ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަސް ގެނައުމުގެ ގޮތުން، 60 ދުވަހަށް ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލުމާ ގުޅޭ އާ ހުށަހެޅުމެއް މިސްރުގައި ތިބި ހަމާސްގެ އޮފިޝަލުންނަށް ހުށަހަޅާފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަސް ގެނައުމުގެ ގޮތުން، 60 ދުވަހަށް ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލުމާ ގުޅޭ އާ ހުށަހެޅުމެއް މިސްރުގައި ތިބި ހަމާސްގެ އޮފިޝަލުންނަށް ހުށަހަޅާފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެފި އެވެ.
"މިއީ ހަމަލާތައް ދާއިމީ ގޮތެއްގައި ހުއްޓާލުމުގެ މަޝްވަރާތައް ފެށުމުގެ ފްރޭމްވޯކް އެގްރީމެންޓެއް،" ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އޭއެފްޕީއަށް ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ހުށަހެޅުމާ މެދު ހަމާސްގެ އެތެރޭގައި މަޝްވަރާކުރުމަށް ފަހު ފަލަސްތީނުގެ ހަނގުރާމަވެރި އެހެން ޖަމާއަތްތަކުގެ ހިޔާލަށް ވެސް ހުށަހަޅާނެ ކަމަށެވެ.
ހަމާސް އިން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި މިސްރުގެ އޮފިޝަލުންނާ އެކު މަޝްވަރާ ކުރުމަށް އިސް ވަފުދެއް މިހާރު ވަނީ ގާހިރާއަށް ގޮސްފަ އެވެ.ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ ގަތަރާއި އެމެރިކާއާ އެކު މަސައްކަތްކުރާތާ އެތައް މަހެއް ވެފަ އެވެ.
ޣައްޒާއާ ގުޅިފައިވާ ރަފަހް ބޯޑަރު ކްރޮސިންއަށް މިއަދު ޒިޔާރަތްކުރެއްވި މިސްރުގެ ފޮރިން މިނިސްޓަރު ބަދުރު އަބުދުއްލަތީ ވިދާޅުވީ މިސްރުގައި މިހާރު ވެސް ފަލަސްތީނާއި ގަތަރުގެ ބޭފުޅުން މަޝްވަރާތައް ކުރިއަށްގެންދާ ކަމަށެވެ. މިއީ ނިޒާމީ ގޮތެއްގައި މީހުން މެރުމާއި ބަނޑުހައިހޫނުކަމުގައި އުޅެން މަޖުބޫރުކުރަމުންދާ މައްސަލަ ވީހާވެސް އަވަހަކަށް ނިމުމަކަށް ގެނެވޭތޯ ކުރާ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި އަބްދުއްލަތީ ވިދާޅުވީ މިސްރުން ގަތަރާއި އެމެރިކާއާ ގުޅިގެން، 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ބައެއް ރަހީނުން މިނިވަންކުރުމާއި ފަލަސްތީނުގެ ބައެއް ގައިދީން އިޒްރޭލުން ދޫކޮށްލުން ވެސް ހިމެނޭ ކަމަށެވެ.
ޣައްޒާގައި ދެ ދުވަހަށް ހަމަލާތައް މެދުކަނޑާލަން އެދެފި
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ތިން ދުވަހުން 175 އަސީރުން މިނިވަންކޮށްފި
އިޒްރޭލު ސިފައިން ގާޒާގެ ގެތައް ލޫޓުވައި ފޭރެނީ
ހަމާސްއަކީ ނިމުމެއް ނެތް ފިކުރެއް: އުރުދުން
އެމެރިކާގެ އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން އިޒްރޭލަށް
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
އަރަބި ވެރިންގެ މަހާސިންތާއެއް ސައޫދީގައި ބާއްވަނީ
އެހީގެ ސާމާނު ގާޒާއަށް ވައްދަން އެއްބަސްވެއްޖެ
ގާޒާގެ ރެފިއުޖީން މިސްރަކަށް ނުގެނެވޭނެ: ސީސީ