Roadha Mihaaru
ޔާމީން ހޮސްޕިޓަލުން ދޫކޮށްލައިފި

ޔާމީން ހޮސްޕިޓަލުން ދޫކޮށްލައިފި

23 ފެބުރުއަރީ 2020

ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ ތިން ދުވަސް ފަހުން އިއްޔެ ދޫކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ ތިން ދުވަސް ފަހުން އިއްޔެ ދޫކޮށްލައިފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީން މިދިޔަ ހަފުތާގައި އައިޖީއެމްއެޗްގައި އެޑްމިޓްކުރީ ހިތުގެ އާލާސްކަންފުޅަކާ ގުޅިގެން ޓެސްޓްތަކެއް ހެދުމަށެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް ފަހު އިއްޔެ ޔާމީން ހޮސްޕިޓަލުން ދޫކޮށްލުމާ އެކު، ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

ޔާމީން ޖަލަށް ބަދަލު ކޮށްފައި ވާއިރު، އެމަނިކުފާނަށް އިއްވި ޖަލު ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލާގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް މާދަމާ މެންދުރު ބާއްވަން ހައި ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.

އިސްތިއުނާފް މައްސަލަ ނިމެންދެން ޔާމީން ކަފާލާތުގެ ދަށުން ދޫކޮށް މިިނިވަންކޮށްދޭން އެދުނަސް، ހައި ކޯޓުން ނިންމާފައި އޮތީ ކަފާލާތުގެ ދަށުން އެމަނިކުފާނު ބަންދުން މިނިވަން ނުކުރެވޭނެ ކަމަށެވެ.