ފަލަސްތީނުގެ ޣައްޒާގައި ދާއިމީކޮށް ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުމަކަށް އާދެވޭތޯ ބެލުމަށް 60 ދުވަހަށް ހަމަލާތައް މެދުކަނޑާލުމުގެ މަޝްވަރާ އަލުން ފެށޭތޯ ގަތަރާއި އެމެރިކާއާ އެކު ވަރަށް ބުރަކޮށް އަލުން މަސައްކަތް ފަށާފައިވާ ކަމަށް މިސްރުން އިއްޔެ ބުނެފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ދާއިމީކޮށް ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުމަކަށް އާދެވޭތޯ ބެލުމަށް 60 ދުވަހަށް ހަމަލާތައް މެދުކަނޑާލުމުގެ މަޝްވަރާ އަލުން ފެށޭތޯ ގަތަރާއި އެމެރިކާއާ އެކު ވަރަށް ބުރަކޮށް އަލުން މަސައްކަތް ފަށާފައިވާ ކަމަށް މިސްރުން އިއްޔެ ބުނެފި އެވެ.
ގާހިރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު ބަދުރު އަބުދުއްލަތީ މިކަން ހާމަކުރައްވާފައިވާއިރު، ފަލަސްތީނުގެ ދެ މަސްދަރަކުން އޭއެފްޕީއަށް މައުލޫމާތު ދިން ގޮތުގައި ހަމާސްގެ އިސް ވަފުދެއް މިސްރުގެ އޮފިޝަލުންނާ މިއަދު ބައްދަލުކުރާނެ އެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކަށް 22 މަސް ދުވަސް ވެފައި ވާއިރު ހަމަލާތައް ހުއްޓުމަކަށް ގެނެސް އިޒްރޭލުގެ ރަހީނުން މިނިވަންކުރެވޭނެ އެއްބަސްވުމަކަށް އާދެވޭތޯ އެންމެ ފަހުން ބޭއްވި މަޝްވަރާތައް މިދިޔަ މަހު ވަނީ ނާކާމިޔާބުވެފަ އެވެ.
އަބްދުލްލަތީ ވިދާޅުވީ "ގަތަރާއި އެމެރިކާއާ ގުޅިގެން މިހާރު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ" ކަމަށާއި މަގުސަދަކީ "60 ދުވަަހަށް ހަނގުރާމަ ހުއްޓާލުމާއި، ރަހީނުންނާއި ފަލަސްތީނުގެ ބައެއް ގައިދީން ދޫކޮށްލުމަށް މަގުފަހިކޮށްދިނުމާއި، އެއްވެސް ހުރަހެއް ނުވަތަ ޝަރުތެއް ނެތި ޣައްޒާއަށް އިންސާނީ އަދި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުން" ކަމަށެވެ.
ފަލަސްތީނުގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީން ބުނީ މެދުވެރިން މިހާރު މަސައްކަތްކުރަމުން އަންނަނީ ހަމަލާތައް ހުއްޓާލުމުގެ ވަރަށް ތަފްސީލް އެއްބަސްވުމަކަށް އާދެވޭތޯ ކަމަށާއި އެއީ މިހާރު ރަހީނުކޮށްފައި ތިބި އެންމެން އެކީ އެއްފަހަރާ ދޫކޮށްލުމާބެހޭ ހުށަހެޅުމެއް ކަމަށެވެ.
ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ ބަލާއިރު ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން އިއްޔެ ބުނި ގޮތޮގައި ޣައްޒާ އަލުން ހިފުމަށް ނިންމިނިންމުމާ އެކު ޣައްޒާއަށް އިޒްރޭލުން ދޭ ހަމަލާތައް އެތައް ގުނައެއް އިތުރުކޮށްފައިވާ ކަމަށެވެ.
މިސްރުން ޣައްޒާގެ އެހީއަށް ހުރަހެއް ނާޅަން: ސީސީ
އެކްޓިވިސްޓުން ޣައްޒާ ބޯޑަރަށް ދާން ހުރަސްއަޅައިފި
ޣައްޒާއަށް ދާން އުޅުނު އެކްޓިވިސްޓުން މިސްރުން ހައްޔަރު
އެތައް ސަތޭކަ އެކްޓިވިސްޓުންގެ ގާފިލާއެއް ޣައްޒާއަށް!
އިޒްރޭލުން ހަމަލާދެނީ ޣައްޒާއިން މީހުން ބާލަން: މިސްރު
ވައުދާ ޚިލާފުވުމުގައި މިވަރެއް ނެތް
ޣައްޒާއިން މީހުން ބާލަން ބައިވެރިއެއްނުވާނަން: ސީސީ
ޣައްޒާގައި ދެ ދުވަހަށް ހަމަލާތައް މެދުކަނޑާލަން އެދެފި
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ތިން ދުވަހުން 175 އަސީރުން މިނިވަންކޮށްފި