03 މާޗް 2017
ގާހިރާ (މާޗް 3) - މިސްރު ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު ނުކުތް މީހުންގެ ތެރޭން ބައެއް މީހުން މެރުމުގެ ފަހަތުގައިވާ ކަމަށް ބުނެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އެ ގައުމުގެ އިސްތިއުނާފް ކޯޓުން ބާތިލް ކޮށްފި އެވެ.
ގާހިރާ (މާޗް 3) - މިސްރު ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު ނުކުތް މީހުންގެ ތެރޭން ބައެއް މީހުން މެރުމުގެ ފަހަތުގައިވާ ކަމަށް ބުނެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އެ ގައުމުގެ އިސްތިއުނާފް ކޯޓުން ބާތިލް ކޮށްފި އެވެ.
މި މައްސަލާގައި މުބާރަކުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. އެކަމަކު މި ޝަރީއަތް އަލުން ކުރުމަށް ދެ ފަހަރެއްގެ މަތިން ވަނީ އަމުރުކޮށްފަ އެވެ. އަލުން ޝަރީއަތް ކުރަން ފުރަތަމަ އެންގީ 2013 ވަނަ އަހަރު އެވެ. ނަމަވެސް މި ޝަރީއަތް ފަނޑިޔާރު ހުއްޓާލުމުން އިސްތިއުނާފް ކޯޓުން ދެ ވަނަ ފަހަރަށް ވަނީ ޝަރީއަތް ކުރުމަށް އަންގައިފަ އެވެ. އެކަމަކު އިސްތިއުނާފު ކޯޓުގެ އެންމެ ފަހުގެ ހުކުމާ އެކު 88 އަހަރުގެ މުބާރަކް ބަންދުން ސަލާމަތްވާނެ އެވެ. މުބާރަކާ އެކު ހުކުމް އިއްވި ކުރީގެ ދާޚިލީ ވަޒީރު ހަބީބު އަލް އަދުލީ ވެސް ވަނީ އިސްތިއުނާފް ކޯޓުން މިނިވަންކޮށްފަ އެވެ.
ވެރިކަމުގައި ހުންނެވި އިރު ނާޖާއިޒް ގޮތުގައި ފައިދާ ހޯއްދަވާފައިވާ މައްސަލައިގައި ތިން އަހަރުގެ ހުކުމެއް ފުރިހަމަކުރި ނަމަވެސް މުބާރަކް އަަދިވެސް ހުންނެވީ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. ބަލި ހާލަތު ހުރި ގޮތުން މުބާރަކް ބާއްވަން ޖެހިފައި ވަނީ އަސްކަރީ ހޮސްޕިޓަލެއްގަ އެވެ.
ކޯޓު ހުކުމާ އެކު މުބާރަކުގެ ސަޕޯޓަރުން ވަނީ ހޮސްޕިޓަލުގެ ބޭރުގައި އުފާ ފާޅުކުރަން ފަށާފައި. --ފޮޓޯ:އޭޕީ
މުބާރަކް ދޫކޮށްލުމަށް 2015 ވަނަ އަހަރުގެ މެއި މަހު ވެސް ފަނޑިޔާރަކު ވަނީ އަންގަވައިފަ އެވެ. ނަމަވެސް ރައީސް އަބްދުލް ފައްތާހު ސީސީގެ ސަރުކާރުން މުބާރަކް ދޫކޮށްނުލާ ބަހައްޓާފައި ވަނީ މިފަދަ ކަމެއް ކޮށްފި ނަމަ އާއްމުންގެ ރުޅިވެރިކަން އިތުރުވެދާނެތީ އެވެ. މުބާރަކުގެ ދިގު ވެރިކަމުގައި ސީސީ އަކީ ސިފައިންގެ ޖާސޫސީ އިދާރާގެ ވެރިޔާ އެވެ. އަދި މުބާރަކަށް ފަހު ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލުމުގައި ސިފައިންގެ ވެރިޔާގެ ހައިސިއްޔަތުން އެންމެ އިސް ރޯލެއް އަދާކުރެއްވީ ވެސް ސީސީ އެވެ.
މުބާރަކުގެ 30 އަހަރުގެ ވެރިކަމާ ދެކޮޅަށް 18 ދުވަސް ވަންދެން ގާހިރާ، އިސްކަންދަރިއްޔާ ފަދަ ސިޓީތަކުގައި ކުރި މުޒާހަރާތައް ހުއްޓުވުމަށް ސިފައިން ބާރުގެ ބޭރުން ކުރުމުން ވަނީ 800 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އެކަމަކު މުބާރަކު ވަނީ އެއްވެސް މީހަކު މެރުމަށް އަމުރު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ އަކީ އަމިއްލަ އެދުމެއް ނެތި ގައުމަށް ޚިދުމަތް ކުރި މުހާޖިދެއްގެ ގޮތުގައި ތާރީޚް ހެކިވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މިސްރުގެ ކުރީގެ ރައީސް މުބާރަކް އަވަހާރަވެއްޖެ
މުރްސީއާ ދެކޮޅަށް ހެކިބަސް ދެއްވުމަށް މުބާރަކް ކޯޓަށް
ހުސްނީ މުބާރަކުގެ ދެ ދަރިކަލުން ހައްޔަރުކޮށްފި
ހުސްނީ މުބާރަކު މިނިވަންވެ ގެއަށް ވަޑައިގެންފި
ކުރީގެ ރައީސް މުބާރަކް ވަރަށް އަވަހަށް މިނިވަންކުރާނެ
ޣައްޒާގައި ދެ ދުވަހަށް ހަމަލާތައް މެދުކަނޑާލަން އެދެފި
ހޫތީންނާ ހެދި ސުއެޒް ކެނަލްގެ އާމްދަނީ ދަށަށް
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ތިން ދުވަހުން 175 އަސީރުން މިނިވަންކޮށްފި
ހަނގުރާމަ ހުއްޓުވޭތޯ ގަތަރުގެ ވަފުދެއް އިޒްރޭލަށް