Roadha Mihaaru
ޔާމީންގެ ޖޫރިމަނާގެ މައްސަލަ ކުރިއަކަށް ނުގެންދެވުނު

ޔާމީން އަތުން ޖޫރިމަނާ ހޯދުމުގެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

08 ނޮވެމްބަރ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ގެ ޖޫރިމަނާ ހޯދުމުގެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ގެ ޖޫރިމަނާ ހޯދުމުގެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. އެ މައްސަލަ ހައި ކޯޓުގައި އޮތުމުން ޖޫރިމަނާ ތަންފީޒުކުރުން މަޑުޖައްސާލަން ހައި ކޯޓުން ކުރިން އޮތީ އަންގައިފަ އެވެ.

ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދަން ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ޖޫރިމަނާގެ ފައިސާ ހޯދުމުގެ މައްސަލަ މަޑުޖައްސާލަން ހައި ކޯޓުން އަންގާފައިވާތީ އެ މައްސަލަ މިވަގުތު ސިވިލް ކޯޓުގައި ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާގެ މައްސަލަ އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް ނިމުމަކާ ގާތަށް ވަނީ ގޮސްފަ އެވެ.

ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވިޔަސް، އެމަނިކުފާނުގެ ސިއްހީ ސަބަބުތަކަށްޓަކައި މިވަގުތު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.