެމެރިކާގެ އެހީތެރިކަމަށް އެދޭނެ ކަމަށާއި، އެކަމުގައި އެމެރިކާގެ ހުރިހާ އެހީތެރިކަމެއް އިޒްރޭލަށް ދޭނެ ކަމަށެވެ.

މި ކަންކަމަށް ބަލާއިރު، ޣައްޒާގެ އާންމުންނާ ދެކޮޅަށް އިޒްރޭލުން ފަށާފައިވާ ހަނގުރާމަ ކުރަމުން ދަނީ އިޒްރޭލު އެކަންޏެއް ނޫނެވެ. އެ ހަނގުރާމައިގައި އިޒްރޭލާ އެއް މިންވަރަކަށް ނޭޓޯގެ ގިނަ ގައުމުތަކެއް ބައިވެރިވެ އެވެ. ވީއިރު، އިޒްރޭލުން ފެށި ހަނގުރާމަ ހުއްޓުވަން އެ ގައުމުތަކުން އެއްވެސް ކަމެއް ކުރާނެ ކަމަށް ދުށުމަކީ ވެސް މޮޔަ ކަމެކެވެ.

އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ބުނެ ފަލަސްތީނުގެ 15000 އަށް ވުރެ އާންމުން ޝަހީދުކުރުމުގައި ބައިވެރިވި އެއްވެސް ގައުމަކުން، ޣައްޒާގެ ހަނގުރާމަ ހުއްޓައިލުމަށް ގޮވާލައިފައެއް ނުވެ އެވެ. އަދި އެކަމަށް އިޒްރޭލަށް އެއްވެސް މިންވަރަކަށް ފިއްތުމެއް ވެސް ކުރިމައްޗެއް ނުކުރެ އެވެ.